ޚަބަރު
ހަރުކަށި ފިކުރުގެ މަޖައްލާއެއް ނެރުމުގައި ދިވެހިންވެސް ހިމެނޭ ކަމަށް އިންޑިޔާއިން ބުނެފި

އައިއެސް ޖަމާއަތްތާއި ގުޅިގެން ހަނގުރާމައަށް މީހުން ފޮނުވާ, ޖިހާދުކުރުމަށް ހިތްވަރުދޭ މަޖައްލާއެއް ނެރުމުގައި ދިވެހިންވެސް ބައިވެރިވާ ކަމަށް އިންޑިޔާގެ މީޑިޔާތަކުގައި ހާމަކޮށްފިއެވެ.

އިންޑިޔާގެ “ދަ ޕްރިންޓް” މީޑިޔާގައި ރިޕޯޓްކުރާ ގޮތުގައި ހަރުކަށި ހަނގުރާމަވެރިންގެ ޖަމާއަތް އައިއެސް އާއި ގުޅިގެން ހަނގުރާމައަށް ދިއުމަށާއި، އަދި ދައުލަތާއި ދެކޮޅަށް “ޖިހާދު” ކުރުމަށް ހިތްވަރުދޭ މަޖައްލާއެއް ކަމަށްވާ “ވޮއިސް އޮފް ހިންޑް” ނެރުމުގައި ދިވެހިން ވެސް ބައިވެރިވެއެވެ.

އެޤައުމުގެ މީޑިޔާ އޮފިޝަލަކާ ހަވާލާދީ މީޑިޔާ ރިޕޯޓްތަކުގައި ބުނާގޮތުން މިދިޔަ ޖުލައިމަހު އިންޑިއާގެ ނޭޝަނަލް އިންވެސްޓިގޭޓިވް އެޖެންސީ (އެންއައިއޭ) އިން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި “ވޮއިސް އޮފް ހިންޑް” މަޖައްލާ ނެރުމުގެ މަސައްކަތުގައި އެންމެ އިސްކޮށް އުޅުނު ތިން މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި ހައްޔަރު ކުރެވުނު މީހުންގެ އަތުން މައްސަލައާއި ގުޅުންހުރި ވަރަށް ގިނަ ހެކިތައް ފެނިފައިވާކަމަށާއި ދިވެހިންގެ އިތުރުން ބަންގްލަދޭޝްގެ މީހުންވެސް މިމަސައްކަތުގައި ބައިވެރިވާކަމަށް އެރިޕޯޓްތަކުގައި ބުނެފައިވެއެވެ.

ކަޝްމީރުގެ އިތުރުން ޕާކިސްތާނުގެ ކަރާޗީގައިވެސް މިމަޖައްލާ ނެރޭކަމަށް އެނޫހުގައި ބަޔާންކޮށްފައިވެއެވެ. އިނގިރޭސި ލިޔުންތަކުގެ އިތުރުން ތަމަޅަ ބަހުންނާއި ބަންގްލަދޭޝް ބަހުން އަދި މަލިޔާލަމް ބަހުން ވެސް ލިޔުންތައް ލިޔެފައި ހުންނަ މިމަޖައްލާ އެޑިޓްކުރުމުގެ މަސައްކަތް ކުރަމުން އަންނަނީ ކަރާޗީގައި ކަމަށް އޮފިޝަލާ ހަވާލާދީ އެނޫހުން ބުނެފައިވެއެވެ.

އިންޑިޔާއިން ބުނާގޮތުގައި އިންޓަނޭޝަނަލް އެޖެންސީތައް މެދުވެރިކޮށް މިމައްސަލަ އާއި ގުޅުން ހުރި މީހުން ހޯދުމުގެ މަސައްކަތް އިންޑިޔާ ފުލުހުން ދަނީ ކުރަމުންނެވެ.

ހަރުކަށި ފިކުރުތަކުގެ މީހުން ރާއްޖޭގައި އުފައްދާ އެމީހުން ހަގުރާމަތަކަށް ފޮނުވުމުގައި ރާއްޖޭގެ އަބާދީގެ ނިސްބަތުން ބަލާއިރު ރާއްޖެ އޮތީ އެހެން ޤައުމުތަކަށްވުރެ މަތީގައެވެ. އެގޮތުން ސީރިޔާގައި ހިގަމުންދާ ހަގުރާމަތަކަށް ދިޔަ ބައެއް ދިވެހިން އަދިވެސް އެތިބީ ޤައުމަށް އެނބުރި ނާދެވިގފައެވެ. މިފަދަ މީހުންނަށް ދިވެހި ސަރުކާރުން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!