ކުރީގެ ރައީސް އަބދުﷲ ޔާމީން އަބްދުލްގައްޔޫމް ޕީޕީއެމްއާ ދުރައްވަަޑައިގެން ހުންނެވީ ލަނގޮޑިއަށް ކެތްނުވާތީ ކަމަށް ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
އަބްދުއްރަހީމް މިހެން ވިދާޅުވީ ރޭ ޕީއެންސީ ހަރުގޭގައި ކުރިއަށްގެންދިޔަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އަބްދުއްރަހީމް ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ޕާޓީއާ ދުރަށް ވަޑައިގަތީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ގޮނޑީގައި ރައީސް ޑރ.މުހައްމަދު މުއިއްޒު އިންނަވާ މަންޒަރު ބަލަން ކެތް ނުވެގެން ކަމަށާއި، ލަގޮނޑިއަށް އުނދަގޫވާތީ ކަމަށެވެ.
އެމަނިކުފާނު އަމިއްލައަށް ދުރަށްދިޔަ ސަބަބަކީ ލަގޮނޑިއަށް ކެތްނުވީމަ ކަމަށާއި، އެހެން ބޭފުޅަކު ވެރިކަން ކުރާ މަންޒަރު ބަލަން ދެ ލޮލަށް ކުޅަދާނަނުވީމަ ކަމަށެވެ. އަދި ރައީސް ކަމުގެ ގޮނޑީގައި ޑރ. މުއިއްޒު އިންނަވާ މަންޒަރު ދެކެން ހިތް ބިރުގަންނަނީ ކަމަށްވެސް ވިދާޅުވިއެވެ.
“ރައީސް ޔާމީން އަޅުގަނޑުމެން ދޫކުރައްވައި ވަޑައިގެންނެވީ ގޯސްތަކެއް ހެދިގެންނެއްނޫން” އަބްދުއްރަހީމް
އަބްދުއްރަހީމް ވަނީ އެމްއެމްޕީއާރުސީގެ މައްސަލަ ބަލައިފިނަމަ ވާނީ ކިހިނެއްތޯ އަހާ ސުވާލުވެސް ކުރައްވާފައެވެ. އަދި 2013 ވަނަ އަހަރު ވެރިކަމަށް ވަޑައިގެންނެވިއިރު ޔާމީނަށް ނިސްބަތްވާ އެއްވެސް އެކައުންޓެއްގައި ރުފިޔާ ނެތް ވަރަށް ރުފިޔާ ހުރީ ކީއްވެތޯވެސް ސުވާލު އުފައްދާފައި ވެއެވެ. މިގޮތުން އެއްލައްކަ ރުފިޔާ ހަމަނުވާ އެކައުންޓެއްގައި ވެރިކަމުން ފައިބާވަޑައިގެންނެވިއިރު، 500 މިލިޔަނުން އެ އެކައުންޓުތަކުގައި ފައިސާ ހުރި ކަމަށް ވެސް ވިދާޅުވިއެވެ.
އެ ފައިސާއަކީ ކިހިނެއް ހޯދި ފައިސާއެއްތޯ އަބްދުއްރަހީމް ވަނީ އިތުރަށް ސުވާލު ވެސް އުފައްދާފައެވެ.