ތިނަދޫ ސިޓީ ފެންޕްލާންޓަށް ދިމާވި ޓެކްނިކަލް މައްސަލަ ވަގުތީގޮތުން ހައްލުކޮށްފައިވާ ކަމަށް ފެނަކައިން ބުނެފިއެވެ.
ތިނަދޫގެ ފެން ޕްލާންޓަށް މައްސަލައެއް ދިމާވެ އެ ސިޓީގެ ރައްޔިތުންނަށް ފެން ލިބުން ދަތިވެގެން ދިޔައީ މިދިޔަ ޖޫން މަހުގެ ފަހުކޮޅުން ފެށިގެންނެވެ.
ފެނަކައިން މި މައްސަލައާއި ގުޅިގެން ބުނެފައިވަނީ ތިނަދޫ ފެން ޕްލާންޓަށް ދިމާވި ޓެކްނިކަލް މައްސަލަ މިހާރު ވަގުތީ ގޮތުން ހައްލުކޮށްފައިވާ ކަމަށެވެ. އަދި ޕްލާންޓް އޮޕަރޭޝަނަށް ގެނެވި ފެން އުފައްދަން ވަނީ ފެށިފައި ކަމަށެވެ.
“ދާއިމީކޮށް މައްސަލަ ޙައްލުކުރުމުގެ މަސައްކަތް އަޅުގަނޑުމެންގެ ޓެކްނިކަލް ޓީމުން ދަނީ ކުރަމުން. އެހެންކަމުން ބައެއް ގަޑިތަކުގައި ފެނުގެ ޚިދުމަތް މެނދުކެނޑުމަކީ އެކަށީގެންވާކަމެއް.” ފެނަކައިން ބުނެފައިވެއެވެ.
ކަސްޓަމަރުންނަށް ދިމާވި އަދި ދިމާވަމުންދާ ދަތިތަކަށްޓަކައި ނިހާޔަތަށް މައާފަށް އެދޭ ކަމަށް ވެސް ފެނަކައިން ބުނެފައިވެއެވެ..

