ހަނިމާދޫ އެއާޕޯޓުގައި މާރާމާރީއެއް ހިނގައި އެކަކަށް އެރަށު ސިއްހީ މަރުކަޒުގައި އަންނަނީ ފަރުވާ ދެމުންނެވެ.
މިކަމާ ގުޅިގެން ފުލުހުން ބުނީ މިރޭ ގެ 20:00 އެހާ ކަންހާއިރު ހަނިމާދޫ އެއާޕޯޓުގައި މަސައްކަތްކުރާ ދެ މުވައްޒަފަކު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގައިފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
އޭގެ އިތުރުން ފުލުހުން ބުނީ މި މައްސަލައިގައި ތުހުމަތު ކުރެވޭ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށާއި އަދި އަނިޔާވި މީހާ އަށް މި ވަގުތު އެރަށު ސިއްހީ މަރުކަޒުން ފަރުވާ ދެމުން އަންނަ ކަމަށެވެ.
މީގެ އިތުރުން ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

