ޚަބަރު
ރައީސްގެ ކުއްލި ހަރަކާތަށް ތައުރީފާއި ލޯބި އޮހެނީ، ގައުމާއި ދައުލަތުގެ ނިޝާނަށް އެކުރެއްވި އިހުތިރާމުން އަސަރުކުރުވައިފި!

“ކަމަކަށް ގޮވާލީމާ މިގައުމުގެ އިއްޒަތާއި އަބުރަށްޓަކައި އަމަށުން ހުރިއްޔާ އެތާ އެކަކަަށް މަވެސް ހުންނާނަމޭ،”

ވީޑިޔޯއިން އިވޭ ލަވައިގެ އެ ޒަމާންވީ ޅެންބައިތާއި ވީޑިޔޯއިން އެފެންނަ މިިގައުމުގެ ލޮބުވެތި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ހިނިފުޅުވެޑުވުން، ގުޅިލާމެހިގެން އެ ކިޔައިދެނީ ގަލަމަކުން ސިފަކޮށްދެވޭ ވަރަށްވުރެ ފުން، ބަސްތަކަކުން އަމުނާލެވޭ ވަރަށްވުރެ ޔަގީންކަން ބޮޑު ޔަގީންކަމަކާއި ގުޅުމެއްގެ ވާހަކައެވެ. ގައުމުގެ ރައީސެއްގެ ފަރާތުން އިހްލާސްތެރިކަމާއި ގައުމަށްޓަކައި އޮތް ލޯތްބާއި ކުލުނުގެ މިފަދަ މިންވަރެއް ފެނުމަކީ ގައުމުގެ ރައްޔިތުން ހިތްހަމަޖެހުމާއެކު އުފާކުރަންވީކަމެއްކަން ގައިމެވެ.

ރޭގެ ޖަލްސާއިން ފެނިގެން ދިޔަ މި މަންޒަރު އަދު މުޅި ގައުމުގެ ނަޒަރު ހުއްޓުވި އެއް މަންޒަރަށް މިވަނީ ވެފައެވެ. ސަބަބެއް ނެތިއެއް ނޫނެވެ.

ހަނދާނީ ފިލައާއެކު ހުއްޓިވަޑައިގެން ފޮޓޯ ނެންގެވުމަށްފަހު، އެ އިނާމު ލިބިވަޑައިގެންނެވި ބޭފުޅެެއްގެ އަތްޕުޅަށް ރައީސް ހަނދާނީ ފިލާ ހަވާލުކުރައްވަން އުޅުއްވުމުގެ ތެރޭގައި އިނާމު ލިބިވަޑައިގަތް ބޭފުޅާއަށް ރަނގަޅަށް އޭގައި ނުހިފި، ފިލާ ވެއްޓެން އުޅުމުން ރައީސް ކުއްލިއަކަށް ހަރަކާތްތެރިވެ، އެ ފިލާ ވެއްޓުނަނުދީ ހިފެހެއްޓެވި މަންޒަރު ފެންނަ މި ވީޑިޔޯ މުޅި ސޯޝަލްމީޑިޔާގައި އެތައް ބައެއްގެ ސަމާލުކަން ހުއްޓޭ ވީޑިޔޯއަކަށް މިވަނީ ވެފައެވެ.

