ރިޕޯޓް
ދެއްވަދޫ އަކީ، ދިވެހި ބޭސްވެރިކަމުގެ ހަސްފަތާލެއް!

ގއ.ދެއްވަދޫ އަކީ ޒަމާނުއްސުރެ ދިވެހި ބޭސްވެރިކަމުގެ ހަސްފަތާލެއް ކަމަށް މުޅި ދިވެހި ރާއްޖެ ހެކިވާނެއެވެ. އެގޮތުން ދިވެހި ބޭސްވެރިންގެ ތެރެއިން ފާހަގަކޮށްލެވުނު އެއް ޝަހްސިއްޔަތަކީ އޮޅެދީދީގެ ޢިސްމާއިލްދީދީ(ދީދި ބެއްޔާ)ގެ އަލިދީދީއެވެ. ނުވަތަ އެންމެން ދަންނަ އަލިދީދި ބެއްޔާއެވެ. އޭނާއަކީ، ދެއްވަދޫގެ ތާރީޚީ ޝަޚުޞިއްޔަތެކެވެ. އަދި އޭނާއަކީ، އެޒަމާނުގައި މުޅި ހުވަދުއަތޮޅާއި ރާއްޖެއަށް ނަންހިނގާ މަޝްހޫރު ޙަކީމީ ބޭހުގެ ޢިލްމުވެރިއެކެވެ.

ބުނެވޭ ގޮތުގައި ދެއްވަދޫ އަކީ އެދުވަސްވަރުގެ ރާއްޖޭގެ ހަސްފަތާލު އެކެވެ. ރާއްޖޭގެ އެކި ރަށްރަށުން ބޭސްކުރުމަށް ދެއްވަދޫއަށް މީހުންގޮސް އުޅުނެވެ. މިޒާމާނުގައި ކެންސަރު ބައްޔަކީ ކިހިނެއް ކިހިނެއް ވާކަމެއް އެގުނަސް އޭރަކު ނޭގެއެވެ. ދީދީ ބެއްޔާވަނީ ކެންސަރު ބަލީގެ މީހުންނަށް ބޭސްކޮށް ރަނގަޅުކޮށް ދީފައެވެ. ކުޑަކުދިން ހިތާނަ ކުރުމުގެ މަސައްކަތް ވެސް އަލިދީދި ބެއްޔާ ކުރެއްވެވިއެވެ.

ދެއްވަދޫ އަލްމަރުޙޫމް މުޙައްމަދު ހަލީމު (މުހުއްމާ ބެއްޔާ) އަހަރެން ކައިރީ ކިޔައިދިން ގޮތުގައި ހުވަދު އަތޮޅުގެ ކޮންމެވެސް ރަށަކުން ވަރަށް ބަލިމީހަކު ދެއްވަދޫއަށް ބޭސް ކުރުމަށް އަލިދީދީގެ އަރިހަށް ގެނައެވެ. އޭނާގެ ގައިން އެކިދިމަދިމާލުން ދޮސް ނުކުމެފައި ހުއްޓާ ތިމަންނަ ދުށީމެވެ. ހީވާގޮތުގައި ފުރޭނަކުން ފައިބައި ފައިބަ ހުންނަހެންނެވެ. އެހާވެސް ގިނައިން އެމީހަގެ ގައިގައި ތަންތަން ތޮރުފިފަ ހުއްޓެވެ. އެމީހާއަށް އަލިދީދީ ބޭސް ކުރަނިކޮށް ތިމަންނާ ދުށީމެވެ. އަލިދީދީ ގެންގުޅޭ ގުންބާއެއް ފާޑުގެ އެއްޗެއްގެ ތެރެއަށް ބޭސް އަޅާފައި ގައިގެ ތޮރުފިފަ ހުރި ލޯވަޅަކުން ހަށިގަނޑުގެ އެތެރެއަށް އެފެން ފިނުވީއެވެ. ފެންފޮނުވާލުމާއެކު އެކި ދިމަދިމާލުން ފެންތަށް ފައިބަން ފަށައިފިއެވެ. ފަހުން މުޅި މީހާގައިން ފައިބަމުންދިޔަ ދޮސްތައް ފަސޭހަވެ ތޮރުފިފައި ހުރިތަންތަން ފަސޭހަވެ ފާރުތައްވެސް ހިކިއްޖެއެވެ. އޭގެ ފަހުން އެމީހާގެ ބަލި އެއްކޮށް ރަނގަޅުވިއެވެ.މިވާހަކަ މުހުއްމާ ބެއްޔާ އަހަރެންނަށް ކިޔައިދިން ކަމަށް ދެއްވަދޫ ހަވީރީނާޒް އަބްދުލް މަޖީދަށް ކިޔައިދިނުމުން އެއީ ތެދެއްކަމަށް ބުނިއެވެ. އަދި އެއީ ތިމަންނާވެސް ދުށް ތަނެއްކަމަށް ބުނިއެވެ.

