ޚަބަރު
ޙައްޤު ގޮތުގައި ރިޒްޤު ހޯދާން މަސައްކަތްކުރާ މީހާ، ﷲގެ މަގުގައި ޖިހާދުކުރާ މީހެއް ފަދަ!

ހައްގު ގޮތުގައި ރިޒްޤު ހޯދަން މަސައްކަތް ކުރާމީހަކީ ﷲގެ މަގުގައި ޖިހާދަކުރުމާއި އެއްފަދަމީހެއް ކަމަށް ހުކުރު ހުތުބާގައި ބުނެފައި ބުނެފިއެވެ.

މިއަދުގެ ހުކުރު ޙުތުބާ ޙާއްސަކޮށްފައިވަނީ ހައްގު ގޮތުގައި ރިޒުގު ހޯދުމުގެ މައްޗަށެވެ. ހީވާގިކަމާ އެކު، މަސައްކަތް ކުރުމުން އޭނާއަށް ﷲ ގެ ރިޒުޤު ތަންވަސްވެގެންދާނެ ކަމަށްވެސް ބުނެފައި ވެއެވެ.

ރިޒްޤު ހޯދުމަށް ޓަކައި މަސައްކަތްކުރުމަކީ، ﷲ سُبْحَانَهُ وَتَعَالَى  އެކަލާނގެ މަޚްލޫޤާތުންގެ ކިބައިގައި ލައްވައިފައިވާ ފިޠުރީ ކަމެއް ކަމަށާއި، ދޫނިސޫފާސޫފި ވެސް ހެނދުނު އެ ސޮރުމެންގެ ހާލިތަކުން އުދުހިގެން ދަނީ، ރިޒްޤު ހޯދުމަށް ކަމަށެވެ. ރިޒްޤު ހޯދުމުގައި ކާމިޔާބު މީހަކީ، މާތް ﷲ އަށް ވަކީލުކޮށް، އެކަލާނގެ ޙަޟްރަތުން ތައުފީޤު ލިބުން އެދި، މަސައްކަތް ކޮށްގެން އޭނާގެ ޙަޔާތް އާރާސްތުކުރާ މީހާކަމަށްވެސް ބުނެފައި ވެއެވެ.

“މިއަދު މި ވަނީ ދިރިއުޅުމުގެ ވައްޓަފާޅި މުޅީން ބަދަލުވެފަ. މީސްތަކުންގެ މުހުތާދުތައް ގިނަވެފަ. އިއްޔެ ކޮންމެހެން ބޭނުން ނޫން ކަންތައްތައް މިއަދު މި ވަނީ ޟަރޫރީ ކަންކަމަށް ބަދަލުވެފަ. މީގެ އެއް މިސާލަކީ އެއާކޮންޑިޝަނެއް މީގެ އަހަރުތަކެއް ކުރިން އެއީ ޟަރޫރީ ބޭނުމެއް ނޫން. ނަމަވެސް މިއަދު އެއާ ނުލައި އުޅެވޭކަށް ނެތް. މޯބައިލް ފޯނާއި ކޮންޕިޔުޓަރު ފަދަ ވަސީލަތްތައް ވެސް އެ ފަދަ. މި ކަމުގެ ސަބަބުން ކުރާންޖެހޭ ހޭދަތައް ބޮޑުވެ، އާމްދަނީ އިތުރުކުރަން ޖެހޭ. މުއުމިނުން ދަންނާން ޖެހޭނެ އެއް ކަމަކީ، މާތް ﷲ  ކޮންމެ އެއްޗެއް ވެސް ހައްދަވާ އިރު، އެ އެއްޗެއްގެ ރިޒްޤު ކަނޑައަޅުއްވާކަން. ނަމަވެސް ލިބޭ މިންވަރަށް ބޭނުންތައް ބަހައިލައިގެން ހޭދަކުރުމުގައި އިޤްތިޞާދުކުރުމަކީ އިންސާނާގެ މަސްއޫލިއްޔަތެއް” ޙުތުބާ

އެހެންކަމުން ދަތިހާލަތުގައި އުޅޭ މީހުން މާލީ ބުރަތަކުން އެމީހުން ސަލާމަތްކޮށްދޭން މަސައްކަތް ކުރަންޖެހޭ ކަމަށާއި، ޞަދަޤާތްތަކުން ޔަތީމުންނާއި މިސްކީނުންގެ ކަރުނަތައް ފޮހެދޭންޖެހޭ ކަމަށެވެ. މީގެ އިތުރުން ރޭގަނޑު ހޭލައި ހުރެފައި، ފަތިހު ނިދާ މީހުންނަށް ދެ ޣަނީމާއެއް ގެއްލޭކަމަށް ބުނެފައި ވެއެވެ. އެއީ ފަތިސް ނަމާދާއި ދުވާލު ފެށޭ ވަގުތުގެ ބަރަކާތް ކަމަށެވެ.

އެ ކަމުގެ ސަބަބުން އޭނާ އިލާހީ ރިޒްޤުން މަޙްރޫމުވާ ކަމަށާއި، ﷲ އޭނާގެ މައްޗަށް ވާޖިބުކުރައްވައިފައިވާ ޙައްޤު އަދާނުކުރާ ދުވަހަކީ އަބާއްޖަވެރި ދުވަހެއް ކަމަށެވެ.  އޮފީހަށް ގަޑި ޖެހިގެންދާ މީހާގެ މުސާރައިން އުނިވާ ގޮތަށް، ސަވާބާއި ދަރުމަ ވެސް އުނިވާނެކަމަށް ބުނެފައި ވެއެވެ. އެހެންކަމުން ކޮންމެ މީހަކީވެސް ރިޒުގެހޯދުމާއި ލިބިގަތުގައި ހައްގު ގޮތުގައި މަސައްކަތް ކޮށް ކާމިޔާބު ހޯދަން މަސައްކަތް ކުރުމަށް ގަދައަޅަންޖެހޭ މީހެއް ކަމަށްވެސް ބުނެފައި ވެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!