ޚަބަރު
ރަސްފަންނު ގަހެއްގެ ދަށުގަ ބާއްވާފައޮތް ދަބަހެއް ނެގި ދެމީހަކު ހައްޔަރު ކޮށްފި

މިއަދު ހެނދުނު ރަސްފަންނު  މޫދަށް އެރިއުޅުނު ބައެއްގެ އަތް ދަބަސް ގަހެއްގެ ކައިރީ ބާއްވާފަ އޮއްވާ ވަގަށް ނެގިބަޔަކު ހޯދާ ފުލުހުން އެމީހުން ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ އެ ހާދިސާ ހިނގފައިވަނީ މިއަދު ހެނދުނު 50: 10 އެހާކަށްހާއިރު ކަމަށެވެ. ފުލުހުންނަށް މި މައްސަލައިގެ ރިޕޯޓް ލިބުނީ މާފަންނު ޕޮލިސް ސްޓޭޝަންގެ ފުލުހުން މަގުމަތި ޕެޓްރޯލް ކުރަމުންދިޔައިރު، ކަމަަށާއި ރިޕޯޓް ލިބުމާއެކު ދަބަސް ވަގަށް ނެގިމީހުން ހޯދުމަށް ކުރި މަަސައްކަތުން ސީސީޓީވީ ފްޓޭޖަށް ބަލައިގެން އެމީހުން ހޯދައިގަނެވިފައިވާ ކަމަށެވެ.

ފުލުހުން ބުނީ ކުރެވުނު މަސައްކަތުން އެމީހުން ހޯދައިގަނެވުނީ މަޖީދީ މަގު ދިލްބަހާރު މަގާގުޅޭ ހިސާބުން 11:50 އެހާކަށްހާއިރު ކަމަށެވެ. އެހެންކަމުން މިހާރު އެމީޙުން ވަގަށްނެގި ދަނބަސް ހޯދާ ވެރިފަރާތާ ހަވާލު ކޮށްފައިވާ ކަމަށް ވެސް ބުނެފައި ވެއެެވެ.

” އެދަބަހުގައި ދެ މޯބައިލް ފޯނާއި އެހެނިހެންތަކެތި ހުރި. މިހާރު ވަނީ ވެރިފަރާތާ ހަވާލުކުރެވިފަ.” ފުލުހުން

މީގެ އިތުރުން ފުލުހުން ބުނީ އެ މައްސަލައާއި ގުޅުގެން ހައްޔަރު ކޮށްފައިވަނީ ތ. ތިމަރަފުށި /ލަކީ ހައުސް ސޮފްވާން އަލީ އާއި، ގއ. ވިލިގިލި ޒިއުރިކް ވިލާ ހަސަން ތައުފީގް ކަމަށެވެ.  އެ މައްސަލަ މިހާރު ތަހުގީގް ކުރަމުންދާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!