ދެއްވަދޫ ހަވީރީނާޒް އަބްދުލް މަޖީދު ކިޔައިދިން ގޮތުގައި އަލިދީދި ބެއްޔާ ކައިރިއަށް ބޭސްވެރިކަމުގައި އައި ވަރަށް މަދުބަޔަކު ނޫނީ ބަލިން ފަސޭހަ ނުވެނެތެވެ. ފުރަގަސް ފަރާތު ބަލިހުންނަ މީހުންގެ ބަލި ފަސޭހަ ކޮށްދެނީ އަލިދީދީ ބެއްޔާ ގެންގުޅޭ ވަޅިޔެއް ހޫނުކޮށްފައި ޖައްސާފަ ކަނޑާލަނީއެއެވެ. މި ޒަމާނުގައި އިންޑިއާ ލަންކާއަށް ގޮސް ފުރަގަސް ފަރާތު ބަލީ (ޕައިލްސް) އޮޕަރޭޝަން ކޮށްގެން އައިސް ގިނައަހަރުތަކެއް ނުވަނީސް އަނެއްކާވެސް އެކަމުގެ އުދަގުލެއްގައި އުޅެން ޖެހެއެވެ. ބައެއްމީހުން ހަތަރު ފަސް ފަހަރުވެސް އެ އޮޕަރޭޝަން ކޮށްފައި ހުންނާނެއެވެ. އެކަމަކު އަލިދީދި ބެއްޔާ ފުރަގަސް ފަރާތު ބަލި ފަސޭހަ ކޮށްދިން މީހެއްގެ މުޅި އުމުރުގައިވެސް އެކަމުގެ އުދަގުލެއް ކުރިމަތި ވެފައިނެތެވެ. އެހެންވީމާ އެހާމޮޅު ޑޮކްޓަރަކު އެބަހުރިތޯއެވެ.

އަލިދީދިބެއްޔާ އަކީ ހުރިހާ ބައްޔެކަށް ފަރުވާކުރެއްވެވި ބޭސްވެރިއެކެވެ. ގދ.ވާދޫ އުމުރުން ދުވަސްވީ މީހަކާއި އެރަށުގެ ބޭސްވެރި ފަންޑިތަ އާއި ބެހޭގޮތުން ސުވާލުކުރުމުން ބުނީ، ބޭސްވެރި ކަމުގައި ހުވަދު އަތޮޅުގެ މަޝްހޫރު ރަށަކީ ދެއްވަދޫ ކަމަށެވެ. ދެއްވަދޫގައި އެދުވަސްވަރު މޮޅު ޑޮކްޓަރަކު ހުންނެވި ކަމަށެވެ. އޭނާގެ ނަމަކީ އަލިދީދީއެވެ. އެމީހާ ބުނިގޮތުގައި ވާދޫގައި މޮޅެތި ފަންޑިތަވެރިންނާއި ބޭސްވެރިން އުޅުއްވިއެވެ. ނަމަވެސް ވާދޫ ހާއްސަވެފިވަނީ ހަށިގަނޑުގެ ގުނަވަންތަށް ބިނދިގެން ލިބޭ އަނިޔާގެ ފަރުވާށެވެ. މިކަމަށް އެންމެ މޮޅުމީހަކީ ވާދޫ ގަތްދަނޑުގޭ އަބްދު ދިދީއެވެ.

ދެއްވަދޫ ކުޑަކަތީބު ކަން 40 އަހަރަށްވުރެ ގިނަދުވު ކޮށްފައިވާ ދެއްވަދޫ ވެސްޓްވާރޑް އަބްދު ޖަމީލް ވިދާޅުވި ގޮތުގައި ހަށިގަނޑުގެ އެކި ގުނަވަންތައް ބިނދިގެން ލިބޭ އަނިޔާތަކަށް ފަރުވާކުރެއްވުމަށް އެންމެ މޮޅު ޚަކީމީ ބޭސްވެރިއަކީ ވާދޫ ގަތްދަނޑުގޭ އަބްދު ދީދީ ކަމަށެވެ. އެނޫން ހުރިހާ ކަމަކަށްވެސް ދެއްވަދޫ އަލިދީދީ ބެއްޔާގެ ގާތަށަ މީހުން ބޭސްކުރުމަށް އައިކަމަށެވެ.

