ޚަބަރު
ތިނަދޫ އިން ވިއްކަން ހުރި ގޮދަން ފުށުގެ ވައްތަރެއް ބޭނުން ނުކުރުމަށް އަންގައިފި

ތިނަދޫގައި ގުދަންކޮށް ވިއްކަމުން އަންނަ ގޮދަން ފުށުގެ ބާވަތެއް ބޭނުންކުރުން މަނާކޮށް ނުވިއްކުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އަންގައިފިއެވެ.

މިގޮތުން ވިއްކުން މަނާކުރެވުނު ގޮދަންފުށުގެ ވައްތަރަކީ “ޕްރީމަ ސިލޯން”ބްރޭންޑްގެ ގޮދަން ފުށެވެ. މި ބްރޭންޑްގެ ފުށުގައި ގިނަ އަދަދަކަށް އުކުނާއި، ފަނި ހުރިކަން ކަށަވަރުވެފައިވާކަމަށް (އެމްއެފްޑީއޭ)އިން ވަނީ ވިދާޅުވެފައެވެ. މިފަދަ ފިޔަވަޅެއް އެމްއެފްޑީއޭ އިން އަޅަންޖެހިފައިވަނީ، ގޮތް ނޭގޭ ހާލަތެއްގައި ކުރި ކާޑުގެ ބާވަތެއް ބޭނުންކޮށްގެން ރައްޔިތުންނަށް ލިބިދާނެ ސިއްޙީ ނުރައްކަލަކުން ސަލާމަތް ވުމަށެވެ.

އެމްއެފްޑީއޭ އިން ވިދާޅުވީ، އުކުނާއި ފަނި ހުރީ އެ ބްރޭންޑްގެ ބެޗް ނަމްބަރު MD2021003 ގައެވެ.

އެމްއެފްޑީއޭ އިން ވަނީ މި ބްރޭންޑްގެ އެ ބެޗްގެ ފުށް ނުވިއްކުމަށާއި، ބޭނުން ނުކުރުމަށް އަންގައިފައެވެ. އެ އޮތޯރިޓީން ވިދާޅުވީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ އޮތޯރިޓީން އެހެން ބެޗްތަކުގެ ސާމްޕަލް ނަގައި ޓެސްޓު ކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!