ފެންޑާ
ދިލްކޯ ތުމްސޭ ޕިޔާރު ހުވާ: ޗިރާގްގެ ހިތް ދިޕިކާއަށް އެދެނީބާ؟ މިއީ ލަވަންޔާ އާއި ޖާންވީއަށް ކެތްވާނެ ކަމެއްބާ!

ސްޓަރޕްލަސް އިން އެންމެ ފަހުން ދައްކަން ފެށި ޑްރާމާ “ދިލްކޯ ތުމްސޭ ޕިޔާރު ހުވާ،” ހަގީގަތުގައި ވެސް ބެލުންތެރިންގެ ހިތުގައި ޑްރާމާއަށް ލޯބި ޖައްސައި އެދިމާއަށް ހިތް ލަންބުވާލައިފިއެވެ. ނިމުނު ޖުލައިމަހުގެ 15 އިގަ ސްޓަރޕްލަސް އިން ދައްކަން ފެށި ޑްރާމާ “ދިލްކޯޯ ތުމްސޭ ޕިޔާރު ހުވާ،” މިވަނީ މަހެއްހައި ދުވަސް ވީއިރު ބެލުންތެރިންގެ ސަމާލުކަން އެންމެ ފުރިހަމައަަކަށް ދަމައިގެންފައެވެ.

ކަޅާއި ދޮނުގެ ފަރަގު ކުރާ މި ޑްރާމާގައި ދައްކުވައިދެނީ މުއްސަނދި ވިޔަފާރިވެރިޔާ އަދި ރީތީގެ ރާނީ މިސިޒް ލަވަންޔާ މިއްތަލްގެ ދެ ފިރިހެން ދަރިންނާއި ރާޖިސްތާނުގެ މެދުފަންތީގެ އާއިލާއެއްގެ ދެ އަންހެންކުދިންގެ މެދުގައި އުފެދޭ ލޯބީގެ އިހުސާސްތަކާއި ބޮޑާކަމާއި ކިބުރުވެރިކަމުގެ ހައްދެއްނެތް ލަވަންޔާ ކަޅުނަސްލު ދެކެ އިންތިހާއަށް ކުރާ ނަފްރަތެވެ. އަދި މި ނަފުރަތުގެ ކުރިމަތީގައި އެއްފަހަރު އޭނާގެ އަންހެންދަރިފުޅުގެ ފަރާތުން ލިބުނު މާމަދަރިފުޅު ކަޅުނަސްލުގެ ކުއްޖަކަށް ވުމުގެ ސަބަބުން އެދެމެދުގައި ފޫނޭޅުވޭވަރުގެ ފާރެއް ބިނާވެގެންދާ ތަން ފެނިގެންދެއެވެ. ލަވަންޔާގެ ދެވަނަ ފިރިހެންދަރިފުޅު ޕްރިތުވީއަށްޓަކައި މިސިޒްރާޖިސްތާނަށް ހޮވުނު ނަލަނަލަ ޖާންވީ އަގަރްވާލް ހޮވާއިރު ޕްރިތުވީއަށްވެސް ޖާންވީދެކެ ލޯބިވެވިގެން އުޅޭކަން ހާމަވެ ދެއާއިލާ ދެމެދު ކައިވެނީގެ ވާހަކަ ދެކެވި ކަންތައްތައް ހަމަޖެހިގެންދެއެވެ، އެހެންނަމަވެސް ޖާންވީގެ ނަޒަރު ގޮސް ހުއްޓެނީ ލަވަންޔާގެ ޒުވާން ފިރިހެން ދަރިފުޅު ޑޮކްޓަރ ޗިރާގް އަށެވެ. އަދި ޗިރާގްގެ މިޒާޖާއި އޭނާގެ ހިޔާލާއި ފިކުރު، އިންސާނިއްޔަތުކަމާއި މިހުރިހާ ކަމެއް ގޮސް ގުޅެނީ ޖާންވީގެ މަންމަގެ ދޮންދަރިފުޅު އަދި ޖާންވީގެ ދޮން-ދައްތަ، މުޅި ޑްރާމާގެ ހަގީގީ ތަރި ދިޕިކާ އަގަރްވާލްއާއެވެ.

