ކޮލަމް
ގެންގުޅޭ ފޯނު ސްމާޓް ވާވަރަކަށް އިންސާނާގެ ސިކުނޑީގެ ތޫނުފިލިކަން މިދަނީ ދަށަށް

ގެންގުޅޭ ފޯނުތައް ސްމާޓް ވާވަރަކަށް އެފޯނު ގެންގުޅޭ އިންސާނާގެ ސިކުނޑީގެ ތޫނުފިލިކަން ދަނީ ދަށަށެވެ.

އިންސާނުން އެކަކު އަނެކަކާއި މުވާސަލާތު ކުރުމަށް ބޭނުންކުރާ އެއް ވަޞީލަތް ކަމުގައިވާ މޯބައިލް ފޯނަކީ، ނޭވާލުމަށް އޮކްސިޖަން ބޭނުންވާފަދައިން، ބައެއް އިންސާނުންނަށް އެޔާއި ނުލައި ދިރި ނުއުޅެވޭ އެއްޗެއްގެ ގޮތުގައި މޯބައިލް ފޯނު މިއަދު ވެގެން ގޮސްފައިވެއެވެ.

ޓެކްނޮލޮޖީގެ ރޮނގުން ދުނިޔެހޯދަމުންދާ ކުރިއެރުމާއި އެކީ، މޯބައިލް ފޯނު އިންޤިލާބީ ކުރިއެރުމެއް ހޯދާފައިވެއެވެ. އާޓިފިޝަލް އިންޓަލެޖެންސް ފަދަ ޚާއްސަ ފީޗާސްތަކާއިއެކު، ސްމާޓް ޑިވައިސްއަކަށް މޯބައިލް ފޯނު ވެފައި ވެއެވެ. ސްމާޓް ފޯންތައް ސްމާޓް ވާވަރަކަށް އެފޯނު ބޭނުންކުރާ އިންސާނާގެ ސިނކުޑީގެ ތޫނިފިލިކަން ދަށްވާ ވާހަކަ މިއީ ބުއްދި ޤަބޫލުކުރެވޭ ވާހަކައެއް ބާވައެވެ؟

ވަރަށްވެސް ބޮޑު ތެދެކެވެ. މޯބައިލް ފޯނު ސްމާޓްވެ، އިންސާނާގެ ޕާސަނަލް އެސިސްޓެންޓަކަށްވުރެ، ފޯނު ކުޅަދާނަވާ ހިސާބަށް މޯބައިލް ފޯން ސްމާޓް ވެފައި ވުމުން، އިންސާނާއަށް މަންޠިޤީ ނަޒަރުން ވިސްނުމަށް ހުރަސް އެޅިގެން ދެއެވެ. އާދައިގެ ކުދިކުދި ކަންތައްތައް މޯބައިލް ފޯނުގައި ނޯޓުކޮށްގެން ހަނދާން ކުރަން ޖެހުމާއި، ކުދި ކުދި ހިސާބު އަދަދުތަށްވެސް ފޯނުގެ ކަލްކިއުލޭޓަރުގެ އެހީގައި ހެދުމުގެ ސަބަބުން، ސިކުނޑި މާބޮޑަށް ބޭނުންކުރަން ނުޖެހެއެވެ. ސިކުނޑީގެ މަސައްކަތް ދަށްވުމަކީ، ކަންކަމާއި ދޭތެރޭ މަންޠިޤީ ނަޒަރަކުން ވިސްނައި، ބިނާކުރަނިވި ވިސްނުން ކުރިޔަށް ނެރެ، މީހަގެ ސިކުނޑީގެ ތޫނުފިލިކަން ދަށްވެގެންދާ ސަބަބެކެވެ.

