ޚަބަރު
މިނިވަންދުވަހުގެ މުނާސަބާގައި ބޭއްވި ޝަރަފުގެ ހިނގާލުން ބައްލަވާލައްވަން ރައީސްގެ ދެކަނބަލުން ވަޑައިގެންފި

ރާއްޖޭގެ 59 ވަނަ މިނިވަން ދުވަހުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން މިއަދު ބޭއްވި އެމްއެންޑީއެފްގެ އަސްކަރީ ހަރަކާތްތައް ހިމެނޭ ޕެރޭޑާއި ގައުމީ ކެޑޭޓް ކޯގެ ޕެރޭޑާ ރޫޓް މާޗް ރައީސް ޑރ. މުހައްމަދު މުއިއްޒާއި އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ބައްލަވާ ލައްވައިފިއެވެ.

މި ހިނގާލުން ޝަރަފްވެރިކޮށްދެއްވީވެސް ރައީސް ޑރ. މުއިއްޒެވެ. ޝަރަފުގެ ހިނގާލުން ފެށީ، މިއަދު ހަވީރު 16:15 ގައި ބަންޑާރަކޮށިންނެވެ.

ސިފައިންގެ “ޝަރަފުގެ ހިނގާލުން” ބައްލަވަން ރައީސްގެ ދެކަނބަލުން ވަޑައިގަތުން

އެ ހިނގާލުމުގައި ޖުމްލަ ފަސް ތަނެއްގައި ލަޝްކަރު ހުއްޓާފައި ވެއެވެ. އެއިން ކޮންމެ ތަނެއްގައި މިލިޓަރީ ބޭންޑުގައި ރާގު ކުޅެފައި ވެއެވެ.

ސިފައިންގެ “ޝަރަފުގެ ހިނގާލުން” ބައްލަވަން ރައީސްގެ ދެކަނބަލުން ވަޑައިގަތުން ހިނގާލުން ނިންމާލާފައި ވަނީ ކަޅުތުއްކަލާކޮށި ސަރަހައްދުންނެވެ.

އެމްއެންޑީއެފުން މި ފަހަރު ޝަރަފުގެ ހިނގާލުން ހުޅުމާލޭގައި ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ. އެ ހަރަކާތް ހުޅުމާލޭގައި ބާއްވަނީ މާދަމާއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!