ރިޕޯޓް
ކޫދު ޖަވާހިރެ މި ވެންނު “ވަންތަނާ ގިރީގޮހޯ” ތެއި ބައިކެންނަން

ހުވަދޫ ބަހުގައި “ވަންތަނާ ގިރީގޮހޯ” މާނަކެރަންނު ތަރުކާރީ، މޭވާ، ފަލަމަޑި ކަހަލެ ކެއުމަން ބޭނުން ކެރަނެ ކަނެއްތަން ވަންނާ ފަނިފަކުސާ ވަދެ އެ ކަނެއްތެކެ އެތެރާ ބޭނުންނުވިޔެނެ ވަރަން ކައި އެތަނާ ގިރެނެ ވާހަކެޔާ! އިންސާނުންނެ އެތެރޭސް ކަމެކެ ގޯސްކޮން ވިޔަސް “މަން ކޮން ކަން،” ނުންފެހޭ “އަހަންނަން ތުރާލެ ނުވެއި” ގޮތާ އިސް ވީމައި އެފަދަ މީހިންނެ ކެރަނެ މަސައްކަދާއި ގެޔާ ގެދޮރެ ވަޑެއެރީގެން އެޔަނެ ބަހަން އަސް “ވަންތަނާ ގިރީގޮހޯ” ތިޔެނެ މީހިންނެ ކަމަން ނިސްބަތެކެރަތެ.

އަހަންނަގެ ޤައުމައްކޫ ހީވާގި މުރާލި، ލައިގަތެ ކޮންމި ކަމެކެ އަމިއްލަން ސިކުޑިޔެން ވިސްނައިގެން ވަރަން ފުރިހަމާން ކެރަނެ ދަރިފަސްކޮޅެކެ އޮންނާ ޤައުމެކެ. ކޭވުމާއި މަސައްކަދެކެ ކޮޅަސް އެހެއި ޗާލުކޮން ވަޑިކުޓެކެ ނުފެނެނެ ވަރަން ކަމަން ކަމެޔާ ހީވެގެން މަސައކަދެ ކެރަނެ ބައިކެންނެ ވޮންޑީ ޤައުމެކެ. އެކަމަކު މިހިދެ މިއޮތްތު ކަންކަން އަގަބޮލެ ވަތަން އިންގުނެމައި ކަންކަން ހުންނާ ގޮތަން ބަދަލޭގޮހޯ. ލޮލަކަން ފެނެނެ އެއްކަމަސަ ހަރަން ގާމުން. ގާ ޖެހުނެ ކެންފަޓާސް ހަލޮވައިލަނެ ބައިކެންނެ ވޮންނާ ތަކެކެ ނުފެނެއި. އުޑާ ބޮލަން ނުއިންގެނެ ކަމާހެދީ ހައްދާ ވަލު ވިހެމުން އެނެ ބައިކެންނަން ދިވެހިންނެ ވެމުން އެނެ މަންޒަރެ ލޮލުން ފެނީ އަތުން ހިފެނެ ހިސާބު ކަންކަން މި ހުއްޓު.

ހުޅަގުން ޖެހެނެހައި ރޯޅިޔަކަން ރޭލާ ފައްސާ ކޮޅަމައި ފެނެއްނެއި ތެއްޔެހެއި އަލާމާތެ އަހަނެ އެތެރެން ތިފެނެއި. އަވަޓު ބައިކެންނެ މަރޭގެ ވާހަކެޔާސް ފެނެންނާ ނޫހަކުން، ފޭސް ބުކުން، އަދި މިބާވަތުގެ ތަންތަންނެން. އެކެބަޑު އެކެ ބަފާ ކޫދުއަސް އެއްގޭކު ތިޔެފައި މޫނާ ހުންނާ މަދެ އާއިލާކު. އަރައި މުޑެ ޖެހުނަސް ތާއްކޫ ކާއްގޭ ކާކަހޭއަސް އަހައި ނުލަނެ ވޭލޭ ހަސަދަވެރިކަމާއި މާއްދިއްޔަތަން ވެދީ ދެވި ހިފާހައި ހުއްޓޫ ހިތު ނޯޓި ލަނެ މިސާލުގައި.
ކުރިޔަން އޮތެ ޖީލާ ވިއްސި ވިހާލި ވެގެން އެޔަންނެކަން މާ ގިނަ ވަގުތެކެ ނެން.

