ޚަބަރު
މެލޭޝިޔާ އެއާލައިން ގެ ދަތުރުތައް ރަސްމީކޮށް ފަށައިފި

މެލޭޝިޔާގެ ގައުމީ އެއާލައިން ގެ ދަތުރުތައް ރަސްމީކޮށް ރާއްޖެއަށް ފަށައިފިއެވެ.

މިކަމާ ގުޅިގެން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް(އެމްއޭސީއެލް) އިން ބުނީ އެ އެއާލައިނުން ރާއްޖެއަށް ރަސްމީކޮށް ދަތުރުތައް ފަށާފައިވާ ކަމަށާއި އެގޮތުން އެއެއާ ލައިނުން ެލޭޝިއާގެ ވެރިރަށް ކުއަލަލަމްޕޫރް އިންޓަރނޭޝަނަލް އެއަރޕޯޓުން 168 ފަސިންޖަރުންނާއިއެކު ފުރި މެލޭޝިއާ އެއަރލައިންސްގެ ބޯޓު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ޖައްސާފައިވަނީ މިއަދު 11:20 ގައި ޖައްސާފައިވާ ކަމަށެވެ.

އެއެއާ ލައިނަށް މަރުހަބާ ކިޔުމަށް ހާއްސަ ރަސްމިއްޔާތެއް ކުރިއަށް ގެންގޮސްފައިވެއެވެ. މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ، މެލޭޝިއާ އެއަރލައިންސްއަކީ ދުނިޔޭގެ އެންމެ ބޮޑު އެއް އެއަރލައިން ކަމަށާއި މެލޭޝިއާ އެއަރލައިންސްއިން ދަތުރުތައް ފެށުމުން، ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށާއި އިޤްތިޞާދަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށެވެ. އަދި އޮސްޓްރޭލިއާއާއި ނިއުޒީލެންޑް ހިމެނޭ އޯޝޭނިއާ ރީޖަން އިން ފަތުރުވެރިންނަށް ރާއްޖެއަށް ޒިޔާރަތްކުރުމުގެ ފުރުސަތު ފަހިވެގެންދާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.

އަދި ސަރުކާރުން ގެންނަމުންދާ ބަދަލުތަކުގެ ތެރެއިން ގެންނަންޖެހޭ މުހިންމު އެއް ބަދަލަކީ، ރާއްޖެއަށް ބޮޑެތި އެއަރލައިންތައް އަންނަމުންދާއިރު، އެ ފަރާތްތަކުގެ ގްރައުންޑް ސަރވިސް އޭޖެންޓް (ޖީ.އެސް.އޭ) ނުވަތަ ހޭންޑްލިންގ އޭޖެންޓަކީ ދިވެހި ކުންފުނިތަކަށް ހެދުންކަމަށާއި އެގޮތުން ދިވެހިންނަށް ޖީ.އެސް.އޭ ގެ ނަފާ ލިބޭނެ ގޮތަށް ގެންނަންޖެހޭ ބަދަލުތައް ކުރު މުއްދަތެއްގެ ތެރޭގައި ގެނައުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިކަމާ ގުޅިގެން އެމް.އޭ.ސީ.އެލްގެ ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ، އިބްރާހިމް ޝަރީފް މުޙައްމަދު ވިދާޅުވީ، މެލޭޝިއާ އާއި ރާއްޖެއާއި ދެމެދު ކުރެވޭ ވައިގެ ދަތުރުތައް، މެލޭޝިއާ އެއަރލައިންސްއާއި އެކު އިތުރުވެގެން ދިޔުމަކީ އިޤްތިޞާދީގޮތުން ދެޤައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ ކަމެއް ކަމަށެވެ. އަދި އެމް.އޭ.ސީ.އެލްއިން އަބަދުވެސް މަސައްކަތްކުރަމުންދަނީ އެއަރލައިންތަކާއި ފަސިންޖަރުންނަށް ފަސޭހަ މާޙައުލެއް ޤާއިމްކޮށްދީ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމަށް ކަމުގައި ވިދާޅުވިއެވެ.

މެލޭޝިއާ އެއަރލައިންސްގެ ދަތުރުތައް އަލުން ފެށުމާއި ގުޅިގެން، އެމް.އެމް.ޕީ.އާރް.ސީގެ ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝިއުރީ ވިދާޅުވީ، މެލޭޝިއާ އެއަރލައިންސްގެ ސީދާ ދަތުރުތައް އަލުން ފެށިގެން ދިޔުމާއިއެކު ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ. އަދި އެއަރލައިންތަކާއެކު ޤާއިމުކުރެވޭ ގުޅުންތަކަކީ، ދުނިޔޭގެ އެކި ސަރަހައްދުތަކުން ދިވެހިރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރުމުގެ ފުރުސަތުތައް ފަހިކުރުމަށް އެމް.އެމް.ޕީ.އާރް.ސީ އިން ކުރަމުންދާ މަސައްކަތްތަކުގެ ހެއްކެއްކަމުގައި ޝިއުރީ ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ފަތުރުވެރިކަމާއި ބެހޭ ވުޒާރާ އާއި، ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާ އާއި، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރް.ސީ)ގެ އިތުރުން މެލޭޝިއާ އެއަރލައިންސްގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!