ކޮލަމް
އަމިއްލަޔަށް މޮޅުގޮތް ހޯދުމަށް އެހެންމީހުންގެ އަލިކަން ފަނޑުކޮށްލުން

އަމިއްލަޔަށް މޮޅުގޮތް ހޯދުމަށް އެހެންމީހުންގެ އަލިކަން ފަނޑުކޮށްލުން ނުވަތަ އެހެން މީހުން ނައްތާލުން މިއީ މަދުން ނަމަވެސް މިމުޖުތަމަޢުއިން ފެންނަ ނުރަނގަޅު ސިފަޔެކެވެ.

އެހެން މީހަކަށް ލިބޭ ކުރިއެރުމެއް ބަލައިގަންނަން ފަސޭހަ ނުވުން ނުވަތަ ގިނަބަޔަކު ދަންނަ އިބާރާތަކުން ދަންނަވާނަމަ، ޖެލަސްވުން މިއީ ކޮންމެ މީހަކަށްވެސް ކޮންމެވެސް މިންވަރަކަށް ކުރިމަތިލާންޖެހިފައިވާ ކަމެކެވެ. ނަމަވެސް އަމިއްލަޔަށް މޮޅުގޮތް ހޯދުމަށް އެހެން މީހުންގެ އަލިކަން ފަނޑުކޮލުން ނުވަތަ އެހެން މީހުން ނައްތާލުން މިއީ ޖެލަސްކަމުގެ އެންމެ ނުބައި އަދި އެންމެ މަތީ މިންވަރެވެ.

ސުވާލަކީ،  މީހެއްގެ އަލިކަން ފަނޑުކޮށްލައި ތިމާހޯދާ އަލިކަމަކުން ކިހާ ދުވަހަކު މަންފާކޮށްފާނެހެއްޔެވެ؟ ތިމާގައިގައި ނެތް އެއްޗެއް ހުރިކަމަށް ހަދައިގެން އުޅެވޭނީ ކިހާދުވަހަކު ބާވައެވެ؟ ހަލާލު ގޮތުގައި ހޯދާ ފައިސާއިން ދިރިއުޅުމުގެ ތަފާތު ބޭނުންތައް ފުދޭއިރު، ހަރާންގޮތުގައި ހޯދާ ފައިސާ އެއްވެސް އެއްޗަކަށް ނުވެ، މާބޮޑު މަންފާއެއް ނުކޮށް އަތަށް އަރާހާ އަވަހަށް ފައިބައިގެންގޮސް ހުސްވާކަމީ ދުނިޔެދަންނަ ހަޤީޤަތެކެވެ. އަމިއްލަޔަށް މޮޅުގޮތް ހޯދުމަށް އެހެންމީހުންގެ އަލިކަން ފަނޑުކޮށްލާ މީހާގެ ހާލަތަކީވެސް މިއެވެ. އެފަދަ މީހުންނަށް ވަގުތީ މަންފާއެއް ލިބިދާނެއެވެ. ނަމަވެސް އެހެން މީހުންގެ އަލިކަން ފަނޑުކޮށްލައި ހޯދާ އަލިކަމަކުން ދިރިއުޅުމަށް އަލިކަން ނުހޯދޭނެއެވެ. މިފަދަ އަމަލުތައް ކުރާ މީހުންނަށް ލިބޭ ހަޤީޤީ އެއްޗަކީ މީހުންގެ ނަފްރަތާއި ބަދު ދުޢާއެވެ.

އަނިޔާ ލިބި ހިތުގައި ޖެހިފައިވާ ނިކަމެތި މީހާގެ ދުޢާގައި ވަރަށް ބޮޑު ބާރެއް އެކުލެވިފައި ވެއެވެ. އެދުޢާއިން ތިބާގެ ދިރިއުޅުން ފަޅިސިކުންތެއްގެ ތެރޭގައި ފަނާވެ ވިއްސި ވިހާލިވެގެން ހިގައިދާނެއެވެ. ތިބާ ބޮޑާވެ ފަޚުރުވެރި ވާއިރު، އެބާރު ދެއްވި ފަރާތުން އެކަން ބަދަލުކޮށް، ނިކަމެތި ހާލަތަށް ރުޖޫޢަކޮށްލުމުގެ ބާރު ހެއްދެވި ފަރާތަށް ލިބިގެންވެއެވެ.

އަމިއްލައަށް މޮޅު ހޯދަން ތިބާގެ އަޚާގެ އަލިކަން ފަނޑުކޮށްލުމުގެ ބަދަލުގައި، ތިބާގެ އަލިން އަޚާގެ ދިރިއުޅުން އުޖާލާކޮށްދޭ ފަރާތެއްކަމުގައި އަމިއްލަޔަށް ވޭތޯ ގަދައަޅައި މަސައްކަތް ކުރުމަށް އެންމެހާ އަޚުންނާއި އުޚުތުންނަށް ބުނެލަމެވެ. ތިބާ މިދުނިޔެއަށް އައީވެސް ހުސްއަތާއެވެ. ދުނިޔެ ނިމިގެން ދިޔުން އޮތީވެސް ހުސްއަތާއެކުގައެވެ. ކޮށްފައިވާ ހެޔޮ ޢަމަލަކާއި، މީހުންގެ ހެޔުދުޢާ ނޫން އެހެން އެއްޗެއްގެ ފައިދާ އެއް މަހުޝަރުން ނުކުރާނެއެވެ.

އަޚުންނާއި އުޚުތުންގެ ރުހުން ހޯދައި، ތިބާގެ ހެޔޮ ޢަމަލާއި، އޯގާތެރިކަމުން، އެހެންމީހުންގެ ރުހުމާއި ހެޔޮދުޢާ ލިބޭ ފަރާތަކަށް ވުމަށް ގަދައަޅައި މަސައްކަތް ކުރާށެވެ. އެހެން މީހުންގެ ލޯތްބާއި އިޙްތިރާމް އެދޭމީހާ، އެމީހާގެ އަމަލުން އެކަން ދައްކައިގެން ނޫނީ، ލޯތްބާއި އިޙްތިރާމް ހާޞިލް ނުކުރެވޭނެއެވެ. ރުޅިވެރިކަމާއި، ނަފްރަތަކީ، ހިތްހެޔޮކަމާއި ، ލޯބީގެ އިދިކޮޅު ކަމުގައި ވުމުން، ހިތްހެޔޮކަމާއި ލޯބި އެދޭމީހާ، ރުޅިވެރިކަމާއި، ނަފްރަތު އިސްނުކުރާށެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!