ސްމާޓް ފޯނު ގެންގުޅޭ ގިނަފަރާތްތަކުގެ ހާލަކީ، އަނބި މީހާ ނުވަތަ ފިރިމީހާގެ އުފަން ދުވަސް، ނުވަތަ އަމިއްލަ ދަރިފުޅުގެ އުފަންދުވަސްވެސް ހަނދާން ކުރަން ޖެހެނީ ފޯނުން ރިމައިންޑާއެއް ލައިގެން ރިމައިންޑް ނޮޓިފިކޭޝަނެއް އައުމުންނެވެ. ފަހުގެ ދިރާސާތަށް ދައްކާގޮތުން، ކުޑަ ކުދިން މަސަލަސް ކުރުމަށްވެސް، ފަހުގެ ޖީލުތަކުގެ މައިންބަފައިން މިދެނީ މޯބައިލް ފޯނެކެވެ. ކޮންމެވެސް ނާސަރީ ރައިމެއް ނުވަތަ ކާޓޫނެއް ޖެއްސުމުން ދަރިފުޅު ވަރަށް ހެވިފައި ބަސްއަހައިގެން އިދެއެވެ.

ނަމަވެސް މިފަދައިން ކަންތައް ކުރުމުން، ތުއްތު ދަރިފުޅަށް މާދަރީ ބަހުން ވާހަކަ ދައްކަން ނޭނގުމުގެ އިތުރުން، ސިކުނޑިން ކަންކަމާއި ވިސްނައި، އެހެން މީހުންނާއި މުޢާމަލާތް ކުރުން މަދުވެއެވެ. އިންސާނާ ސިކުނޑި ހެދި ބޮޑުވެ ތަރައްޤީވުމަށް މުޢާމަލާތް ކުރުމަކީ ވަރަށް މުހިންމުކަމެކެވެ. ކަންކަމާއި މެދު ފުންކޮށް ވިސްނައި މަންޠިޤީ ނަޒަރަކުން ކަންކަން އެނަލައިޒް ކުރަންޖެހެއެވެ. ވިސްނުން ފުޅާވެ، ތޫނުފިލިކަން އިތުރުކުރުމަށް ގިނަ ކުޑަކުދިން ދިރިއުޅެމުން އަންނަ ސްމާޓް ޑިގިޓަލް ވާޗުއަލް ދުނިޔެއިން އެކުދިން ނެރެން ޖެހެއެވެ. ދުނިޔެވީ ކަންކަން ހިގާ ގޮތް އެކުދިންނަށް ދައްކައިދީ އެކުދިންގެ ޅަ ސިކުނޑިތައް ތަރައްޤީ ކުރުމަށް ފުރުޞަތު ދޭންޖެހެއެވެ.

ސްމާޓް ފޯނުގެ ޒަމާނަށް އުފަންވެ ބޮޑުވެފައިވާ ޒުވާނުން، ގެއިން ބޭރަށް ނުކުންނަށް ބޭނުން ނުވެއެވެ. މީހުންނާއި ސޯޝަލްވެ، ނުދަންނަ ފަރާތްތަކާއި ވާހަކަ ދައްކައި ދުނިޔެ ހިގާގޮތް އަމިއްލަ ސިކުނޑިން ވިސްނަން ބޭނުން ނުވެއެވެ. ސްމާޓް ފޯނު ގެންގުޅޭ މިޒަމާނުގެ ޒުވާނުންގެ ހާލަކީ، އޭޕްރީލް މަހުގެ ކުރިން އަންނަނީ ކޮން މަހެއްހޭ އަހާލިޔަސް، އެއީ މާރޗް މަސް ކަން އެނގެނީ ގޫގަލް ސާޗް ކުރުމަށްފަހު ނޫނީ ކަލަންޑަރު ބަލައިގެންނެވެ.

ހަޤީޤަތުގައިވެސް، ގެންގުޅޭ ފޯނުތައް ސްމާޓް ވާވަރަކަށް އެފޯނު ގެންގުޅޭ އިންސާނާގެ ސިކުނޑީގެ ތޫނުފިލިކަން އަންނަނީ ދަށްވަމުންނެވެ. ސްމާޓް ފޯނުގެ ލުއިފަސޭހަކަމާއެކު، ކުދި ކުދި ކަންކަމުގައިވެސް، އަމިއްލަ ސިކުނޑި ބޭނުންކުރުން ވެގެންދަނީ އުދަނގޫ ކަމަކަށެވެ. މިއީ އަހަރަމެން ވިސްނަންޖެހޭ ކަމެކެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.
  1. އިސްމާލު

    ވަރަށް ރަނގަޅު ވާހަކަ އެއް!!