މާލެ އަށް ބޭސްފަރުވާއަށް އައިސްހުރި އުމުރުން 62 އަހަރުގެ މީހެއްގެ ވޮލަޓާއި ފޯން ފޭރިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
މިއަދު ފުލުހުން ބުނީ މީހެއްގެ ފޯނާއި ފައިސާ ފޭރިގެންފައިވާ މައްސަލައެއް އިއްޔެ ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އެގޮތުން އެ މައްސަލައާއި ގުޅިގެން ފުލުހުން ބަލަންޖެހޭކަންކަން ބަލަމުންދާ ކަމަށެވެ.
މިފަދަ މައްސަލައެއް ފުލުހުން ބަލަމުންދާއިރު، މާލޭ އެޕާރޓްމެންޓަކަށް ވަދެ ފައިސާ ފޭރުނު މީހަކު ވެސް ފުލުހުން ވަނީ ހައްޔަރު ކޮށްފައެވެ.
ފޭރުނު މައްސަލައެއްގައި ހައްޔަރުކޮށްފައިވަނީ ކ. މާލެ މ ދިންމަނާ އަބްދުއްﷲ ތިލްމިޒް 32 އެވެ.
އެނާ ފޭރިފައިވަނީ 26960 ރުފިޔާ ފޭރިގެން ކަމަށާއި، އެރުފިޔާ މިހާރު ވަނީ ހޯދާ ވެރިފަރާތާއި ހަވާލުކޮށްފައި ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
ނަމަވެސް ފުލުހުން ބުނީ 62 އަހަރުގެ މީހެއްގެ ވޮލަޓާއި ފޯން ފޭރުނު މައްސަލައިގައި މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށެވެ.

