ހަންޏާމީދޫ ރޯޝަނީގޭ ގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
އދ . ހަންޏާމީދޫ ރޯޝަނީގޭ ގައި ރޯވެފައިވާ އަލިފާން ގަނޑު މި ހާރުވަނީ މިރަށުގެ ހީވާގި ރައްޔިތުން ނިކުމެ ކޮންޓްރޯލްކޮށް އެއްކޮށް ކޮށްފަ ކަމަށް އެރަށު ކައުންސިލުން ވަނީ ބުނެފައެވެ
“އަލިފާން ވަނީ ނިވާލާފަ، މި އީ އެކުވެރިކަމާ އެއްބައިވަންތަ ކަމުގެ ފުރިހަމަ ނަމޫނާ ރައްޔިތުން އުޅޭ ރަށެއް ، މި ފަދަ ކޮންމެ ކާރިސާ އެއްގައިވެސް މި ބަދަހި ގުޅުން އޮންނަމީ ހަމަ މި ގޮތުގައި ޝުކުރިއްޔާ ލޮބުވެތި ހީވާގި ރައްޔިތުން ، އަބަދުވެސް ތިގޮތުގަ ތިއްބަވާތި” ކައުންސިލުން ވަނީ ބުނެފައެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ގޮތް އަދިވަނީ ނޭގެއެވެ. ކައުންސިލުން ހާދިސާގެ ތަފްސީލެއް ހާމަ ކޮށްފައެއް ނުވެއެވެ.