ކޫދު ވެހީ މީހިންނާއި ކޫދު ލެބުނެ މީހިންނާއި އެނޫން މީހިންނެސް ނިދާހިތެއި ޢާފިލު ނިންދެން ތެދޭ މޫނެހެންލައިގެން ދެލޮލެ ހޮޅޮވަންނަން ވެގެ. ހުކުޑާ ހެނީ އެއްތެން ކެރަންނަން ބާއިގެން ތިޔައި ދަޅިޔާ ކަހައިލައި ވޮއްޑާ މި އެޔަންނު ދޮހައިކެ އައްޓައި ބޭރަން. މި ނުބައި އޮއިވަރުން ސަލާމަތެވެންނަން ކެރަންނަން ޖެހެންނު ފިކުރީ އަދި ރޫހާނީ ހަގެރާމައިކެ. އެ ހަގެރާމާން ދަގަޑެ ދަހަނާ އޮޑަންނަން ބޭނުންފެހޭ ފައްޓަންނަންވޫ ފަރުދީ ޒިންމާ. އެގޮތުން ދާނާ ތެއި ކުއްދުނާއި ކިރެތުބުން ނުވީއްލެނެ ކުއްދުނާއި މަދެރެސާން އެޔަނެ ފަރާ ކުއްދުނަން ވަކި ކަންކަން ވީޔަންނެއި. އެކި ކުއްދުނަގެ ސިކުޑިޔަން ނެގެނެ ކަހަލައި ހަރެދަނާ ވިސްނުން ކުއްދުނެ ސިކުޑިޔޭ ބިންގަލަން ހަދައިގެން ނުންފެހޭ ހުޅަހުގެ އަޚްލާޤީ ރޯގާން ދެންނެއި ބޭހެ ނުލެބެންނެއި. ރިރިޔޭ މި ލެޔަންނު ފަރުދީ ގޮތުން ކޮންމި ބައިކެންނަން އަސް ކޮށްލިޔެންނެއި ބައެކެ ކަންކަން.

1. ކުއްދުނަން ކެޔައިދެނެ ވާހަކަ

އޮޅަ އުމުރުގައި ކުއްދުނައްކޫ އަލެ ކަންކަން ދަސްކެރަނެ ބައިކެންނެ ކަމާ ދެނެގެން ކުއްދުނަގެ ސިކުޑިޔޭ ހުއްޓީ ޤާބިލުކަމާއި އެކަށީގެންވެނެ އިބްރަތްތެރި ވާހަކަ ކެޔައިދިނިޔަންނެއި. މި ވާހަކަ ތަކުގަެ ދޮގެ ހެދުމާއި އޮޅޮވައިލުމާއި އަނިޔާވެރިކަން ނުހިމެނުމާ ވަރަން ބޮޑަން އެދެއި. އަދި ނަބިއްޔާގެ ސީރަތުން އެކި ކަހަލައި ވާހަކަ ތަކާއި ސަހާބީންނަގެ ވާހަކަ އަދި އެކި ރަސޫލުބޭކަލުންނަގެ ވާހަކަ އެކުއްދުނަން ކެޔައިދިނިޔަންނެއި. މިސާލަކަން ޔޫނުސް ޢަލައިހިއްސަލާމް މަހެއްގެ ބަޑުގައި ވީ ގޮތާއި ސަލާމަތެ ވީ ގޮތާއި އެކަހަލައި ބައިވަރެ ވާހަކަ ތިޔެންނެއި