ދިޕިކާއާއި ލަވަންޔާގެ ދެމެދުގައި ލެވިފައިވާ ބޯ ފާރަކީ ލަވަންޔާގެ ބޮޑާކަމާއި ކިބުރުވެރިކަމުގެ ކުރިމަތީގައި އެތައް ބައެއްގެ ހާޒިރުގައި ދިޕިކާ ދީފައިވާ ރައްދު ޖަވާބާއި ދިޕިކާގެ ގައިގެ ގަދައޮޅަލިކުލައިގެ ސަބަބުން ލެވިފައިވާ ނަފްރަތާއި ފޫހީގެ ކެތްނުވާވަރުގެ ހޫނު އަލިފާނުގެ ފާރެކެވެ. ދިޕިކާގެ ދޮންމަންމައާއި ދޮންމާމަގެ ރޭވުންތެރިކަމާއެކު ދިޕިކާ ނުލަފާ ޝައިތާނަަކަށް ހަދިޔާކުރުމަށް ރޭވި ރޭވުން ޗިރާގް ފެނަށް ހަދާލައެވެ. ޖާންވީގެ ޖެހިލުންކުޑަ ހަރަކާތްތައް ދެކެ ނިހާޔަތަށް ނަފްރަތު ކުރުމާއެކުވެސް މަސްލަހަތަށްޓަކައި ހިމޭނުން ހުރި ޗިރާގްއަށް ދިޕިކާދެކެ ލޯބި ވެވުނުއިރެއްވެސް ނޭނގެއެވެ. އަދި ކަނޑައެޅިގެން މަންމައަށް ދިޕިކާއަކީ ދުނިޔޭގައި ހުރި އެންމެ ސިފަހުތުރު އެންމެ ދަށް ނިކަމެތި މީހާ ކަމަށްވާއިރުވެސް ޗިރާގް ގެ ލޯބި ދިޕިކާއާ ދިމާއަށް ދަމާފައި ގެންދެއެވެ.

ދިލްކޯ ތުމްސޭ ޕިޔާރު ހުވާ ގެ އެންމެ އެޕިސޯޑެެއް ބަލާލައިފި ނަމަ ޑްރާމާގައި ދެންވާނީ ކިހިނެއްތޯ ބަލާހިތްވާނެ ކަން ޔަގީނެވެ. ދިޕިކާއާއި ޗިރާގް ގެ ލޯބިން ލަވަންޔާއަށް ވާނީ ކިހިނެއްބާވައެވެ؟ ޖާންވީގެ ސީދާ ދިމާލަށް އައިސް ޗިރާގަށް ގޯނާކުރުމާއި އެކަހެރިވުމަށް ދޭ ދައުވަތުގެ ނިމުން އޮތީ ކޮން ގޮތަކަށް ބާވައެވެ. ޕްރިތުވީ އާއި ޖާންވީގެ ކައިވެނި ކުރެވޭނެބާވައެވެ. ދިޕިކާގެ ނަަސީބުގެ ތަރި ފިޔަޖަހާނީ ކޮން އުދަރެހެއްގައިބާވައެވެ. ލަވަންޔާގެ ބިރުވެރި ކަޅު މާޒީއިން ދިޕިކާގެ އެހީތެރިކަމާއެކު ނުކުމެވިދާނެ ބާވައެވެ.

މިހުރިހާ ސުވާލެއްގެ ޖަވާބު ހޯދުމަށް “ދިލްކޯ ތުމްސޭ ޕިޔާރު ހުވާ،” އަށް އިންތިޒާރު ކޮށްލައްވާށެވެ!

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!