ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އިންޓަވިއުއެއް މިއަދު ހަވީރު ސޯޝަލް މީޑިއާ ނުފޫޒު ގަދަ ޕްލެޓްފޯމް އެކްސްގައި އީލޮން މަސްކް ކުރިއަށް ގެންދިއުމަށް ހަމަޖެހިއްޖެއެވެ.
މިއީ ރިޔާސީ އިންތިޚާބުގެ ފަހު ހަފްތާތަކުގައި އެންމެ ފާހަގަކޮށްލެވޭ އެއް ހަރަކާތެވެ. އަދި މި ދެ ފަރާތުގެ ދެމެދުގައި އޮތް އާދަޔާ ޚިލާފު ގުޅުމުގެ އެންމެ ފަހު ހަފްތާގައި މުޅިދުނިޔެއަށް ދައްކުވައިދޭ ކަމެކެވެ.
“މިއީ ކުރިން ތައްޔާރުކޮށްފައިވާ ސްކްރިޕްޓެއް ނެތި، އަދި މަޢުޟޫއަކަށް، ޓްރަމްޕަށް ބޭނުން ވާހަކައެއް ދެއްކޭނެ ގޮތަށް ފަރުމާ ކޮށްފައިވާ އިންޓަވިއުއެކެވެ.
ޓެސްލާ އަދި ސްޕޭސްއެކްސްގެ ބިލިއަނަރު ސީއީއޯ އީލޮން މަސްކް، އިއްޔެ އެކްސްގައި ކުރެއްވި ޕޯސްޓޭއްގައޮ ބުނެފައިވަނީ ، މިއީ ވަރަށް ޝައުޤުވެރިކަން ހުރި އިންޓަވިއުއަކަށް ވާނެ ކަމަށާއި، އަދި މުޅިދުނިޔޭގެ އެންމެ ގިނަ މީހުން ބަލާނެ އިންޓަވިއުކަމަށް ވާނެ ކަމަށެވެ. މި ހަރަކާތް ރޭވިފައިވަނީ މިއަދު (އީސްޓަން ޓައިމްގެ ރޭގަނޑު 8 ޖަހާއިރު) ރާއްޖެ ގަޑިން 17:00 ގައެވެ.
އިންޓަވިއުގެ ކުރިން، ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އޭނާގެ އަމިއްލަ އެކްސްގައި އިޝްތިހާރުކޮށްފައެވެ.
މިއީ މިދިޔަ އަހަރު އޯގަސްޓްމަހުން ފެށިގެން ޓްރަމްޕް އެކްސްގައި ކުރެއްވި ފުރަތަމަ ޕޯސްޓެވެ.
ޓްރަމްޕް އަކީ ޓްރުތް ސޯޝަލް ޕްލެޓްފޯމް އުފެއްދެވުމުގައި އިސް ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. އަދި 2021 ވަނަ އަހަރުގެ ޖެނުއަރީ 6 ގައި ހިނގި ކެޕިޓޯލް އިންސަރެކްޝަނަށްފަހު ޓްވިޓަރ އަދި ފޭސްބުކުން ސަސްޕެންޑްކުރެއްވުމާ ގުޅިގެން، އެއީ އޭނާގެ މައިގަނޑު ސޯޝަލް މީޑިއާ ޕްލެޓްފޯމްގެ ގޮތުގައި ހަމަޖެއްސެވިއެވެ.
އައު ކުންފުންޏާއެކު ވެވަޑައިގެންފައިވާ އެއްބަސްވުމުގެ ބައެއްގެ ގޮތުން، ޓްރަމްޕް އެއްބަސްވެވަޑައިގެންފައިވަނީ ޓްރުތް ސޯޝަލްގައި ޝާއިޢުނުކުރައްވާ ކޮންޓެންޓް އެކްސްގައި ޝާއިޢުނުކުރެއްވުމަށެވެ. ޓްރަމްޕަށް އަބަދުވެސް އޭނާގެ އަމިއްލަ އެކްސް އަދި ފޭސްބުކް އެކައުންޓްތަކުން ސިޔާސީ ނުވަތަ ކެމްޕެއިނާ ގުޅުންހުރި ޕޯސްޓްތަކަށް ބޭނުންކުރެއްވުމުގެ ފުރުޞަތު ލިބިވަޑައިގަންނަވައެވެ.
ހޯމަ ދުވަހު ޓްރަމްޕް އަލުން އެކްސް (ކުރީގެ ޓްވިޓަރ) އަށް އެނބުރި އައުމާއެކު، އެ ޕްލެޓްފޯމް ވިއުގައިގައި އަލުން ޕޯސްޓްކުރުމުގެ ފުރުސަތު އޭނާއަށް ލިބިގެން ދިޔައެވެ. މި ޕްލެޓްފޯމަކީ ޓްރަމްޕްގެ ސިޔާސީ މަސްރަޙުގައި އިސް ދައުރެއް އަދާކޮށްފައިވާ ވަސީލަތެކެވެ. މިހާރު މި ޕްލެޓްފޯމްގެ ވެރިފަރާތަކީ ޓްރަމްޕްއާ ގާތް ގުޅުމެއް އޮންނަ އީލޮން މަސްކް ކަމުގައިވުމުން، މިކަމުގެ މުހިންމުކަން އިތުރުވެގެންދެއެވެ.
ޓްރަމްޕް މީޑިއާގެ ހިއްސާތަކުގެ އަގު ހޯމަ ދުވަހުގެ މާކެޓް ނިމުނުއިރު 5% އަށް ދަށްވެފައިވެއެވެ. މިއީ އީލޮން މަސްކާއެކު ބޭއްވުމަށް ހަމަޖެހިފައިވާ ޚާއްޞަ ސުވާލު-ޖަވާބު ސެޝަނުގެ ކުރިއެވެ.
މަސްކް ވަނީ އޭނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް “އެކްސް” ގައި ޕޯސްޓެއް ކުރައްވާފައެވެ. އެ ޕޯސްޓުގައި ވިދާޅުވެފައިވަނީ، ކުރީގެ ރައީސް ޓްރަމްޕާއެކު ބޭއްވުމަށް ހަމަޖެހިފައިވާ އިވެންޓުގެ ކުރިން، “އެކްސް” ޕްލެޓްފޯމުގެ ލައިވް ސްޓްރީމިންގ ޤާބިލުކަން ވަޒަންކުރުމަށްޓަކައި “ސިސްޓަމް ސްކޭލިންގ ޓެސްޓުތަކެއް” ކުރިއަށް ގެންދަވާނެ ކަމަށެވެ.
މި ޓެސްޓުތަކުގެ މައިގަނޑު މަޤްޞަދަކީ، 2023 ވަނަ އަހަރުގެ މެއި މަހު ފްލޮރިޑާ ގަވަރނަރު ރޮން ޑިސެންޓިސްގެ ރިޔާސީ ކެމްޕޭން ލައިވްކޮށް ފެށުމުގައި ދިމާވި ނާކާމިޔާބު ހާދިސާ ތަކުރާރުވިޔަ ނުދިނުމެވެ. އޭރު ސޯޝަލް މީޑިއާގައި ބޭއްވުނު އެ ވެބްކާސްޓުގައި ދިމާވި ޓެކްނިކަލް މައްސަލަތަކުގެ ސަބަބުން، ގިނަ ބަޔަކު ބޮޑު އުއްމީދާއެކު އިންތިޒާރުކުރަމުންދިޔަ އެ ޚާއްޞަ އިވެންޓު ވަނީ ނާކާމިޔާބުވެފައެވެ.