މަޢުލޫމާތު
ދީނުގެ ޙިމާޔަތަށް އުނގެނުމާއި އުގަންނައިދިނުން
އިލްމަކީ އޭގެ ސަބަބުން އުންމަތްތަށް މަތިވެރިވެ، އެއުންމަތުގެ ދަރަޖަ އުފުލިގެންދާ ނޫރެކެވެ. އަދި ހިދާޔަތެކެވެ. އިސްލާމީވެރިކަމުގެ ކުރީކޮޅު އިލްމާއިމެދު މުންލިމުން އަޙައްމިއްޔަތުކަން ދިނުމުގެ ނަތީޖާއަކަށްވީ، މުސްލިމުންގެ ދަރަޖަ މަތިވެރިވެ، ކުޑަދުވަސްވަރެއްގެތެރޭގައި އިރުމައްޗާއި ހުޅަނގުގައި، އިސްލާމީދިދަ އުފުލިގެންދިއުމެވެ. އިލްމުގެ މާތްކަމާއި އޭގެ މުހިންމުކަމަށްޓަކައި ދީނުގައިވަނީ އިލްމުއުގެނުމަކީ މުސްލިމުންގެ މައްޗަށްއޮތް ފަރުޟެއްކަމުގައި ލައްވާފައެވެ.
ޝޭޚު ޤަރުޟާވީ ވިދާޅުވާގޮތުން ކޮންމެ އިސްލާމީ މުޖުތަމައެއްގައިވެސް “ޖިބުރީލު ހަދީޘް” ކިޔަވައިދޭން ޖެހޭނެއެވެ. އެހެނީ އެ ހަދީޘުން ޚުލާސާގޮތެއްގައި ދީނުގެ ހުރިހާ ބައިތަކެއް އެނގިގެން ދެއެވެ. އިސްލާމް ދީނަކީ އުނގެނުމުގެ ދީނެވެ. އުނގެނުމަކާއިނުލައި އެއްވެސް ކަމެއް ޞައްޙައެއް ނުވާނެއެވެ. އެންމެ ކުޑަމިނުން އަޅުކަންތަކުގެ ވާޖިބުކަންތަކާއި، ސުންނަތްކަންތައް އެނގެންޖެހޭނެއެވެ. މައްސަލަތައް ދެނެގަނަންނަށް ޖެހޭނެއެވެ. ފިކުރީ މައްސަލަތައްވެސް ދެނެގަންޖެހޭނެއެވެ.
ދީން އުގަންނައިދިނުމުގައި އެންމެ މުހިއްމު ކަމަކީ ފިޤުހީ ކަންކަން ރަގަޅަށް ދެނެގަތުމެވެ. ޚިލާފުއުފެދިފައިވާ މައްސަލަތަޚާއި، އިޖްމާޢީ މައްސަލަތައް ރަގަޅަށް އެނެގެންޖެހޭނެއެވެ. މީގެ ބޭނުމަކީ ފަތުވާދޭއިރު ސުންނަތްކަމެއް ވާޖިބަކަށް ހަދާފައި ނުވަތަ ވާޖިބުކަމެއް ސުންނަތަކަށް ހަދާފައި ފަތުވާ ދެވިދާނެތީއެވެ. ޚިލާފު އުފެދިފައިވާ ކަންކަންވެސް މިފަދަ ގޮތަކަށް ވެގެން ހިނގާދާނެތީއެވެ. އަދި ތިމާގެ އިތުބާރުވެސް ގެއްލިދާނެތީއެވެ. ﷲ ވަޙީކުރައްވާފައިވެއެވެ.

{قُلْ هَلْ يَسْتَوِي الَّذِينَ يَعْلَمُونَ وَالَّذِينَ لا يَعْلَمُونَ} (ޒުމްރު 9) މާނައީ:”ކަލޭގެފާނުވިދާޅުވާށެވެ! ދަންނަމީހުންނާއި، ނުދަންނަމީހުން ހަމަހަމަވާނެހެއްޔެވެ؟”

މުޖުތަމަޢުގައި އުޅޭ ހުރިހާ ރައްޔިތުން ޝަރުޢީ ޢިލްމު އުނގޭނޭކަން މަޖްބޫރެއް ނޫނެވެ. ކޮންމެ ބާވަތެއްގެ ޢިލްމެއް ޙާޞިލްކުރިކަމުގައި ވިއަސް ދީނަށް ޚިދުމަތް ކޮށްދެވިދާނެއެވެ. ބޭނުމަކީ މީހުންނަށް ރަގަޅަށް އުޅެން ދަސްކޮށްދިނުމެވެ. އެހެންނަމަވެސް ދީނީ ތަޢުލީމު އުނގެނުމަކީ ސުވަރުގެއަށް ދިއުމަށް މަގުފަހިކޮށްދޭކަމެއްކަން ރަސޫލާގެ ހަދީޘް ފުޅަކުން އެގެއެވެ.
ރަސޫލު ﷲ ޞައްލަ ﷲ ޢަލަހިވަސައްލަމް ޙަދީޘްފުޅުކުރައްވާފައިވެއެވެ.

