ޚަބަރު
ތުއްތު ކުއްޖަކަށް ބަދު ދުޢާ ކޮށްގެން ކަމަށް ބުނެ ކައުންސިލް މެމްބަރަކު ހޫނު ފެނަށް

ތުއްތު ކުއްޖަކަށް ބަދު ދުޢާ ކޮށްގެން ތިނަދޫ ކައުންސިލް މެމްބަރ މުހައްމަދު ޒަލީފް އަށް ގިނަ ބަޔެއްގެ ފާޑު ކިޔުން އަމާޒު ވެއްޖެއެވެ.

މި ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޒަލީފު ބަދު ދުޢާ ކޮށްފައިވަނީ ތިނަދޫ ކައުންސިލް ރައީސް ސަޢުދު އަލީ ގެ ދަރިފުޅަށެވެ. މިކަމުގެ ސަބަބުން ސޯޝަލް މީޑިއާގައި ޒަލީފަށް ފާޑު ކިޔުމާއި، ނުރުހުން ވަނީ އަމާޒުވެފައެވެ.

ނަންހާމަ ނުކުރުމަށް ޝަރުތު ކޮށް މި ނޫހަށް މައުލޫމާތު ދެއްވި ތިނަދޫ ކައުންސިލް އިދާރާގެ މުވައްޒަފެއް ބުނީ، ރައީސް ސައުދު އަލީ ގެ ދަރިފުޅަށް ޒަލީފު ބަދު ދުއާ ކުރީ މި މަހު 2 ވަނަ ދުވަހުގައި ކަމަށެވެ. އަދި އެވަގުތު އެތަނުގައި ކައުންސިލް އިދާރާގެ މުވައްޒަފުންތަކެއްވެސް ތިބިކަމަށް އޭނާ ބުންޏެވެ.

މިކަމާއި ގުޅިގެން “ހުވަދޫ ނިއުސް” އިން ޒަލީފް އަށް ގުޅާލުމުން، ޒަލީފް ވިދާޅުވީ އެވާހަކަ އަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކައެއް ކަމަށާއި، ސިޔާސީ މަންފާއަށްޓަކާއި، ކޮންމެ ބަޔަކު ކުރި ކަމެއް ވިޔަސް އެއީ ވަރަށް ދަށުދަރަޖާއިގެ ކަމެއް ކަމަށް ޒަލީފް ވިދާޅުވިއެވެ.

މީގެއިތުރުން ޒަލީފް ވިދާޅުވީ، ތިނަދޫ ކައުންސިލް ރައީސް އާއި، އެއްވެސް ޒާތީ ކަމެއް ނެތް ކަމަށާއި، އެއްވެސް މާހައުލެއްގައި އެއްޗެއް ބުނި އަޑު ސައުދު އަލީ އަށް އަޑުއިވިފައި ނުވާނެކަމަށެވެ.

ހުވަދޫ ނިއުސް އިން މިކަމާއި ގުޅިގެން ތިނަދޫ ކައުންސިލް ގެ ރައީސް ސައުދު އަލީ އަށް ގުޅާލުމުން، ފޯނަށް ޖަވާބު ނުދެއްވާތީ ވަނީ އިތުރު މައުލޫމާތެއް ލިބޭ ގޮތް ނުވެފައެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.
 1. ޚުކުއްދާ

  ކަޑާއިި ފަރާސްް ގާތެެ ނުވެނެއިި.. ތިދެެ ބޮނެފަންނެއިި އެހެންް. ޕީޕީީ އެމްް ކޫދުު އަސްް ތިޔާއިި ހެދީީ ފަންނުވެގެންް ވޮންނައު

 2. ޙާލިދު

  ޢަސްތާ!ސީދާ މުރުތައްދު އެވީ . ވ ނުބަ މީހެއް މީނާ އަކީ ދޮގުހެދުމުގެ ތަސައްރަފު ކެދިފއި . ÷