ޚަބަރު
ޓިކްޓޮކް ޓީމްޒިޕޯއާއި އިތުރު ހޯސްޓުންތަކެއް އެކުގައި އެއް ލައިވެއްގައި ފަންޑްރައިޒިން އިވެންޓަކުން އެއްލައްކަ އަށްވުރެ ގިނަ ރުފިޔާ ހޯދައިދީފި

ޓިކްޓޮކް، ގިިނަ ހޯސްޓުންތަކެއް އެއްފަހަރާ ލައިވްގައި ތިބެގެން ނު އުފަންނަ ކުއްޖަކަށް ފަންޑްރައިޒިންގއިވެންޓެއް ކުރިއަށް ގެންގޮސް ދެމަފިރިއަކަށް އެއްލައްކައަށްވުރެ ގިނަ ރުފިޔާ ހޯދައިދީފިއެވެ.

ރޭ ޓިކްޓޮކް ޓީމް ޒިޕޯ އިސްނެގުމުގެ މަތިން ކުރިއަށް ގެންދިޔަ މި ލައިވްގައި ރާއްޖޭގެ އެންމެ މަގުބޫލު، ގިނަ ބަޔަކު ދަންނަ އަދި ޓިކްޓޮކް ޕްލެޓްފޯމުގައި ކުރިއަރާފައިވާ ގިނަ ފަރާތްތަކެއް ބައިވެރިވެފައިވެއެވެ. ހަމައެހެންމެ ފަންޑްރައިޒިންގ އިވެންޓުތައް ރޭވުންތެރިކަމާއެކު ހިންގާ ޓިކްޓޮކް މަރިޔަމް ސަމާވެސް މިލައިވްގައި އިނެވެ. އަދި ޑީޖޭ ހަމްބެ، ވެލާސިޓީގެ ފަރާތުން ޓޮމްޓޮމްސަން، އެރެޓްސް، އެމްޓީޕީ، މިސްޓަރތަކޭ، އޯކިޑް ކުއީން ފަދަ ގިނަ ހޯސްޓުންތަކެއް އެއްފަހަރާ މިފަދަ ލައިވްއަކުން ފެނިގެންދިޔަ މިއީފުރަތަމަ ފަހަރެވެ. އަދި މިފުރަތަމަ ފަހަރު މި ހުރިހާ ހޯސްޓުން އެކުވެގެން އެހީ ހޯދައިދީފައި ވަނީ ވެސް އެހާމެ ތަފާތު ކޭސް އަކަށެވެ.

ހުވަދޫ މީޑިއާއަށް މި ފަންޑާ ބެހޭ ގޮތުން މައުލޫމާތު ދެމުން ޓީމްޒިޕޯގެ ފަރާތުން ޒިޕޯބުނެފައިވަނީ ފަސްދުވަސް ވަންދެން ހުރިހާ ހޯސްޓުންނާ ވާހަކަ ދައްކައި ލައިވް ތައްޔާރުވުމަށްފަހު ރޭ 8:30 އިން 10:30 އަށް ކުރިއަށް ގެންދިޔަ ލައިވް އިރާދަކުރެއްވީތީ ކާމިޔާބު ކަމަށެވެ. އަދި އެހީއަށް އެދުނު ނު އުފަންނަ ދަރިފުޅަށް އެއްލައްކަހަތްހާސް (107،000) ރުފިޔާ ވަނީ ހޯދައިދެވިފައި ކަމަށްވެސް އެފަރާތުން ބުންޏެވެ. ޒިޕޯ ފަދަ ޒުވާނުންގެ މިފަދަ ހިތްވަރަކީ ދިވެހި މުޖުތަމައުގައިވެސް ޒަމާނާ އެއްވަރަށް ސޯޝަލްމީޑިޔާގެ ބޭނުން ރަނގަޅުގޮތުގައި ހިފާ ޒުވާނުން ތިބިކަން ހާމަވާ ހެއްކެކެވެ.

ފާތިމަތު ސުނީތާ އާއި އޭނާގެ ފިރިމީހާ ތަޖިކާން މުހައްމަދު އަރަފާތުހާން ގެ ލޯބި ކައިވެންޏަށް ހަތްއަހަރުވީ ފަހުން އެތައް ހިތްވަރަކާއި މަސައްކަތުން ދަރިފުޅެއް ލިބޭނެ ކަމުގެ އުފާވެރި ހަބަރު ލިބި ސުނީތާގެ ބަނޑަށް މިހާރު މިވަނީ 27 ހަފުތާ ވެފައެވެ، އެހެންނަމަވެސް ހިތްދަތިވެ ޝޮކެއް ލިބޭވަރުގެ ސްކޭނަކުން ދަރިފުޅުގެ ހިތުގައި ލޯވަޅެއް އިން ކަމާއި އެއްފައި ކްލަބްފުޓްއެެއް ގޮތަށް ދައްކާފައިވުމާއެކު އުއްމީދުގެ އަލިކަމަކަށް ރާއްޖެއިން ބޭރުން މިކަމަށް ފަރުވާ ކުރެވިދާނެކަމަށް ޑޮކްޓަރުންގެ ޔަގީން ލިޔުންތައް ލިބިފައިވެއެވެ. ހަމައެެހެންމެ އެކަމަށްޓަކައި އަވަސް ފުރުސަތެއްގައި ފަރުވާއަށް ދިއުން ނުހަނު މުހިންު ކަމަކީ ވެސް ހަގީގަތެކެވެ.

ދަރިފުޅު ދުނިޔެއަށް އައިސް ވޭނުގައި ރަނގަޅުވުމަށްވުރެ މަންމަ ގައިގަ ވޭން އަޅުވައިގެން ދަރިފުޅު ހަމަ ސަލާމަތުން ދުނިޔެއަށް ގެނެވޭތޯ ސުނީތާ އާއި އޭނާގެ ފިރިމީހާ މިކުރާ ހިތްވަރަށް ހުވަދޫމީޑިޔާއިން ސެލިއުޓް ނަގަމެވެ، ހަމަމިއާއެކު ޓިކްޓޮކްގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފައިގެން އަނެކުންގެ ވާހަކަ އާންމުންނަށް ފޯރުކޮށްދީ އެހީ ބޭނުން ޖެހިފައިވާ މީހުންނަށް އެކަމަށް މަގު ފަހިކޮށް ދިނުމަށް ޒުވާނުން މިކުރާ ހިތްވަަރަށް ހަމަ އައްސަރިބަހާއި ސާބަސް ދެމެވެ. އަދި ސުނީތާގެ ދެމަފިރިންގެ ލިބެން އުޅޭ ދަރިފުޅަށް، ﷲތައާލާ އެންމެ ފުރިހަމަ ޝިފާއެއްް ދެއްވާނެތެވެ. އާމީން!

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!