{مَنْ سَلَكَ سَبِيْلاً يَبْتَغِي بِهِ عِلْماً، سَهَّلَ اللهُ لَهُ طَرِيْقاً إِلَى الْجَّنَّةِ، وَإِنَّ الْمَلاَئِكَةَ لَتَضَعُ أَجْنِحَتَهَا لِطَالِبِ الْعِلْمِ رِضاً بِماَ يَصْنَعُ، وَإِنَّ الْعَالِمَ لَيَسْتَغْفِرُ لَهُ كُلُّ شَيْءٍ حَتَّى الْحِيْتَانُ فِيْ الْمَاءِ، وَفَضْلُ الْعَالِمِ عَلَى الْعَابِدِ كَفَضْلِ الْقَمَرِ عَلَى سَائِرِ الْكَوَاكِبِ، وَإِنَّ الْعُلَمَاءَ وَرَثَةُ الأَنْبِيَاءِ، إِنَّ الأَنْبِيَاءَ لَمْ يُوَرِّثُوْا دِيْنَاراً وَلاَ دِرْهَماً إِنَّماَ وَرَّثُوا الْعِلْمَ فَمَنْ أَخَذَهُ أَخَذَ بِحَظٍّ وَافِرٍ{ (أبو داود والترمذي)

މާނައީ: “ޢިލްމު އުނގެނުމަށްޓަކައި މަގެއް ޚިޔާރުކޮށްފިމިހާއަށް ﷲ ތަޢާލާ ސުވަރުގެއަށް ދިއުމަށްޓަކައި މަގެއް ފަސޭހަކޮށްދެއްވައެވެ. އަދި ހަމަކަށަވަރުން މަލާއިކަތްބޭކަލުން އެބޭކަލުންގެ ވަރަފުޅުތައް ކިޔާވާކުއްޖާއަށްޓަކައި އޭނާ ކުރާ ކަންތަކަށް (އެބަހީ ޢިލްމު އުނގެނުމަށް) ރުހިވަޑައިގެންވާ ޙާލު ފަތުރުއްވާލައްވައެވެ. އަދި ހަމަކަށަވަރުން ހުރިހާ އެއްޗެއް ޢިލްމުވެރިޔާއަށްޓަކައި ފާފަފުއްސެވުން އެދި ދުޢާކުރެއެވެ. ކަނޑުގައިވާ މަހަށް ދާންދެނެވެ. އަޅުވެރިޔާގެ މައްޗަށް ޢިލްމުވެރިޔާއަށް މާތްކަންލިބިގެންވާ ފަދައީ، ތަރިތަކުގެ މައްޗަށް ހަނދު މާތްވެގެންވާ ފަދައިންނެވެ. އަދި ހަމަކަށަވަރުން ޢިލްމުވެރިންނަކީ ނަބީބޭކަލުންގެ ވާރުތަވެރިންނެވެ. ހަމަކަށަވަރުން ނަބީބޭކަލުން ދީނާރެއް އަދި ދިރުހަމެއްވެސް ވާރުތައެއް ނުކުރައްވައެވެ. އެބޭކަލުން ވާރުތައިގެ ގޮތުގައި ދޫކުރެއްވި އެއްޗަކީ ޢިލްމެވެ. އެޢިލްމު އުނގެނި ހޯދައިފިމީހާ އެހޯދީ ބޮޑުވެގެންވާ ނަސީބެކެވެ.”
ޢިލްމު އުނގެނުންވަނީ އެންމެ މާތް އަދި ﷲ އާ ކުއްތަންކުރުވަނިވި ހެޔޮކަންތައްތަކުގެ ތެރޭގައި ލައްވާފައެވެ. އަދި ސުވަރުގެއަށް ދިޔުމުގެވެސް އެންމެ ބޮޑު ސަބަބުތަކުގެ ތެރޭގައި ލައްވާފައެވެ. އެއީ މިޢިލްމަކީ އަދި މިޢިލްމު އުނގެނުމުގައި ﷲ ތަޢާލާ މަޢުރިފާކޮށް ދެނެގަނެވި، އެއިލާހުގެ އަމުރުފުޅުތަކާއި ނަހީފުޅުތައް ދެނެގަނެވި މިދީން ޤާއިމްކުރެވޭތީއެވެ.
އެހެންކަމުން ޢިލްމުވެރިންނަކީ ނަބީބޭކަލުންގެ ވާރުތަވެރިންނެވެ. ނަބީބޭކަލުންގެ ފަރާތުން މީސްތަކުންނަށް ވަރުތަކުރުވި އެއްޗައްކީ ޝަރުޢީ ޢިލްމެވެ. މިޢިލްމު ލިބިގަތްމީހަކީ އެބޭކަލުންގެ ވާރުތަވެރިއެކެވެ. ފަހެ، ﷲ ތަޢާލާ އެއިލާހުގެ އަޅާއަށް ހެޔޮގޮތް މިންވަރުކުރައްވަން އިރާދަ ކުރައްވައިފިނަމަ އޭނައަށް މިޢިލްމު އުނގެނުމަށް މަގުފަހިކުރައްވައެވެ.
ޑރ. ޞާލިހު ބުނު ޙުމައިދު ވިދާޅުވާގޮތުން ކީރިތި ޤުރުއާނުގައި ސޫރަތުލް އަޚުލާގު އޮވެއެވެ. އެއީ ޙުޖުރާތު ސޫރަތެވެ. އެސޫރަތުގެ 18 އާޔަތުން އިސްލާމީ ދުނިޔެއަށް މިހާރު ކުރިމަތިވެފައިވާ މައްސަލަތައް ހައްލުވާނެއެވެ.
ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!