ޚަބަރު
‘ނަލަނަލަ ފިޔޯރީ- ރައްކާތެރި ގޮތުގައި ކުނިނައްތާލުން’ ރަސްމީގޮތުން ފަށައިފި

އާ ދައުރު ގެ ކައުންސިލް ގެ ޒިންމާ ތަކާ ހަވާލުވިއިރު އެންމެ ނާޒުކު ޙާލަތު ގައި އޮތް ކުނީގެ މައްސަލަ ޙައްލު ކުރުމަށް ފިޔޯރީ ކައުންސިލުން މިއަދު ރަސްމީކޮށް ފަށައިފިއެވެ.

“ހުވަދޫ މީޑިއާ” އަށް މައުލޫމާތު ދެއްވަމުން ފިޔޯރީ ރައީސް ފައިޒަރު ރަޝީދު ވިދާޅުވީ މި ދައުރާއި ޙަވާލު ވީ އިރު ރަށުގެ ކުނީގެ މައްސަލަ އޮތީ އިންތިހާއަށް ގޯސްހާލަތުގަ އީ ކަމަށާއި އެއްވެސް އުސޫލެއް ނެތި ކުނި އުކާލުމުގެ ސަބަބުން ރަށުގެ ކުނިކޮށި ސަރަހައްދު ފުރި ކައިރީގެ ގެތަކުގެ މީހުން ދިރި އުޅެން އުދަގޫވާވަރުވެފަވާ ކަމަށެވެ.

ގދ ފިޔޯރީގެ ކުނީގެ މައްސަލަ ހައްލުކުރުން ރަސްމީކޮށް ފެށުމަށް މިއަދު ހެނދުނު އެ ރަށު ބަނދަރު ސަރަޙައްދުގައި ކުރިއަށް ގެ ދިޔަ ރަސްމިއްޔާތު:ފޮޓޯ ފިޔޯރީ ކައުންސިލް

އެހެންކަމުން ކައުންސިލާ ޙަވާލުވެ އެންމެ އިސްކަމެއް ދީގެން ކުރަން ފެށި މަސައްކަތަކީ ކުނީގެ މައްސަލަ ހައްލުކުރުން ކަމަށާއި އެގޮތުން ކުނި މެނޭޖް ކުރާނެ ޕްލޭނެއްހެދި ވެހިކަތައް ކައުންސިލް އަށް ގެނެވި، އައުޓްސޯސްކޮށް އެ މަސައްކަތް ކުރާނެ ފަރާތެއް ހޯދަން އިއުލާންކުރެވި އެންމެ ރަގަޅު ބިޑް ހުށަހެޅި ފަރާތްކަމަށްވާ އިހެލި ކޮންސްޓްރަކްޝަން އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް އެކު އެގްރީމެންޓް ކުރެވި މިއަދު ރަސްމީކޮށް މަސައްކަތް ފެއްޓިފައި ވާކަމަށެވެ.
ރައީސް ފައިޒަރު އިތުރަށް ވިދާޅުވީ ރައްޔުތުންގެ ކިބައިން އެދެނީ މި މަސައްކަތް ކާމިޔާބު ކަމާއެކު ކުރިއަށް ގެންދިއމުގައި ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ކައުންސިލްއަށް ދިނުމަށް ކަމަށެވެ.

ފިޔޯރީ ރައީސް ފައިޒަރު ރަޝީދު

“ނަލަ ނަލަ ފިޔޯރީ ރައްކާތެރި ގޮތުގައި ކުނިނައްތާލުން”
ތަސައްވަރު:

ހުވަދުއަތޮޅު ދެކުނުބުރީ ފިޔޯރީއަކީ ގުދުރަތީގޮތުން ލިބިފައިވާ ރީތިކަން އެގޮތުވައި ދަމަހައްޓައި،ރާއްޖެއިން ހޮވާލެވޭ އެންމެ ސާފު، ރައްޔިތުންނަށް ލުއިފަސޭހަ ގޮތަކަށް ކުނި ނައްތާލުމުގެ ދެމެހެއޓެނިވި ނިޒާމެއްއޮތް ކުނީގެ ސަބަބުން ދިމާވާ މައްސަލަތައް ޙައްލުކުރުމުގެ ފަރުދީ ހޭލުންތެރިކަން އަށަގެންފައިވާ ރަށަކަށްވުން

އަމާޒު:
– ފިޔޯރީ އަކީ ރީތި ސާފު ރަށަކަށް ހެދުން.
– ފިޔޯރީ އަކީ ރައްކާތެރި،ލުއިފަސޭހަ ކުނިނައްތާލާނެ ދެމެހެއްޓެނިވި ނިޒާމެއް އޮތް ރަށަކަށް ހެދުން.
– ފިޔޯރީއަކީ ކުނީގެ ސަބަބުން ދިމާވާ މައްސަލަތައް ހައްލުވެފައިވާ ރަށަކަށް ހެދުން.
– ފިޔޯރީގައި ދިރިއުޅޭ ރައްޔިތުންނަކީ ކުނީގެ ސަބަބުން ދިމާވާ މައްސަލަތައް ޙައްލުކޮށްގެން ދިރިއުޅޭ ތަހުޒީބު ބަޔަކަށް ހެދުން.
– ފިޔޯރީގައި ދިރިއުޅޭ ރައްޔިތުންނަކީ ދުޅަހެޔޮ ޞިއްޙަތެއްގައި ދިރިއުޅޭ ބަޔަކަށް ހެދުން.

އަގުތައް:
އާންމު ގެތަކުން 185ރ
ސަރުކާރު ނުވަތަ ރަށުގައި ހިންގާ ދައުލަތުގެ އިދާރާތަކުން 500ރ
ހޮޓާ ރެސްޓޯރެންޓް ފިހާރަ ތަކުން 200 ރ
ސިނާއީ މަސައްކަތް ކުރާ ތަންތަނު

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!