2. ކާޓޫނާއި އެނިމޭޓް ކޮޅަ ނޭތްގާނީ ވާހަކަ ތަކާއި މަންޒަރެ ނުދެއްކުމާ

ކާޓޫނެ ފިލްމެ ބެލުމައްކޫ ބޮދެވެމުން އެނެ ކުއްދުނަގެ ސިކުޑިޔަން އެންމެ ފެރެތަން ވަދޮވަންނަން ހޯ ވެނެ ވަރުގެ އެއްތެކެ ނުން. ކާޓޫނުން ފެނެނެ ކަންތެއްތައްކޫ ކުއްދުނަން ވަރަން ނުބައި އަސަރެ ކެރޮވަނެ ކަންކަން. އަސްލެކެ ނެން ކަންކަމްން ހަދާހި ތިޔެނެ އެކަހަލައި ކާޓޫނެ ބެލީމައި ކުއްދުނެ ލޮލާ އެ ހޮޅޮވެންނު އަސްލެކެ ނެން ދުނިޔޭކަން. އެކަމަކު ކުއްދާ ދިރިވޮންނަން ޖެހެންނު އަސްލު ދުނިޔޭކަން. އެހެންވީމައި ރަގަޅެ ތަރުބިއްޔަތެއްގައި ބޮޑެކެރަނެ ކުއްދުނަން ކާޓޫން އަދި އެނިމޭޓް ކޮށްގެން ދަދާހި ތިޔެނެ ކާޓޫނެ ދެއްކުމާއްކޫ ބުއްދިވެރި ކަމެކެ ނުން.

3. އިސްކިރީނާއި ކޫދު ދުރެކޮޓެ ކުއްދުނާއި އެކު ކޮއްޅަން ފުރުސަތެ ދިނުމާ

އިސްކިރީނުން ފިލްމެ ބެލިޔަސް، ލަވަ ބެލިޔަސް، ގޭމެ ކޮއްޅިޔަސް އެކަންކަމަން ކޫދު ދެވި ހިފުމުގެ ފުރުސަތެ ވަރަން ބޮޑެ. އެހެން ވެގެ ފެހޭ އެކޫދު އަބަދުވަސް އެދެންނެއްޔާ އިސްކިރީނޭ ކުރިމަންތޭ ދެލޮލެ ދެލޮވައިގެން ގިނަ ވަގުތު ތިޔެންނަން. އެހެން ބާއިގެން ކަންނަން ދިނުމާއި، ތަފާތެ ކަންކަމން ކެރޮވަނެ ވޭލޭ ބެލެވެރިންނާއި ކުއްދުނާއި ދޭތެރޭ ހެރަހަކަން މިވެންނު އިސްކިރީނާ.

އަދި އޭގެ ސަބަބަުން ކުއްދުނާއި ބެލެނެވެރިންނާއި ދޭތެރޭ އޮންނަންޖެހެނެ ގުޅުމާއި ރީތި އާދަ ގެއްލީފައި ކުއްދުނަގެ ދުޅަހެޔޮ ކަމަންއަސް ބޮޑެތި ގެއްލުން ލެބެއި. އެކެ ތާކު ހުލާ ދާވައިގެން ގިނަ ވޭލާއި ތިޔެނެމައި އިދެނެ ގޮތަކުން މައި ބަދާން ބަރެ ބޮޑޭގެން އުފެދުމަން އަސަރެ ކޮޅައުމާއި، ކަސްރަތެ މަދޭގެން ހަށިގަޑާއި ނުބައްދަލެ ސަރުބީ ގިނަވެ ކޫދު ފަލަވެގެން ކުދޭހުއްޓައި ބަލި ބައްލަން ފަހައިގަންނާ ކަމަން މާހިރުންނެ ކެޔައިދެތާ.

4. ދޭތެރެ ދޭތެރެން އާއިލާ މީހިންނަން ޒިޔާރަތެ ކޮޅައުމާ

މަސްނޫއީ ދުނިޔޭކުން ކޫދު ނިކުންވައި އަމަލީ މައިދާނުން މީހިންނާއި ބައްކަލެކޮޓެ، މީހިންނާއި ސަލާންގަލާންކޮޓެ ވޮންޑުމައްކޫ ޚުލްގު އުފެދުމާއި، މީހިންނާއި މުޚާތަބު ކެރަންނަން ދަސްވުމާއި ބައިވަރެ ކަންނަކްނ ދަސްވެނެ ކަމެކެ. އެހެން ވީމައި ކުއްދުނެ އެހެން ކުއްދުނާއި އަދި ބޮޑެ މީހިންނާއި ބައްދަލެވެ މީހިންނެ ދުނިޔޭ ވޮންނާ ލިކާ ބަލައި އަލެ ބަހަ ދަސްކޮޓެ އަލެ ތަޖުރިބ ާހޮވަންނަން އެންމެ ފައްކާ ގޮތައްކޫ ގިނަނގިނައިން ރަގަޅެ މީހިންނާއި ބައްދަލެ ވެންނެއި ފުރުސަތެ ދިނުމާ.

