ޚަބަރު
އަބޫބަކުރު ސްކޫލްގެ ދަރިވަރުންތަކެއް ފައްސިވެއްޖެ

ގދ ތިނަދޫ އަބޫބަކުރު ސްކޫލްގެ ދަރިވަރުންތަކެއް ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ހުވަދޫ ނޫހަށް މައުލޫމާތު ދެއްވަމުން އަބޫބަކުރު ސްކޫލްގެ އޮފިޝަލަކު ވިދާޅުވީ ފައްސިވެފައިވަނީ އެސްކޫލްގެ ގްރޭޑް 6 އަދި 4 ގައި ކިޔަވާ ދެ ދަރިވަރުން ކަމަށާއި އަދި އެއީ އެއް ގެއެއްގެ ދެކުދިން ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ. އަދި އޭގެ އިތުރުން ވެސް އިތުރު ދެމީހަކު ކޮވިޑަށް ފައްސިވެފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

އަބޫބަކުރު ސްކޫލްގެ ދަރިވަރުން ފައްސިވެފައިވަނީ އަލާމާތް ފެނިގެން ފްލޫކްލިނިކަށް ދެއްކުމުން ހެދި ޓެސްޓުން ކަމަށްވެސް މައުލޫމާތު ލިބެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފައްސިވެފައިވާ ދަރިވަރުން ކިޔަވާ ކްލާސްތަކުގެ ހުރިހާ ދަރިވަރުން މިހާރު ވަނީ ކަރަންޓީނު ކުރެވިފައެވެ. ނަމަވެސް މިކަމާ ގުޅިގެން އެއްވެސް ޓީޗަރަކު ކަރަންޓީނު ކޮށްފައި ނުވާ ކަމަށާއި، ޓީޗަރުން ކަރަންޓީނު ކުރެވިފައި ނުވަނީ އެޗްޕީއޭގެ ގައިޑްލައިންއާ އެއްގޮތަށް، އެޑިއުކޭޝަން މިނިސްޓްރީން އަމަލު ކުރަމުން އަންނަ އުސޫލުގެ ދަށުންނެވެ.

މިކަމާ ގުޅިގެން ޑރ އަބްދުލްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ބަހެއް ހޯދުމަށް ގުޅާލުމުން އެ ހޮސްޕިޓަލްގެ މެނޭޖަރ އަދި މީޑިއާ ކޯޑިނޭޓަރ ފޯނަށް ޖަވާބެއް ނުދެއްވުމުން އެފަރާތުގެ ބަހެއް ލިބޭގޮތެއް ވަނީ ނުވެފައެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!