ރިޕޯޓް
ކިޑްނީ ބަދަލުކުރި ފަހުން އަންސާރާގެ ހާލު ސީރިއަސް، އަތްމަތި ދަތިވެ، އިންޑިޔާގައި 6މަސް ފަރުވާއަށް މަޑުކުރަން ޖެހިފައި!

އަހަރުތަކެއްގެ އުއްމީދުތައް ރޯޝަން ވެގެން ދިިޔަ ދުވެހެވެ. ދިގު ހަތް އަހަރު ދުވަހުގެ ވޭނާއި ރިހުމަށް ނިމުމެއް އަންނާނެ ކަމުގެ އުފާވެރި އިހުސާސްތައް ދިޔައީ އުތުރި އަރަމުންނެވެ. ލޯބިވާ ދެލޯފަދަ ކުދިންކޮޅުގެ ގައިގައި ބައްދާލުމަށްފަހު ހަގަޑިއިރުގެ ވަކިވުމަކަށް ސަލާމް ކޮށްލި އިރު އަންސާރާގެ މޫނުމަތިން އެ ފެނުނު އުފާވެރިކަން ބަޔާންކޮށް ނުދެވޭނެއެވެ. އަޅުގަނޑު އިނީ ވީޑިޔޯ ކޯލަކުން ހުރިހާ މަންޒަރެއް ބަލާށެވެ. ފަހު ވަގުތުވެސް ބުނީ ދޮށީ ދަރިފުޅު ދިން ހަދިޔާއަށް ހިތާއި ނަފުސުން ޝުކުރުވެރިވާކަމަށެވެ. ޒުވާން ދަރިފުޅުގެ ޒިންމާދާރުކަމާއި މަންމަދެކެ ވާ ލޯބި އެނގުމުން އުފާވާވަރު ބުނަން ނޭނގޭ ކަމަށްވެސް އަންސާރާ ބުންޏެވެ.

ސާޖަރީއަށް ވެއްދިއިރު ހީވެސް ނުކުރާފަދަ ކުއްލި ދަތިކަމަކާވެސް ކުރިމަތިލައި ހައްލު ކުރަން ޖެހުނެވެ. ހަތް އަހަރު ދުވަސްތެރޭ ތިން ކުދިން ގޮވައިގެން އެކަނިވެރި ބަލި މަޔަކު ދިރިއުޅޭނެ ގޮތް ތަސައްވުރު ކޮށްލައްވާށެވެ. ހަފުތާއެއްގެ 3 ދުވަހު ޑައަލަސިސް ހަދާއިރު ބާކީ ހަތަރު ދުވަހު އެ ވޭން ތަހައްމަލު ކުރަން ޖެހެއެވެ. މިހާލުގައި އުޅެމުންވެސް އާސަންދައާއި އެންސްޕާ ހަމަަޖައްސައި ކަންތައްތައް ނިންމުމަށް މާލެ ފޭބީ އެކަންކަމުގައި ތަންތަނަށް ގޮސް އުޅޭނޭ މީހަކު ނެތުމުންނެވެ. އެއްފަހަރަކު ރައްޓެއްސަަކަށް އިތުބާރުކޮށްފައި އަންސާރާ އޭނާގެ މަންޒިލަށް ދަތުރު ފެށިއެވެ. އެކަމަކު އެތައް ހާލުން އެއްކޮށްފައި ހުރި ލާރިކޮޅާއެކު ކިޑްނީއެއް ގަތުމަށް ދަރަންޏަަށް ނަގާފައި ހުރި އެތައްހާސް ރުފިޔާއެއްގެ ބޭނުން ނުކުރެވި، ބައްޔަށް ފަރުވާއެއް ނުލިބި، ގެއްލުން ފިޔަވައި އެފަަހަރު އަންސާރާއަށް ލިބުނު އެކައްޗެއްވެސް ނެތެވެ. އެއްވެސް އެކުވެރިއަކަށްވެސް އިތުބާރު ނުކުރެވޭނެކަން ގަބޫލުކޮށް ދަތުރަށް އަންސާރާ ނުކުތީ އޭނާގެ ދެބެންދެދަރި ފިރިހެންކުއްޖަކާއި އޭނާގެ ތިން ކުދިންނާއެކުގައެވެ.

