ސަރުކާރުން ބޯހިޔާވަހިކަން ދީފައިވާ ފަރާތްތައް އަމިއްލަ ދިރިއުޅުމަށް ބޯހިޔާވަހިކަން ބޭނުންނުކޮށް ވިޔާފާރީގެ އުސޫލުން ބޯހިޔާވަހިކަން ބޭނުން ކުރުމަކީ ކަންބޮޑުވާކަމެއް ކަމަށް ވަޒީރު އަލީ ހައިދަރު އަހުމަދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 26 ވަނަ ޖަލްސާގައި ބޯހިޔާވަހިކަމާގުޅޭ ގޮތުން މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެނެވެ.
އެގޮތުން ވެލިދޫ ދާއިރާގެ މެމެމްބަރު މުހައްމަދު އައްބާސް މިނިސްޓަރާއި ކުރެއްވި ސުވާލުގައި ވިދާޅުވީ ސޯޝަލް ހައުސިންގެ ދަށުން އޮޅުވާލައިގެން ފްލެޓް ހޯދާފައިތިބިމީހުން ބޮޑު އަގުގައި ކުށްޔަށްދީ އެތަންތަނުގައި ދިރިނޫޅޭ ކަމަށާއި، ވިޔަފާރި އުސޫލުން ބޯހިޔާވަހިން ބޭނުން ކުރަމުންދާކަން ފާހަގަވާއިރު، އެކަންކަމަށް މިނިސްޓްރީން އަޅުއްވަނީ ކޮން ފިޔަވަޅެއްތޯ ކަމަށެވެ.
ވަޒީރު ވިދާޅުވީ ވިޔަފާރިގެ އުސޫލުން ބޯހިޔާވަހިކަން ބޭނުން ކުރުމަކީ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް ކަމަށާއި، ސަރުކާރުން ވެސް ކަންބޮޑުވާ ކަމެއް ކަމަށެވެ.
” ބޯހިޔާ ވަހިކަމަށް ބޭނުން ނުކޮށް ވިޔަފާރީގެ ގޮތުން ބޭނުން ކުރުމަކީ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް.” ވަޒީރު
ވަޒީރު ވިދާޅުވީ މި މައްސަލަދަނީ ބަލަމުން ކަމަށާއި، ހައްލުތަކެއް ލިބިގެންދާނެ ކަމަށެވެ.