އެެފަދަ ހާލަތްތަކުގައި ހަލުވިކަމާއެކު އަވަސް ކުއްލި ހަރަކާތްތަކާއި ދުރުވިސްނުމަކީ ސިކުނޑީގެ ހާލަތު ރަނގަޅު ކޮންމެ އިންސާނެއްގެ ވެސް ހުންނާނެ ވިސްނުމަކާއި ހަރަކާތެކެވެ، އެހެނީީ އެފަދަ ކަމެއް ވުމާއެކު ސިކުނޑިން ދޭ އަވަސް ސިގްނަލުން އަތް ހަރަކާތްތެރިވާނީ އަވަސް ހަލުވިމިނުގައެވެ. އެހެން ނަމަވެސް، ދިވެހީންނަށް ދިވެހި ދައުލަތުގެ އެންމެ އިސްވެރިޔާގެ ފަރާތުން އެފަދަ ހަރަކާތްތެރިކަމެއް މީގެ ކުރިން މަދު ފަހަރެއްގައި ފެނިފައިވާއިރު އެމަންޒަރުގައި އެހަރަކާތާއެކު ރައީސް ޑރ މުއިއްޒުގެ މޫނުފުޅު މަތިން ފެނިގެން ދިޔަ “ހިނިތުންވުން” ގުޅިގެން އައުމުން އަދުގެ ގައުމުގެ ވަގުތާއި ހާލަތަށް ވިސްނާ ފަރާތްތަކަށް ވެސް އަދި އެހެން އާންމު މީހުންނަށްވެސް އެ މަންޒަރު ހިތަށް އަސަރު ކުރުވާފަދަ މަންޒަރަކަށް ވީކަން ގައިމެވެ.

މި ވީޑިއޯ މީސް މީޑިއާގައި ހިއްސާ ކުރަމުންދާ ފަރާތްތަކުންވެސް ދަނީ މަންޒަރަކީ ގައުމު މިހާރު އޮތް ހާލަތާއި ވެސް ގުޅޭ ވަރަށް މާނަ ފުން މަންޒަރެއް ކަމަށް ބުނެ، އެ ވަގުތުގެ ހާލަތާ އެއްގޮތަށް ރައީސް ހަރަކާތް އަވަސް ވުމުން ތައުރީފު ކުރަމުންނެވެ.

ރައީސް މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ އަހަރު ދުވަސް ހޭދަ ކުރައްވަމުން ގެންދަވަނީ ކުރީގެ މާލީ ސިޔާސަތުތަކުގެ ސަބަބުން ދައުލަތަށް ކުރިމަތިވެފައިވާ އިގްތިސާދީ ދަތި ހާލަތުން އަރައިގަތުމަށެވެ. ވެރިކަމާއި ހަވާލުވެވަޑައިގެންނެވި އިރު ދައުލަތް އޮތީ ވަރަށް ބޮޑަށް ދަރަނިވެރިވެފައެވެ. އަދި ކުރީގެ ސަރުކާރުން ފައިސާ ޗާޕުކޮށްގެން ހަރަދުތައް ހަމަޖެއްސި ސިޔާސަތު އެމަނިކުފާނު ނިމުމަކަށް ގެނައުމާއެކު ދައުލަތުގެ އާމްދަނީ ދެކޮޅު ޖައްސަން އެހެނިހެން ގޮތްތައް ވެސް ދަނީ ހޯއްދަވަމުންނެވެ.

ދައުރުވަމުންދާ ވީޑިއޯކޮޅު ހިއްސާ ކުރާ ބައެއް މީހުން ދެކޭ ގޮތުގައި، ރައީސް ޑރ މުއިއްޒުގެ ހުޝިޔާރުކަމާއި ގައުމުގެ ހާލަތާއި ވެސް ގުޅުމެއް އެބަ އޮތެވެ. އެ މަންޒަރު މާނަ ފުން ވަނީ، ރައީސްގެ “އަތްޕުޅުގައި ގައުމުު ރައްކާތެރި ކަމަށް” ދޭހަވާތީ ކަމަށް ދެކެއެވެ.

އެމަނިކުފާނު ވެއްޓުނަ ނުދީ ހިފެހެއްޓެވީ ގައުމީ ނިޝާން ބޮޑުކޮށް ޖަހާފައި އޮތް ހަނދާނީ ފިލައެކެވެ. ހަމަ އެގޮތަށް، ގައުމު ވެސް “ވެއްޓުނަ ނުދެއްވާނެ،” ކަމަށް ވީޑިއޯ ހިއްސާ ކުރި މީހަކު ފޭސްބުކުގައި ލިޔުނެވެ.