އަންސާރާ

މާލެ އައިސް ޓެސްޓްތައް ހެދުމުން އެނގުނީ އަދި ކިޑްނީ ޓްްރާންސްޕްލާންޓާ ހަމައަށް ދެވޭނެ ގޮތެއް ނެތްކަމެވެ، ސިއްހީގޮތުން އަންސާރާ ފިޓްނޫނީއެވެ. ވައިޓްބްލަޑް ސެލްސްތައް މަދުކަމަށްވާތީވެ  ފުރަތަމަ ފަރުވާ ކުރީ އެކަމަށެވެ. އަދި ދެން އެތައް ހިތްވަރެއް ކުރިއެވެ. އެތައް ފަރުވާއެއް ހޯދުމަށްފަހު، ތަންތަނުން ހޯދަން ޖެހޭ ލިޔުންތައް ހަމަކުރުމާއި ޑޯނާރގެ ލިޔުންތަކުގައި ސޮއިކުރުވަައި ޑޯނާރގެ ހުރިހާ ކަމެއްވެސް ހަމަޖެއްސުމުގައި އަންސާރާ ކިތަންމެ ބަލިވިޔަސް އުއްމީދާއެކު މަސައްކަތް ކުރިއެވެ. އާސަންދައާއި އެންސްޕާގެ އެހީ ލިބުނުއިރުވެސް މާލޭގައި ތިބި ތަނުގެ ކުއްޔާއި ދަތުރުދަތުރުގެ ހަރަދާއި ކެއިންބުއިމާއި އަދިވެސް އެހެނިހެން ޒަރޫރީ ބޭނުންތަކަށް ކުރި ހަރަަދުތަކުން އަތްމަތި އޮތީ ދަތިވެ ދަރަނިވެރިވެފައެވެ.

ކޮންމެއަކަސް އެތައް ހާލަކުން އަންސާރާ އިންޑިޔާއަށް ދިޔައީ ހަމައެކަނި ކިޑްނީ ޓްރާންސްޕްލާންޓަކަށް ނޫނެވެ. އެ ސަރޖަރީއަށްވުރެ ކުރިން އަންސާރާގެ ބޯންމެރޯއަށް ފަރުވާ ކުރެވުނެވެ. އެކަަމަށްޓަކައިވެސް ވަގުތާއި ފައިސާވެސް ހަރަދުވިއެވެ. ތެދެކެވެ. އާސަންދައާއި އެންސްޕާގެ އެހީ އޮތީ ލިބިފައެވެ. އެހެންނަމަވެސް ކުއްލި ހާލަތެއްގައި ބައިސްޓޭންޑާރ ރަށަށް ދާން ޖެހުނު ވަގުތު “ގަވާއިދު” އޮންނަ ގޮތުން ބަލިމީހާއާ ވަކިން ކުރާ ދަތުރަކަށް ވުމުން ބައިސްޓޭންޑާރ ނުވަތަ އެހީތެރިއާ ރަށަށް ގޮސް އަނެއްކާވެސް އިންޑިޔާއަށް އެނބުރި އައުމަށް ފައިސާ ހަރަދު ކުރަން ޖެހުނީ އަމިއްލަ އަތުންނެވެ. މިފަދަ ކިތަންމެ ގޮންޖެހުމަކަށް ފަހުވެސް އަންސާރާ ހިތްވަރު އެލުވައެއް ނުލައެވެ. ކުރި ހިތްވަރާއި ކެތްތެރިވެ ކުރިމަތިލުމުގެ ނަތީޖާއަކަށްވީ އަންސާރާގެ ހަތްއަހަރުވީ އިންތިޒާރަށް ނިމުމެއް އައުމެވެ،

ކިޑްނީ ޓްރާންސްޕްލާންޓް ހެދިއްޖެއެވެ. ޑޯނަރގެ ހާލު ރަނގަޅުނަމަވެސް އަންސާރާގެ ހާލު ޔަގީންވާން އަދި ވަގުތު ނަގާނެ ކަން އެނގޭތީ ޖެހުނީ އިންތިޒާރު ކުރާށެވެ. ހިތާމަވެރި ހަބަރު ލިބުނީ ދެ ދުވަސްވެސް ވީ ފަހުންނެވެ. ފުރަތަމަ ދުވަހު އަންސާރާގެ ކުދިންނާއި ގާތްތިމާގެ ކޮއްކޮއަށް އަންސާރާގެ ހާލު ފެނުނީ ހަމަ ވަރަށް ރަނގަޅުކޮށެެވެ. އެހެންނަމަވެސް ތިންވަނަ އަށްވީދުވަހު ނަރުހުންނާއި ޑޮކްޓަރުން ހޭލަމޭލަވެ އަންސާރާ އޮބްޒަރވޭޝަންކޮޓަރިން ހާއްސަ ތަނަކަށް ބަދަލުކޮށްފިއެވެ. ވެގެން އުޅޭ ގޮތް ނޭނގި ހާސްވެފައި ތިބި ކުދިންނަށް ހަބަރު ލިބުނީ ދެނެވެ. އަންސާރާގެ ހަށިގަނޑަށް ލެއްވި ކިޑްނީ ގެ ސާޖަރީ ކާމިޔާބު ކަމަށްވީ ނަމަވެސް އަންސާރާގެ ހާލަތު ނާޒުކު ހިސާބަކަށް ދިޔައީއެވެ. ކޮމްޕްލިކޭޝަންތައް މަތީދަރަޖައަކަށް ހުރުމާއެކު ބޭސް ފަށާފައިވާ ކަމަށް ބުނިނަމަވެސް އަންސާާގެ ހާލަތު ދިޔައީ ދަށަށެވެ. އަދި ދެން އައިސޮލޭޝަނަށް ބަދަލުކުރީ އާއިލާއަށްވެސް އެވަގުތު އަދި ބައްދަލުވެސް ނުކުރެވޭ ގޮތަށެވެ.

