މިސަރުކާރުގެ ލާދީނީ ކަން ހައްދު ފަހަނަ އަޅައި ގޮސްފައިވާކަމަށް ސަލަފް ޖަމްއިއްޔާގެ އިސް މެމްބަރެއް ކަމުގައިވާ އަލީ ރަމީޒު ވިދާޅުވެއްޖެއެވެ.
އަލީ ރަމީޒު މިއަދު ކުރި ޓްވީޓެއްގައި ވިދާޅުވީ، ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ ދަރިވަރުން ކިޔެވުމަށް ތައްޔާރުކޮށްފައިވާ ފޮތްތަކުގައި ﷲ ވޮޑިކަންވާކަމާއިމެދު ޝައްކު އުފެއްދުމަކީ ބަލައި ގަނެވޭނެކަމެއް ނޫންކަމަށެވެ. އަދި ދަރިވަރުންނަށް ތައުލީމް އުގަންނައިދޭ ފޮތްތަކުގައި އިސްލާމްދީނާއި ދުރުކުރުމަށް ތަފާތުއެކި ވާހަތައް ލިޔެ އާންމުކުރުމަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ.
އަލީ ރަމީޒް ގެ މިޓްވީޓާއި އެކު އޭނާ ވަނީ، ރާއްޖޭގެ ކިޔަވާ ކުދިންގެ ފޮތްތަކުގައި އިސްލާމް ދީނާއި، ގުޅޭގޮތުން ލިޔެފައިވާ ލިޔުންތަކާއި، ޝާއިރު ކޮށްފައިވާ އާޓިކަލްތަކެއް ހިއްސާ ކުރައްވައިފައިއެވެ.
މިއަހަރުގެ ކިޔެވުން ފެށުނު ފަހުން މިހާތަނަށް ފޮތްތަކުގެ ގިނަ މައްސަަލަތެއް ފާހަގަ ވަމުންދާއިރު، މިކަމާއި ގުޅޭގޮތުން މިނިސްޓްރީން ވަނީ މިއަދު ނޫސްވެރިންނާއިވެސް ބައްދަލުކޮށްފައެވެ. މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ މިކަންމަކީ ބަޔަކު ސިޔާސީ މަޤްސަދެއްގައި ދައްކަމުންދާ ވާހަތަކެއްކަމަށެވެ.