ޚަބަރު
އިގްތިސާދީ ކޮމިޓީން ޑްރައިވަރުންގެ އެސޯސިއޭޝަނާ ބައްދަލު ކުރަން ނިންމައިފި

މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ލިޔުމުން މަޢުލޫމާތު ހޯދުމަށްފަހު ޑްރައިވަރސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ބޭފުޅުންނާ ބައްދަލުކުރެއްވުމަށް

މިއަދު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީން ރާއްޖޭގެ ޑްރައިވަރުންގެ އެސޯސިއޭޝަން އާ ބައްދަލުކުރަން ނިންމައިފި އެވެ. މިއީ ޓެކްސީ ފްލީޓެއް ތައާރަފުކުރަން ސަރުކާރުން ނިންމި ނިންމުމާ ގުޅިގެން ހުރި ކަންބޮޑުވުންތައް ހިއްސާކުރުމަށް ބައްދަލުވުމެއް ބާއްވައިދެއްވުން އެދި ޑްރައިވަރސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ފޮނުއްވާފައިވާ ސިޓީއާ މެދު މަޝްވަރާ ކުރުމަށްފަހު ނިންމި ނިންމުމެކެވެ.

އެ ސިޓީއާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް މަޖިލިސް އިގްތިސާދީ ކޮމިޓީގައި ހުޅުވާލި ފުރުސަތުގައި، ހޯރަފުށީ ދާއިރާގެ މެންބަރު ޢަލީ މޫސާ ހުށަހެޅުއްވީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ލިޔުމުން މަޢުލޫމާތު ހޯދުމަށްފަހު ޑްރައިވަރސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ބޭފުޅުންނާ ބައްދަލުކުރެއްވުމަށެވެ. އަދި މި ހުށަހެޅުއްވުމަށް މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު އަޙްމަދު ޟަމީރު ވަނީ ތާއީދުކުރައްވާފައެވެ.

އަދި މިކަމަށް މަޖިލިސް މެންބަރުންގެ ވޯޓަށް ހުޅުވާލުމުން، ކޮމިޓީގެ 11 މެންބަރުންގެ ތެރެއން ހާޒިރުވެވަޑައިގެން ތިއްބެވި 7 ބޭފުޅުންގެ ތެރެއިން 6 ބޭފުޅަކު ވަނީ މިކަމަށް ފެންނަ ކަމަށް ވޯޓު ދެއްވާފައެވެ. އަދި މިއީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 6 ބޭފުޅުންނެވެ. އެ ބޭފުޅުންނަކީ މައްޗަންގޮޅި މެދު ދާއިރާ މެންބަރު އަޙްމަދު ޟަމީރު، ހޯރަފުށި ދާއިރާ މެންބަރު ޢަލީ މޫސާ، ކަނޑިތީމު ދާއިރާ މެންބަރު އަމީން ފައިޞަލް، ކެންދޫ ދާއިރާ މެންބަރު މަޢުރޫފް ޛާކިރު، ތިނަދޫ އުތުރު ދާއިރާ މެންބަރު ސަޢުދުﷲ ޙިލްމީ އަދި ކުރެންދޫ ދާއިރާ މެންބަރު މުޙައްމަދު ޝާމިން ޙަބީބް މިއެވެ.

އެހެންކަމުން ކޮމިޓީން ފާސްކުރެއްވީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ލިޔުމުން މަޢުލޫމާތު ހޯދުމަށްފަހު ޑްރައިވަރސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ބޭފުޅުންނާ ބައްދަލުކުރެއްވުމަށެވެ..

‘މާލެ ފަހި’ ޕްރޮގްރާމްގައި ފުރިހަމަ ޓެކްސީ ހިދުމަތެއް ފޯރުކޮށްދިނުމަށް ޓެކްސީ ފްލީޓެއް އުފެއްދުމުގެ މަސައްކަތް ސަރުކާރުން އިއުލާންކުރި އެވެ. އަދި އެހިސާބުން ޑްރައިވަރުން ހިތްހަމަނުޖެހުމާއި ކަންބޮޑުވުން ފާޅުކޮށް އިހުތިޖާޖު ކުރީ އެތައް ޒަމާނުއްސުރެ އާމްދަނީ ހޯދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއަށް ސަރުކާރުން ވަންނަން އުޅޭ ކަމަށް ބުނަމުންނެވެ. ހަމައެހެންމެ އެ ކަންބޮޑުވުންތައް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން އާ ވެސް ހިއްސާކުރި އެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!