5. ގޭން ބޭރޭ ކުއްދާ ދަސްކެރަނެ ވަގުތެ ބެލެނެވެރިޔާ ފާރަވެރިވުމާ

މަދެރެސާންއާއި ބޭރެތެރެން ކުއްދާ ކޮންމި ދޮހާކު އަލެ ކަންކަން ދަސްކެރައި. އަލެ ބަހަ އަޑެއިބީ އެބަހަ ހޮވައި ދަސްކެރައި. މިކަންކަމަން ބެލެނެވެރިންނެ ފާރަވެރި ވެންނަންޖެހެއި އިރެ އަރައި އިރޯފެނެ ކޮންމި ދޮހާކުއަސް. ދުއްދާ ދަސްކެރަނެ އެއްތެއްތާއި ކޭވައިދިނެ ފެލާވަޅާއި ސުވާލެކޮޓެ ކޫދު ފޫހި ނޮކޮޓެ އެކަންކަން ހޮވައި ބެލުމައްކޫ ބެލެނެވެރިންނަން އޮތެ ވާޖިބެކެ. އަދި ކޫދު ވާހަކަ ދެއްކުމުގައި އަލެ ބަހެކެ ބޭނުންކޮށްލީފެހޭ އެބަހާއި އެކުއްދާގެ އުމުރާއި އަރައި އަރަފޯދެންތޯ އަމިއްލޭ ސކުޑިޔޭ ތަރާނުން ކިރާހި އެކަށީގެން ނުވެނެ ބަހަ ހޮވީ ލިހެކެ ބަލައި އެކަމަން ދުރާލައި ތައްޔާރެ ނުވިއުނެފެހޭ ކަންބަލަންނަން ތިޔައި އަތަން ގޮވައި ލޮލުން ފެނެ ނުހިކެނެ ކަހަލައި ލައިގަތުމާ ވަރަން ގާތެ.

6. މައިނެ ބަފައިނަނާއި ކުއްދުނާއި އޮންނާ އިތުބާރެ

ކުއްދުނަގެ އެންމެ ގާތެ އެކުވެރިޔަކަން ވެންނަން ޖެހެންނާ އަންމާއި އައްޕާއި. ކޮންމި އުމުރަކުއަސް ކުއްދާ ދައްކަނެ ވާހަކަ ކަނުލައި އަޑެ އަހަންނެއިކަމާއި ކުއްދުނަކެ ތަކުލީފް ތަކަން ކޮންމިޔަސް ތަސައްލީއެކެ ހޮވަންނަން މައިނެ ބަފައިނެ ގިއްކެޔާހި މަސައްކަދެ ކެރަނެ ކަމުގެ އިތުބާރެ ކުއްދުނެ ހިތު އަބަދުވަސް އޮންނަން ވެންނެއި، އެ އިތުބާރެ ނެންފެހޭ ކޫދު ކަންކަމުގައި އެހެން މީހިންނަގެ ރައުޔަން ކަންކަން ނިންމައިގެން ކޮންމި ފަދެ ކެންސެކަސް ލެބިޔަންނެއި.

އަދި މި ނުނަސް މިކަހަލައި ބައިވަރެ ކަންކަމަން ވިސްނައިގެން މަސައްކަދެ ނުވީގެފެހޭ ޖީލާ ހަލަހިކެވެ، ޤައުމާ ސުންނާފަތިވެގެންއެބެޔަންނެއި. އަދި އަހަންނަގެ މާތް ދީނާ ކޮއްޅާ ކޮއްޅާ އެއްތެކަން ވެގެން ދުނިޔާ ނާޗަރަންގީ އެއްކަމުގައި ވެފައި އުޚްރަވީ ހަޔާތާ ބަލާ މުސީބާތެކަން ވެޔަންނެއި.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!