ޚަބަރު
ކުރިޔަށް އޮތް ތިންމަސްެތެރޭގައި ޑިޖިޓަލް ބޭންކިންގެ ލައިސަންސް ލިބޭނެ: އެސް.ޓީ.އޯ

ކުރިޔަށް އޮތް ތިން މަސްތެރޭގައި ޑިޖިޓަލް ބޭންކިންގެ ޚިދުމަތް ފެށުމަށް ލައިސަންސް ލިބޭނެކަމަށް އެސް.ޓީ.އޯއިން ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައި އެސް.ޓީ.އޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވީ ޑިޖިޓތަލް ބޭންކިންގެ ލައިސަންސް ހޯދަން އެދި އެމްއެމްއޭއަށް މިއަދު ހުށަހަޅާފައިވާ ކަމަށާއި ކުރިޔަށް އޮތް ތިންމަސްތެރޭ ލައިސަންސް ލިބޭނެ ކަމަށް އެމްއެމްއޭއިން ވަނީ އަންގާފައި ކަމަށެވެ.

އެހެންކަމުން ލައިސަންސް ލިބުމަށްފަހު ޑިޖިޓަލް ބޭންކިންގެ ޚިދުމަތްދިނުމަށް ހާއްސަ ސަބްސިޑަރީ ކުންފުންޏެއް ރަޖިސްޓްރީ ކުރާނެކަމަށް އެމް.ޑީ ވަނީ ވިދާޅުވެފައެވެ.

އަމްރު ވިދާޅުވިގޮތުގައި ޑިޖިޓަލް ބޭންކިންގެ ޚިދުމަތް ތައާރަފް ކުރުމަށް ނިންމީ އެސް.ޓީ.އޯއިން ރައްޔިތުންނަށް ދެމުން އަންނަ ޚިދުމަތްތައް އިތުރަށް ފުޅާކޮށް ކުރިއެރުވުމަށްޓަކައެވެ. މިމަސައްކަތަށް ބޭނުންވާ މާކެޓް ރިސާޗްތައް މިހާރު ހަދާފައިވާ ކަމަށާއި މިކަމަށް ރާއްޖެއިން ބޭރުގެ ތަޖުރިބާކާރުންވެސް ބޭނުންވާނެކަމަށް އަމްރުވަނީ ވިދާޅުވެފައެވެ.

ޑިޖިޓަލް ބޭންކިންގ ޚިދުމަތް ބޭނުންކޮށްގެން އަމިއްލައަށް އެކައުންޓް ހަދާލެވޭއިރު 60 ސިކުންތުގެ ތެރޭގައި ލޯނުތަކަށް އެދި ހުށަހެޅެއެވެ. މީގެއިތުރުން ބޭންކުން ފޯރުކޮށްދޭ ހުރިހާ ޚިދުމަތެއް ގޭގައި ތިބެގެން ހޯދިދާނެއެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!