ޚަބަރު
ޝައިހް ހަސީނާ އިސްތިއުފާ ދެއްވުމާއެކު ގައުމު ދޫކުރައްވައި ވަޑައިގެންފި

ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ޙަސީނާ އިސްތިޢުފާ ދެއްވައި ޤައުމު ދޫކުރައްވައި ވަޑައިގެންފިއެވެ.

ހަސީނާ ވަޑައިގެންނެވި ގައުމު ކަށަވަރުނުވި ނަމަވެސް އޭނާ ބަންގްލަދޭޝް ދޫކުރައްވައި ވަޑައިގެންފިކަން އެ ގައުމުގެ ސަރުކާރުގެ މަސްދަރުތަކުން ވަނީ ކަށަވަރު ކޮށްދެއްވައިފައެވެ.

ދާދި ފަހުން އައު ދައުރަކަށް އިންތިޚާބުވެވަޑައިގެންނެވި ޢުމުރުން 76 އަހަރުގެ ޙަސީނާ އިސްތިޢުފާ ދެއްވާފައި ވަނީ ސަރުކާރު ވަޒީފާތަކަށް މީހުން ޢައްޔަން ކުރުމުގައި އަމަލު ކުރަމުން ދިޔަ ކޯޓާ ނިޒާމާ ދެކޮޅަށް ފެށި މުޒާހަރާތައް ހޫނުވެ އިތުރު 91 މީހުން މަރުވެފައިވާ ދަނޑިވަޅެއްގައެވެ.

ކޯޓާ ނިޒާމާ ދެކޮޅަށް އަޑު އުފުލުމަށް ކޮލެޖުތަކާއި ޔުނިވަރސިޓީތަކުގައި މަތީ ތަޢުލީމު ހާސިލު ކުރަމުންދާ ދަރިވަރުން ޖުލައި މަހު ފެށި މުޒާހަރާތައް ރޫޅައިލަން ފުލުހުން ބާރުގެ ބޭނުން ކުރުމާ ގުޅިގެން މަރުވި މީހުންގެ ޢަދަދު ވަނީ 200އަށް އުފުލިފައެވެ. އެ މުޒާހަރާތައް ހުއްޓުވަން ޙަސީނާގެ ސަރުކާރުން ވަނީ ކަރފިޔު އިޢުލާނުކޮށް, މަގުތަކަށް ހަތިޔާރު އެޅި ސިފައިން ނެރެފައެވެ.

އިއުލާންކޮށްފައިވާ ކާފިއުގެ އަމުރަށް ތަބާނުވެ ރައްޔިތުން ބޮޑުވަޒީރުގެ ގަނޑުވަރަށް ވަނުމުން ހެލިކޮޕްޓަރެއްގައި ހަސީނާ ވަޑައިގެންނެވީ އިންޑިއާއަށް ކަމަށް އެގައުމުގެ ނޫސްތަކުން ވަނީ ރިޕޯޓް ކޮށްފައެވެ.

ބަންގްލަދޭޝްގެ ބޮޑުވަޒީރުގެ މަޤާމަށް ޝައިޚް ޙަސީނާ އެންމެ ފުރަތަމަ އިންތިޚާބުވެވަޑައިގެންފައި ވަނީ 2009ވަނަ އަހަރުގެ ޖަނަވަރީ މަހު، ބަންގްލަދޭޝްގެ ބޮޑުވަޒީރުގެ މަޤާމަށް ޝައިޚް ޙަސީނާ އެންމެ ފުރަތަމަ އިންތިޚާބުވެވަޑައިގެންނެވި ފަހުން އިސްތިއުފާ ދެއްވާފައި މިވަނީ ވިދިވިދިގެން ހަތަރުވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގެންނެވިތާ ހައެއްކަ މަސްދުވަސް ފަހުންނެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!