ފެންޑާ
ޓިކްޓޮކް ޒުވާނުންތަކެއް މިނިވަންދުވަހަށް ދިން ހާއްސަ ހަދިޔާ: މިނިވަން ގައުމު ކުރިއަށް، ހަނދާނުގައި ފޮރުވާލެވޭނެ!

މީގެ ކުރިން މިނިވަން ދުވަސް، ގައުމީ ދުވަސް، ޖުމްހޫރީ ދުވަސްފަދަ ދުވަަސްތައް އައުމުން އެދުވަހުގެ މުނާސަބާ އާ ގުޅޭ މައުޟޫއަކަށް ލަވަ ނުވަތަ އެހެން ކޮންމެވެސް ކަހަލަ ވީޑިޔޯއަކުން ވިޔަސް ހަރަކާތްތެރިވާ ތަން ފެންނާނީ ކޮންމެވެސް ސަރުކާރު މުވައްސަސާއެއް ނޫނީ ބްރޯޑްކާސްޓިން ކޮންމެވެސް ތަނެއްގެ މުވައްޒަފުން ނޫނީ މުނިފޫހިފިލުވުމުގެ ދާއިރާގެ ކޮންމެވެސް ފަންނާނުންތަކެކެވެ.

އެހެންނަމަވެސް މިފަހަކަށް އައިސް އަމިއްލަ އަމިއްލައަށް މިފަދަ ދުވަސްތައް ފާހަގަ ކުރުމުގެ ގޮތުން ހާއްސަ ގޮތަކަށް ތައްޔާރުކޮށްފައިވާ ލަވަތައް ފެންނަމުންދިއުމަކީ ގައުމަށްޓަކައި ޒުވާނުންގެ ހިތުގައި އޮތް ލޯތްބާއި ގަދަރު ހާމަވެގެންދާ ކަމެއްކަން ގައިމެވެ.

އެގޮތުން މިއަދު ހަވީރު ޓިކްޓޮކުން ފެނިގެން ދިޔައީ މިދެންނެވި ފަދައިން މިއަދުގެ މުނާސަބާ އާ ގުޅޭ ގޮތުން ޒުވާން ކުދިންކޮޅެއް ހަރަކާތްތެރިވާ ލަވައެކެވެ.

ގިނަ ދިވެހިލަވަކިޔުންތެެރިން އެކުގައި ކިޔާފައިވާ “މިނިވަން ގައުމު ކުރިއަށް” މިލަވައިން، ޓިކްޓޮކުން ދިވެހިންގެ ހިތްތަކުން ޖާގަ ހޯދާފައިވާ އަަދި އިންސްޓަގްރާމުން ވެސް ދިވެހިންގެ ރުހުން ލިބިފައިވާ ބައެއް ފަންނާނުންގެ ހަރަކާތްތައް ފެނިގެންދެއެވެ.

މިލަވައިގެ ޑިރެކްޝަން ހަދާފައިވާ އިއްބެ (ޓިކްޓޮކް އިއްބެ) ބުނީ މިއީ މިއަދަށް ހާއްސަކޮށްގެން ތައްޔާރުކޮށްފައިވާ ވަރަށް ހާއްސަ ލަަވައެއްކަމުގައެެވެ. އިއްބެއާއި އިއްބެގެ ޓީމްގެ ސުނިލްގެ އެޑިޓިންގެ ފުރިހަމަކަން ފެންނަ މިލަވައިން ދިވެހި ޒުވާނުން ގައުމުދެކެ ވާ ލޯބި ފާހަަގަވެގެންދެއެވެ.

މިލަވައިން އިއްބެ، ފަޒޫ، ސުނިލް، ރަޝްޓީ، ދާން، ޝިރު، ގައިޝް، ޝައު، ކެވިން ގެ އިތުރުން އައިޝާ، ކައްޕި، ފަޔާ، އިވްރީ، ހަމްބެ، ރައު، ޝަހީދު ލެގަސީ، ނާޝިދާ ހަރަކާތްތައް ފެނިގެންދާނެއެވެ.

