ޚަބަރު
އިސްރަށްވެހިންގެ ނާދީގައި 55 އަހަރުގެ މީހުންނަށް ޙާއްސަ ކޮށްގެން މާޖެހުމުގެ ކޯހެއް ކުރިއަށް ގެންދަނީ

55 އަހަރުން މަތީގެ އިސްރަށްވެހިންގެ ތެރެއިން އަތުން މާޖަހާ، ވިޔުމަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް ހުޅުވާލައިގެން މާޖަހަން ދަސްކޮށްދޭ ކޯހެއް ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.

އިސްރަށްވެހިންގެ ނާދީގައި ކުރިއަށް ގެންދާ ހުނަރު ޕްރޮގްރާމުގެ ތެރެއިން މާޖެހުމުގެ ޕްރޮގްރާމަކީ 55 އަހަރުން މަތީގެ އިސްރަށްވެހިންގެ ތެރެއިން އަތުން މާޖަހާ، ވިޔުމަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

މި ޕްރޮގުރާމްއަކީ ޖުވައިރިޔާ ވަޖުދީ (ޖުވޭ) ނަގައިދެއްވާ ގޮތަށް ކުރިއަށްދާ ޕްރޮގުރާމްއެކެވެ. އެ ޕްރޮގްރާމް އޮންނާނީ ހަފްތާގެ ކޮންމެ އަންގާރަ ދުވަހެއްގެ ހަވީރު 4:00 އިން 6:00 އަށް އިސްރަށްވެހިންގެ ނާދީގައި ކަމަށް ވެސް ބުނެފައި ވެއެވެ.

އެ ޕްރޮގުރާމްގައު 35 ބާވަތުގެ މަސައްކަތް ދަސްކޮށްދެމުންދާނެއެވެ.

އެ ޕްރޮގްރާމުގައި ބައިވެރިވުމަށް އިސްރަށްވެހިންގެ ނާދީގެ ނަންބަރު 3027586 އަށް ގުޅުއްވައިގެން އަދި ޕްރޮގްރާމު އޮންނަ ގަޑިއަށް އިސްރަށްވެހިންގެ ނާދީއަށް ޒިޔާރަތްކޮށްލައިގެން ވެސް ނަންނޯޓު ކުރެވޭނެ ކަމަށްވެސް ވަނީ ބުނެފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.
  1. މަރިޔަމް އަސްރާރު

    ތިއީވަރަށް ރަގަޅުކަމެއް އަލުގަނޑުވެސް ބޭނުން ބާވެރިވާން ތިނާދީގާ ބާވެރިވާން