އެ ވީޑިއޯ ހިއްސާކުރައްވަމުން ދިވެހިބަހުގެ އެކެޑެމީގެ ކުރީގެ ރައީސް އަޝްރަފް އަލީ ފޭސްބުގައި ލިޔުއްވީ، ރައީސް ޑރ މުއިއްޒު ވަރަށް ވެސް ހުޝިޔާރު ކަމަށާއި އެ މަންޒަރަކީ ވަރަށް މާނަ ފުން “އެތައް ހާސް މެސެޖަކާއި ވާހަކައެއް، ކިޔައިދޭ މަންޒަރެއް” ކަމަށެވެ.

“ރޭ ސްޓޭޖުން މި ފެނުނު މަންޒަރުން އެ ކިޔައިދެނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒަކީ ހުށިޔާރު ބޭފުޅެއް ކަމެވެ. އެމަނިކުފާނު ދެއްވި އިނާމާއި ޙަވާލުވި ފަރާތުގެ އަތުން އިނާމު ދޫވެގެން ވެއްޓެންދަނިކޮށް، ސިކުންތެއްވެސް ނުދެއްވައި، ވަގުތުން އެގައި ހިއްޕެވީ ރައީސްގެ ހުށިޔާރުކަމުންނެވެ. މިކަމުން އެނގެނީ މިއީ ކޮންމެ ސިކުންތެއްގައި ވެސް، ހުށީޔާރުކަމާއެކު ސަމާލުވެ ހުންނެވި ރައީސެއް ކަމެވެ. އެއީ ރައީސަކު ހުންނަވަންވާނެ ގޮތެވެ. އަޅުގަނޑަކީ އެމަނިކުފާނު ވެރިކަމަށް ވަޑައިގަންނަވަން ވޯޓުދިން މީހެއް ނޫނެވެ. ނަމަވެސް އެމަނިކުފާނުގެ ހުށިޔާރުކަން ފެނި، ވަރަށް ބޮޑަށް އިޙްތިރާމް ކުރެވިއްޖެއެވެ! އެ ހުށިޔާރުކަމުގައި އެމަނިކުފާނު މި ގައުމު ހިންގަވައިފިނަމަ، ކާމިޔާބު ދައުރެއް އޮންނާނީ މާ ދުރަކު ނޫނެވެ!” މިއީ ހޯރަފުށީ ސަލީމްގެ ފޭސްބުކް ސްޓޭޓަސް އެވެ. މިފަދަ ކިތަންމެ ކޮމެންޓަކާއި ހިޔާލެއް އެބަހުއްޓެވެ.

ތެދެކެވެ. ރައީސް ޑރ މުއިއްޒުގެ މި ހަރަކާތްފުޅު ފެނިގެންދާ އެ ވީޑިިޔޯއަށް ސަމާލުކަން ދެވުނީ ސަބަބެއް ނެތިއެއް ނޫނެވެ. ހަގީގަތުގައިވެސް ގައުމުގެ އަބުރާއި އިއްޒަތަށްޓަކައި ކަމަކަށް ގޮވާލިއްޔާ އެކަކަށް ހުންނަވާނެ ކަން ހާމަވެ އެނގިގެންދާ މިވީޑިއޯއަށް ފަހު ހިތަށް ހަމަޖެހުމެއް ލިބިއްޖެއެވެ. ގައުމު އޮތީ ރައްކާތެރި އަތެއްގެ ހިމާޔަތުގައި ކަމުގެ ހަމަޖެހުމެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.
  1. މަރިޔަމް

    ގަ އުމީވިންދު ހުރި ވަރަށް ހުނަރު ވެރި ރައީސްއެއް

  2. އެންމެ ރަނގަޅު ރައީސް ️️