ދިވެހިރާއްޖެއިން ޕާކިސްތާނަށް ކަނޑައެޅުއްވި އާ ސަފީރު ޑރ. މުޙަންމަދު ތޯހާ، އަށް ޕާކިސްތާނުގެ ރައީސް އާސިފް ޢަލީ ޒަރްދާރީއަށް ސަފީރުކަމުގެ ފަތްކޮޅު އަރުއްވައިފިއެވެ.
ދިވެހިރާއްޖެއިން ޕާކިސްތާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. މުޙައްމަދު ތޯހާ، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ޕާކިސްތާނުގެ ރައީސް އާސިފް ޢަލީ ޒަރްދާރީއަށް އެރުއްވީ އިއްޔެ މެންދުރުފަހު އިސްލާމްއާބާދުގެ އައިވާން-އޭ-ސަދްރު (ޕްރެޒިޑެންސީ) ގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ
އެ ރަސްމިއްޔާތަށްފަހު ބޭއްވެވި މ ބައްދަލުކުރެއްވުމުގައި ސަފީރު މުޙައްމަދު ތޯހާ ވަނީ ޕާކިސްތާނުގެ ރައީސާއި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙަންމަދު މުޢިއްޒާއި ދިވެހި ރައްޔިތުންގެ ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުއްވާފައެވެ.
އެބައްދަލުކުރެއްވުމުގައި ސަފީރު މުޙަންމަދު ތޯހާ ދެއްކެވި ވާހަކަފުޅުގައި، ދެޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.
ރައީސް އާސިފް ޢަލީ ޒަރްދާރީ ދެއްކެވި ވާހަކަފުޅުގައި، ޕާކިސްތާނުގެ ސަފީރުކަމުގެ މަޤާމަށް ޢައްޔަންކުރެއްވުމާ ގުޅިގެން، ސަފީރަށް މަރުޙަބާ ވިދާޅުވެ، ޕާކިސްތާނުގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުކަމުގެ ހައިސިއްޔަތުން ހައިކޮމިޝަނަރުގެ މަސްއޫލިއްޔަތުތަކާއި މަސްއޫލިއްޔަތުތައް އަދާކުރެއްވުމުގައި އެމަނިކުފާނުގެ ސަރުކާރުން ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.
ސަފީރުގެ އަރިހުގައި ސެކަންޑް ސެކްރެޓަރީން ކަމަށްވާ އަލްފާޟިލާ ޢާއިޝަތު ޔަސްމީނާއި، އަލްފާޟިލް އިސްމާޢީލް މުފީދާއި، ޕާކިސްތާނަށް ކަނޑައަޅުއްވާފައި ހުންނަވާ ޑިފެންސް އެޑްވައިޒަރ، ޕާކިސްތާނުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ ކާނަލް އިދްރީސް ބަދީޢު ބައިވެރިވެވަޑައިގެންނެވިއެވެ.