އިހްލާސްތެެރިކަމާއެކު ނުހަނު ކުޑަވަގުތުކޮޅެއް ތެރޭ މިލަވައަށް މަސައްކަތް ކޮށްދިނީތީ ހުރިހާ ފަރާތްތަކަށް، އިއްބެ ވަނީ މިޓީމަށް ހާއްސަ ޝުކުރެއް އަދާ ކޮށްފައެވެ. މިފަދަ ފުރިހަމަ ލަވައެއް، ލިބުނު ހަނިފުރުސަތެއްގައި ގެނެސްދީފައިވާ ފުރިހަމަކަމުން މިފަންނާނުންގެ ހުނަރާއި ގާބިލުކަން ކިތަންމެހާވެސް ރަނގަޅަށް ސާބިތުވެއެވެ.

މީގެ 59 އަހަރު ކުރިން، ރާއްޖެއަށް ފުރިހަމަ މިނިވަންކަން ހޯދުމާބެހޭ ގޮތުން މުހައްމަދު ފަރީދުދީދީގެ ރަސްކަމުގައި ބޮޑުވަޒީރު އަލްމަރްހޫމް އިބްރާހީމް ނާސިރު 1965 އަހަރުގެ ޖޫން މަަހު ކޮޅުނބަށް ވަޑައިގެން، 26 ޖުލައި 1965 އިނގިރޭސިންގެ ހިމާޔަތުގެ އެގްރީމެންޓް އުވާލެއްވުމާއެކު ދިވެހިން ފުރިހަމަ މިނިވަނުން ކަމުގައި ވެގެންދިޔައެވެ. މިއަދު ފާހަގަކުރަމުން މިދަނީ އެތައް ދުވަސްތަކެއް ވަންދެން ދިވެހި ދަރިއަކު ކުރެއްވި ހިތްވަރުގެ ފޮނި ނަތީޖާއެވެ. މިއަދުގެ މި އުފާވެރިކަން ހިއްސާކޮށް އެކަކު އަނެކަކާ އަތުގުޅާލައިގެން ދިވެހި ގައުމާގެން ކުރިއަށް ދިއުމަށް ޓިކްޓޮކް ޒުވާން ކުދިންކޮޅެއް ހަރަކާތްތެރިވެފައިވާ އެ ލަވަ ފެނުމުން ހިތަށް ލިބެނީ ތަފާތު އުފާވެރި ކަމެކެވެ.

މިނިވަން ގައުމު ކުރިއަށް،

ހުވަދޫމީޑިޔާ އިން އެދެނީ މިފަދައިން ހާއްސަ ދުވަސްތަކުގައި މުނާސަބުތަކާ ގުޅޭގޮތަށް ހަނދާނުގައި ރައްކާކުރެވޭފަދަ ލަވަތަކެއް އިތުރަށްވެސް ފެނިގެންދިއުމެވެ. އަދި ދިވެހިމޓިކްޓޮކަކީ އަބުރުވެރިކަމާއެކު ދުނިޔޭގެ އެހެން ހުރިހާ ގައުމަކަށްވެސް ނަމޫނާ އަކަށް ވާނޭ ފަދަ ފަންނާނުންތަކެއް ހަރަކާތްތެރިވާ ޕްލެޓްފޯމަކަށް ވުމެވެ. އިއްބެގެ ޓީމާއި މިލަވައިގައި ހަރަކާތްތެރިވެފައިވާ ހުރިހާ ފަރާތްތަކަށް ވަރަށްވެސް ހޫނު މަރުހަބާއަކުން ތަހުނިޔާ ކިޔަމެވެ، އަދި މިފަދަ ޗާލޫ ލަވައަކުން އަދުގެ ހަނދާނަށް އިތުރު ކޮށްދިނީތީ ނުހަނު ބޮޑަށް ޝުކުރު ވެސް އަދާކުރަމެވެ. ތިޔަގޮތުގައި ކުރިއަށްދާށެވެ. ގައުމަށާއި އަމިއްލަ ގައުމުގެ އަހުންނާއި އުހުތުންދެކެ ލޯބިވުމަކީ ބާއްޖަވެރިވާނޭ ސަބަބެކެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!