ޚަބަރު
މަޖިލިސް މެންބަރުންގެ އަދަދު 77 އަށް މަދުކޮށް އެވަރުގައި ހިފެހެއްޓުމަށް އީސީގެ ހިޔާލު

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު 77 މަދުކޮށް، ހިފެހެއްޓުމަށް ފެންނަ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ގިނަ ނުވާނެ ގޮތަށް ގާނޫނަށް ގެންނާންޖެހޭ ބަދަލުތައް ގެނައުމަށް ހިޔާލު ހޯދުމަށް ހުށަހެޅުއްވި ގަރާރެކެވެ. މިގަރާރު މަޖިލީހަށް ބަލައިގަނެ، އިތުރަށް ދިރާސާ ކުރުމަށްޓަކައި މިހާރު އޮތީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގަ އެވެ. އެ ކޮމިޓީން ދަނީ އެ ގަރާރަށް ކަމާބެހޭ ފަރާތްތަކުގެ ހިޔާލު ހޯދަމުންނެވެ.

ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ވަޑައިގެން އީސީގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ، ރާއްޖޭގެ އާބާދީ އިތުރުވަމުންދާ ވަރަކަށް މަޖިލީހުގެ މެންބަރުންގެ އަދަދުވެސް އިތުރުވި ނަމަވެސް އެހެން ގައުމުތަކުގައި އެގޮތަށް އާބާދީ އިތުރުވިޔަސް، ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންގެ އިތުރުވަމުން ނުދާ ކަމަށެވެ. އެހެންކަމުން މެންބަރުންގެ އަދަދު ކެޕް ކުރުން މުހިންމު ކަމަށް އޭނާ ވިދާޅުވި އެވެ.

އީސީން ހެދި ދިރާސާތައް ކޮމިޓީއާ ހިއްސާ ކުރައްވަމުން ފުއާދު ވިދާޅުވީ ކޮމިޝަންގެ ހުށަހެޅުމަކީ މަޖިލީހުގެ މެންބަރުންގެ އަދަދު 77 އަށްވުރެ އިތުރު ނުވާ ގޮތަށް، ގާނޫނުއަސާސީ އިސްލާހު ކުރުން ކަމަށެވެ. އެއީ 2008 ވަނަ އަހަރުވެސް މަޖިލީހުގައި މެންބަރުން ތިއްބެވި އަދަދެވެ.

ފުއާދު ވިދާޅުވީ އެ އަދަދަށް ބަލައިގެން ކޮންމެ އަތޮޅަކަށް ދެ ގޮނޑި ކަނޑައެޅުމުން 35 ގޮނޑިއެއް ބާކީވާނެ ކަމަށާއި ބާކީވާ ގޮނޑިތައް އާބާދީގެ ނިސްބަތުން ބަހާލަން ފެންނަ ކަމަށެވެ.

ފުއާދު ވިދާޅުވީ މެންބަރުންގެ އަދަދު ލިމިޓް ނުކުރުމުގެ ސަބަބުން ބައެއް އިންތިހާބުތަކުގައި މުޅި ދާއިރާ އެއްކޮށް ބަދަލު ކުރަންޖެހޭ ހާލަތު ދިމާވާ ކަމަށެވެ.

ނަމަވެސް މަޖިލީހުގެ މެންބަރުންގެ އަދަދު 77 އަށް ކަނޑައަޅައި، އެ އަދަދު ނިސްބަތުން ބަހާލުމުން 2050 އާ ހަމައަށް އެއްވެސް ގޮތަކަށް ދާއިރާ ބަދަލުނުކޮށް ރައްޔިތުންނަށް ވޯޓު ލެވޭނެ ކަމަށެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!