ސާޖަރީއަށް ވެެއްދުމުގެ ކުރިން ދެކުދިންނާއކު

އަދިވެސް ޑޮކްޓަރުންގެ ފަރުވާ ދަނީ ކުރިއަށެވެ. އަންސާރާގެ ހާލަކަށް މާބޮޑު ބަދަލެއް ނާދެއެވެ. ގައިގަ އަޅާ ވޭން ބޮޑެވެ. ހެނދުނު ލޯ ހުޅުވުމާއެކު ރޮވެނީ ތަދު ބޮޑުކަމުންނެވެ. ފަރުވާތައް ކުރިއަށް ދާއިރު ދެން އޮތީ އިންޑިޔާގައި މަޑުކުޑަން ޖެހުމުހެ މައްސަލައެވެ. އަތްމަތި ހުސްވެ ދަތިވެފައިވާ ވަރުން މިހާރު ދެން އަންސާރާ އެވަނީ ހާސްވުމާއި ކަންބޮޑުވުމުން ނަފްސާނީ ގޮތުންވެސް ބަލިވާން ފަށާފައެވެ. ހަމަސް ދުވަސް އިންޑިޔާގެ ބެންގަލޫރުގައި، ހޮސްޕިޓަލު ފަރުވާގެ ތަފްސީލާއެކު އާސަންދައަށް އެދުމުން އަދި ޖަވާބެއް ލިބިފައިނުވެއެވެ. ހާލަތު އިތުރަށް ގޯސްނުވެ އަންސާރާ ބޭނުންވަނީ ފަރުވާ ރަނގަޅުވުމެވެ. އެހެންނަމަވެސް މިފަރުވާގައި ހޭދަކުރަން ޖެހެނީ ކިތައް ކިތައް ދުވަސްކަމެއް ނޭނގޭއިރު އެކަނިވެރި މަންމައަކަށް ކުރާނެ އަސަރު އިހްސާސް ނުކުރެވިދާނެއެވެ. އެތަކެއް ހޭދައާއި ދަރިފުޅުގެ ޒުވާން އުމުރުގައި ދިން ހަދިޔާއަށްފަހު

ކިރިޔާވެސް ވާހަކަ ދެއްކޭހާލަތަށް އައުމާއެކު އަންސާރާގެ ކަންބޮޑުވުންތަކާއި ކަންކަމުގެ އަދާހަމައަކަށް އެދުމުން އޭނާގެ ހާލަތު ވަޒަން ކުރެވެއެވެ. ތެދެއްމެއެވެ. ބަލިހާލަތުގައި އޮތަސް ފައިސާގެ ކޮންމެ ކަމަކީ އޭނާގެ ބަރޯސާގެ މައްޗަށް ބިނާވެފައިވާ ކަމެކެވެ. ބެންގަލޯރު ފަދަ ދުރު ރަށެއްގައި ގޮތްހުސްވެ ކުޅެދުންތެރިކަމެއް ނެތި އޮންނަން ޖެހުމަށްވުރެ ވަކި ހިތި ކަަމެއް އޮންނާނެހެއްޔެވެ.