ދެއްވަދޫ ހުދުފިނިފެންމާގެ އަބްދުލް ސަމަދު ޙުސެއިން ކިޔައިދިން ގޮތުގައި އޭނާ ހަނދާން ހުންނަގޮތުގައި އޭނާގެ ބައްޕަ ހުސެއިން(ހުސީނާ) އަލިދީދީ ބެއްޔާގެ އަތްދަށު ބޭސްވެރިއެއްގެގޮތުން ޚަރަކާތްތެރިވެ އުޅުނު ކަމަށެވެ. އަބްދުލް ސަމަދުގެ ބައްޕަ އަކީވެސް ދިވެހި ބޭސްކޮށް އުޅުނު މީހެކެވެ. އަބްދުލް ސަމަދު އިތުރަށް ބުނުއްވީ އަލިދީދި ބެއްޔާ އަކީ މިޒަމާނުގެ ޑޮކްޓަރުންނަށް ވުރެވެސް މޮޅު ޑޮކްޓަރެކެވެ. ގދ. ގައްދޫ އަންހެނަކު ނުހިނގި އެތަކެއް ދުވަހު އެދުމަތިވެފައި ވަނިކޮށް ބޭސްކުރުމަށް އަލިދީދި ބެއްޔާގެ އަރިހަށް ގެނަވުނެވެ. އެމީހާގެ ބަލި ގިނަދުވަސްތަކެއް ނުވަނީސް ފަސޭހަ ކޮށްދިން ކަމަށެވެ. ގައިގެ ތަންތަން ދޮސްވެ ފުޅަވެފައި ހުންނަ ތަންތަން ފަސޭހަ ކޮށްދެނީ، އެންމެފުރަތަމަ ފާރު ގަނޑުގެ އެތެރެއަށް ބުރު ގަހުގެ ބުރު ކޮށްޕާލަނީއެވެ. އެއީ އެތަނުގެ ފުންމިނު ދެނަގަތުމަށެވެ. އެޔަށްފަހު ހޫނު ކޮށްފައިވާ ވަޅިން އެތަންފަޅައި ދޮސް ބޭރުކޮށް ބޭސްއަޅައި ފާރުގަނޑު ހިއްކާލައެއެވެ. ފާރުގަނޑު ހިކުމުން ޖެހިގެންހުންނަތަން ފަޅާލައެވެ. މިގޮތަށް ހިއްކަމުން ފަޅަމުންގޮސް ބަލި އެއްކޮށް ފަސޭހަ ކޮށްދެއެވެ. އަބްދުލް ސަމަދު ބުނިއްވި ގޮތުގައި އަލިދީދި ބެއްޔާއަކީ އޮޕަރޭޝަން ޑޮކްޓަރަކެވެ.

އަލިދީދި ބެއްޔާގެ އަށްދަށު މަސަތްކަތުގައި ހަރަކާތްތެރިވި ބޭފުޅުންނަކީ ދެއްވަދޫ އަލަދަނޑިގެ ތުއްތު ބެއްޔާ އާއި ހުދުފިނިފެންމާގެ ހުސީނާ އާއި އަލިދީދި ބެއްޔާގެ ދަރިފުޅު ނޮވެލްޓީ އިބްރާހިމް ދީދީ އެވެ. ނޮވެލްޓީ އިބްރާހިމް ދީދީ ވެސް ބޭސްވެރިކަން ދަނެއެވެ. ވަރަށް ފަހަކާއި ޖެހެންދެންވެސް އަލިދީދި ބެއްޔާގެ ބޭސްވެރި ފޮތެއް އިބްރާހިމްދީދީ ގެންގުޅުނެވެ.

އާއިލާ

އަލިދީދި ބެއްޔާ އެއްބަނޑު އެއްބަފާ ތިން ބޭފުޅުން ތިއްބަވައެވެ. އެއީ އޮޅެދީދީގެ އިސްމާޢިލްދީދީގެ

ރެކެދީދީ / ކަނީރުމާގެ
އަލިދީދީ / ރަތްބަގީޗާގެ
މުޙައްމަދުދީދީ / ގިލައިނޫރުމާގެ

އަލިދީދި ބެއްޔާގެ ދަރީންއަކީ:

މަރިޔަމް ދީދީ / ރަތްބަގީޗާގެ (ނިޔާވެފައި)
ދޮންދީދީ / ފުލޫނިޔާގެ ( ނިޔާވެފައި )
އިބްރާހިމް ދީދީ / ނޮވެލްޓީ
އަޙްމަދު އަލީދީދީ / ޙިތަށްފިނިވާގެ

މަތިވެރި ﷲ އަލީދީދީ ބެއްޔާ އަށް ސުވަރުގޭގެ ދާޢިމީ ނިއުމަށް މިންވަރު ކުރައްވާށި. އާމީން

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!