ޚަބަރު
ރެސިޕީ: ބޭކަޑް ބްރެޑް ރޯލްސް

ބޭކަޑް ބްރެޑް ރޯލްސް އަކީ، ޚަރަދު ކުޑަކޮށް ތައްޔާރު ކޮށްލެވޭ މީރު އެއްޗެކެވެ. ހަވީރު ސަޔަށް ނުވަތަ، ހެނދުނުގެ ނާސްތާއަށް ވެސް ރަނގަޅު ބޭކަޑް ބްރެޑް ރޯލްސް އަކީ ހަށިގަނޑަށް ވެސް ފައިދާ ހުރި އެއްޗެކެވެ.

ބޭނުންވާ ތަކެތި:

6 ފޮތި ޕާން
2 ސައި ސަމުސާ ތެޔޮ
1 ފިޔާ (ކުދިކޮށް ކޮށާފައި)
1 އަލުވި
1 ކެރެޓް
1/2 ސައިސަމުސާ ލޮނުމެދު (ގާނާފައި)
1/2 ސައިސަމުސާ އިނގުރު (ގާނާފައި)
1/2 މޭޒުމަތީ ސަމުސާ ޗިލީ ޕައުޑަރު
1/4 މޭޒުމަތީ ސަމުސާ ގަރަމް މަސާލާ
1 މޭޒުމަތީ ސަމުސާ ކޮރިއެންޑާ ފަތް (ކުދިކޮށް ކޮށާފައި)
1 މޭޒުމަތީ ސަމުސާ ތެޔޮ
ލޮނު ކޮޅެއް
ރީނދޫ ކޮޅެއް

ތައްޔާރު ކުރާނެ ގޮތް:

އެންމެ ފުރަތަމަ ކެރެޓް، އަލުވި އަދި ކޮރިއެންޑާ ކުދިކޮށް ކޮށުމަށް ފަހު، މަޑުވަންދެން ފެނުކައްކާށެވެ. ދެން ފެންގަނޑުގެ ތެރެއަށް ރީނދޫ ކޮޅު އަޅަން ހަނދާން ބަހައްޓާށެވެ. ހުރިހާ އެއްޗެއް މަޑުވުމުން އަލުވި ރަނގަޅަށް މޮޑެ، އޭގެ ތެރެއަށް ފެނުކެއްކި ތަރުކާރީތައް އަޅައި އެއްކޮށްލާށެވެ.

އެ އަށްފަހު ތަވަޔަކަށް ތެލާއި ފިޔާ، އިނގުރު އަދި ލޮނުމެދު އެޅުމަށްފަހު ފިޔާގަނޑު މީރުކޮށްލާށެވެ. ދެން އޭގެ ތެރެއަށް ކުރިން މޮޑުނު އަލުވި މަސްގަނޑު އެއްކޮށް، ޗިލީ ޕައުޑަރު އަދި ގަރަމް މަސާލާ އަޅައި ފަސް ވަރަކަށް މިނެޓު މަޑު ގިނީގައި ބަހައްޓާށެވެ.

ބްރެޑް ރޯލްސް ތައްޔާރު ކުރުމަށް، ޕާން ފޮތީގެ އަރިމަތީ ކައިރި ކެފުމަށް ފަހު، ރޮށި ދަމަން ގެންގުޅޭ ރޯލަރުން ޕާން ފޮތިތައް ފަތުރާލާށެވެ. އެއަށް ފަހު ޕާނުގައި ކުޑަ ބަޓަރުކޮޅެއް އުނގުޅުމަށް ފަހު، މޭޒުމަތީ ސަމުސަލެއްގެ މިންވަރަށް އަލުވި މަސްގަނޑު އަޅައި ރޯލް އަކަށް ވާގޮތަށް އޮޅާލައި ރަނގަޅަށް ބައްދާލާށެވެ.

ރޯލްގެ ވަށައިގެން ކުޑަ ތެޔޮފޮދެއް އުނގުޅުމަށް ފަހު 200 ޑިގްރީގައި 20 ވަރަކަށް މިނެޓު ވަންދެން ފިހެލާށެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!