މިއަދުވެސް މޫސުން ގޯސްވާނެ ކަމަށް ބުނެ ރާއްޖޭގެ އެކި ހިސާބުތަކަށް ރީދޫ ސަމާލު، މޫސުމާއި ބެހޭ ގައުމީ އިދާރާ މެޓް އޮފީހުން ނެރެފިއެވެ.
މެޓުން ބުނީ މެދުރާއްޖޭގެ އޮތޮޅުތަކަށް ބޯކޮށް ވާރޭވެހި ގަޑިއަކު 25 މޭލާއި، 30 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި މީގެ އިތުރުން އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 25 މޭލާއި 30 މޭލާއި ދެމެދު ބާރުމިނުގައި ވައިޖެހި ގަޑިއަކު 50 މޭލަށް ވައިގަދަވާނެ ކަމަށެވެ.

ހުޅަނގު މޫސުމުގެ ވިއްސާރާގައި ރާއްޖޭގެ ގިނަ ރަށްތަކުގައި ފެންބޮޑުވެ ގެތަކަށް ވަނީ އެކިވަރުގެ ގެއްލުންވެފަ ވެހުނު ވާރޭގަ މާލެ ފެން ބޮޑުވެފަ
މެޓުން ލ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ނެރެފައިވަނީ ހުދު ސަމާލެވެ. ނަމަވެސް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށާއި، ގަޑިއަކު 19 މޭލާއި، 24 މޭލާއި ދެމެދު ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި 40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް ބުނެފައި ވެއެވެ.
މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރާގައި ރާއްޖޭގެ ގިނަ ރަށްތަކުގައި ފެންބޮޑުވެ ގެތަކަށް ވަނީ އެކިވަރުގެ ގެއްލުން ލިބިފައެވެ.

