އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށާއި، އިންޑިއާގެ ސަރުކާރަށާއި، ރަޙްމަތްތެރި އިންޑިއާގެ ރައްޔިތުން، ދިވެހިރާއްޖެއަށް އަބަދުވެސް ވެދެއްވަމުންގެންދަވާ ދީލަތި އެހީތެރިކަމަށްޓަކައި ދިވެހި ސަރުކާރާއި ރައްޔިތުންގެނަމުގައި ޝުކުރު ވެރިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު އިންޑިއާ ސަރުކާރަށް ޝުކުރު ދަންވާފައިވާއިރު، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމަނިއަމް ޖައިޝަންކަރު ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި، މިއަދު ރައީސް އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.
އެގޮތުން އެ ބައްދަލުވުމުގަ ވަނީ ގިނަކަންކަން ނިންމަވާފައެވެ. މިގޮތުން އިންޑިއާ އިން ދިވެހި ސަރުކާރުން ވިއްކި ޓީ ބޮންޑުގެ ތެރެއިން 50 މިލިއަން ޑޮލަރު އަނބުރާ ދެއްކުމަށް ލުއި ގޮތްތަކެއް ހަމަޖައްސަވާ އަދި އިންޑިޔާގެ އެގްޒިމް ބޭންކުން ލައިން އޮފް ކްރެޑިޓް ފެސިލިޓީ މެދުވެރިކޮށް ފައިނޭންސްކޮށްގެން އިންޑިއާ ސަރުކާރުގެ އެހީގައި 28 ރަށެއްގެ ފެނާއި ނަރުދަމާގެ ޚިދުމަތް ފައްޓަވަންވެސް ވަނީ ނިންމަވާފައެވެ.
މީގެ އިތުރުންވެސް ގިނަކަންކަން ނިންމަވާ ވަނީ މުހިންމު މަޝްވަރާތައް ކުރައްވާފައެވެ.