އަންސާރާގެ ހަށިގަނޑަށް ލެއްވުނު ކިޑްނީ ފަންކްޝަން ކޮށް ސައްތައިން ސައްތަ ރަނގަޅުވަން ދެން މަޑުކުރަން ޖެހެނީ އިންޑިޔާގައެވެ. ހޮސްޕިޓަލުން ދޫކޮށްލާވަރު ވީމަ ގެއަށް ފޮނުވާލި ނަމަވެސް ފަރުވާ ކުރިއަށްދާނީ އިންޑިޔާގައެވެ. އެނދުން ތެދުވެ ހެލިފެލިވެ ވުމުގައިވެސް އެހީތެރިއަކު ބޭނުންވާނެއެވެ. މިހުރިހާ ކަމަކީ ފައިސާއިން ކުރަން ޖެހޭ ކަންކަމެވެ. އާސަންދަ އެންސްޕާއަކުން ހުންނަ ގެއާއި ކެއިން ބުއިމާއި ޒަރޫރީ އެހެނިިހެން ބޭނުންތަކަށް ހަރަދެއް ނުކުރާނެއެވެ. މިހާރުވެސް ލިބެން ހުރި ބޭސްފަރުވާއަށް އެދިގެން ހުށަހަޅާފައިވާ އާސަންދަ ސިޓީއަކަށް ވަކި ޖަވާބެއްނުލިބެއެވެ.

އަންސާރާގެ ފަރާތުން އެނގުނު ގޮތުގައި އަންސާރާ މެޝިންތަކުން ވަކިކުރުމަށްފަހު ކުޑަކޮށް ބެލެހެއްޓޭ ގޮތްވުމުން ގެއަށް ބަދަލު ކުރާނެ ކަމެވެ. ގެއަށް ދިއުމަށްފަހު އަންސާރާ ދެން ކުރިމަތިލައި ހައްލު ކުރަން ޖެހޭ އެތައްކަމެއް އޮންނާނެއެވެ. އެންމެ ބޮޑު ކަންބޮޑުވުމަކީ އަތްމަތީގައި ކުޑަ ލާރިކޮޅެވެ. އެ ލާރިލޮޅު ހުސްވެ އިންޑިޔާގައި ތާށިވެދާނެކަމުގެ ބިރު އަންސާރާއަށް ދަނީ އިތުރު ތަކުލީފުދެމުންނެވެ. ތެދަށް ބުނާނަމަ މިހާރު އަތްމަތި އެއްކޮށް ހުސްވެފައޭ ބުނުން ދޮގަކަށް ނުވާނެކަމަށް އަންސާރާ ވަނީ ބުނެފައެވެ، މިހާރު ކުޑަކުޑަކޮށް ވާހަކަ ދެއްކޭ ހާލަތުގައި އޮތަސް ގައިގައި އަޅާ ވޭން ބޮޑުކަމަށް އަންސާރާ ބުންޏެވެ. އައްސިކުރަން އިންޖެކްޝަން ޖެހި ތަނުން އައްސި ވެސް ރަނގަޅަށް ނުފިލާކަމަށާއި ލައްވާފައިހުރި ހޮޅިކޮޅުން ތަދުވާވަރު ބުނެދޭން ނޭނގޭހާވަރު ކަމަށްވެސް އަންސާރާ ބުންޏެވެ، އަދި އޭނާގެ އެންމެ ބޮޑު އާދޭހަކީ އިންޑިޔާގައި ތިބެ މި ފަރުވާ ނިމިގން ދިއުމަށް އެހީތެރިކަމެއް ފޯރުކޮށްދިނުން ކަމަށްވެސް އަންސާރާ ވަނީ ބުނެފައެވެ.

އަންސާރާގެ މި ފަހު މަރުހަލާގައި ދިމާވެފައިވާ މި ހާލަތުން ސަލާމަތްވުމަށް ދިމާވެފައިވާ ކޮމްޕްލިކޭޝަންތަކަށް ފަރުވާދިނުމަށް… އަންސާރާއަށް މިހިސާބަށް އާދެވުމަށްފަހު ހިތްވަރު ކުރަނީ ރަނގަޅުވެ މުޅިން ތެދުވެގެންއުޅެން ކިޑްނީ ފަންކްޝަންވެ މުޅިން ރަނގަޅުވެ ކާމިޔާބު ވާން، މިދަތުރުގެ ފަހު މަރުހަލާގައި އެހީތެރިކަމަށް އެދެމެވެ.

ދީލަތި ހިތަކުން ދީލަތި ކަމާއެކު އެހީތެރިވެދެއްވުން އެދި ނުހަނު އާދޭހާއެކު ދެންނެވީމެވެ.

  • MVR 7708505270101 އަންސާރާ އަހުމަދު
  • USD 7770000031521
  • އިތުރުމައުލޫމާތު ހޯއްދެވުމަށް 7203911 އަންސާރާ އަހުމަދު (ވަޓްސްއަޕް/ވައިބަރ)
  • ގުޅުއްވަން 9307888 
This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!