ޚަބަރު
ރައީސް ޑރ މުއިއްޒުގެ އަރިހަށް، ސްރީލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް އިހްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

ސްރީލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް އޮނަރަބަލް މަހިންދަ ޔަޕާ އަބޭވަރްދަނާ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް އިހްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

ސްރީލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސަށް މަރުހަބާ ވިދާޅުވެ ރައީސް ވަނީ ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ރަހުމަތްތެރި ގުޅުން ފާހަގަ ކުރައްވައި، ސްރީލަންކާގެ ރިޔާސީ އިންތިހާބު ސުލްހަވެރިކަމާއެކު ކުރިޔަށް ދިއުމަށް އެދިވަޑައިގެންފައެވެ. ރައީސް ޑރ މުއިއްޒު ވިދާޅުވީ ރިޔާސީ އިންތިހާބު ސުލްހަވެރިކަމާއެކު ކުރިއަށް ދިއުމަކީ ސްރީލަންކާގެ ތަރައްގީ އާއި ފާގަތިކަމަށް ވެސް ބާރު އެޅިގެންދާނެ ކަމެއް ކަމަށެވެ.

ރާއްޖެއާ ސްރީލަންކާއާ ދެމެދު ސިޔާސީ ގުޅުން ގާއިމު ކުރެވުނީ 1965 ވަނަ އަހަރުގެ ޖުލައި 26 ގައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!