މާލޭ އެޕާރޓްމެންޓަކަށް ވަދެ ފައިސާ ފޭރުނު މީހަކު ހައްޔަރު ކޮށްފިއެވެ.
ފޭރުނު ކަމުގައި ހައްޔަރުކޮށްފައިވަނީ ކ. މާލެ މ ދިންމަނާ އަބްދުއްﷲ ތިލްމިޒް 32 އެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެެއްގައި ބުނީ މިއަދު އެޕާރޓްމެންޓަކަށް ވައްކަންކުރަންވަން މީހަކު ހައްރުކޮށްފައިވާ ކަމަށެވެ.
އެނާ ފޭރިފައިވަނީ 26960 ރުފިޔާ ކަމަށާއި، އެރުފިޔާ މިހާރު ވަނީ ހޯދާ ވެރިފަރާތާއި ހަވާލުކޮށްފައި ކަމަށެވެ.
އެ މައްސަލަ މިހާރު ތަހުގީގް ކުރަމުން ގެންދާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

