މައުލޫމާތު
ދުވަހުގެ މަސް : ލައް ކައްޓެޅި

މިއީ ކައްޓެޅިއާއި ވަރަށް އެއްގޮތް މަހެކެވެ. މިއީ ދިގުކޮށް އާދައިގެ ވަރަކަށް ފަތިކޮށް ހުންނަ މަހެކެވެ. މަހުގެ އަނގަ ބޮޑުވެފައި އަނގައިގައި ކޮޅަށް އޫ އަދި ބޮޑެތި ދަތްތަކެއް ހުރެއެވެ. މަހުގެ ލޯ ބޮޑެވެ. ބުރަކަށިމަތީ ފުރަތަމަ ކޮތަރިބައިގައި 18 ހަރުކަށި ހުރެއެވެ. ބުރަކަށިމަތީ ދެވަނަ ކޮތަރިބައިގައި ހަރުކަށީގެ 1 ކަށްޓާއެކު 14 އާއި 17 އާ ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. މިކޮތަރިބައިގެ ފަހަތުގައި ވަކިވަކިން ހުންނަ 2 ކޮތަރިބައި ހުރެއެވެ. މަހުގެ ހުޅުނބުތައް ކުދިވެފައި ތުންޏެވެ.

މިއީ ވަރަށް ފުނުގައި އުޅޭ މަހަކަށްވުމާއެކު މިމަހަކީ ދިވެހި މަސްވެރިންނަށް ގިނައިން ބޭނޭ މަހެއްނޫނެވެ. މަހުގެ ބުރަކަށިމަށްޗާއި މަތީބައިގެ ކުލައަކީ ނޫމުށިކުލައެވެ. ބަނޑުދަށްފަރާތް ހުންނަނީ ރިހި އަޅިކުލައެއްގައެވެ. މަހުގެ އެންމެ ފާލުކަންބޮޑު ފާހަނގައަކީ ބުރަކަށިމަތީ ފުރަތަމަ ކޮތަރިބައިގެ ކުރީކޮޅުގައި ހުންނަ ކަޅުކުލައިގެ ލަފެވެ. މިމަހަށް ދިވެހިންގެ ތެރޭގައި ވަކިނަމެއް ކިޔާ ނޫޅޭތީ މިމަހުގެ ސިފަ ކައްޓެޅިއާ ވައްތަރުވެފައި މަހުގައިވާ އެންމެ ޚާއްސަ ފާހަގައަށް ވިސްނާ މިމަހަށް “ލައް ކައްޓެޅި” މިނަން ދިނީއެވެ. މަހުގެ ކާނާއަކީ ޒާތްޒާތުގެ މަހާއި ކަކުނިފާޑުގެ ސޫތްޕެވެ.

މަސްދަރު: މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާ/ ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!