ޖަލުތަކަކީ ޑިޒައިން ކުރެވި ފަރުމާކުރެވިގެން ތައްޔާރުކުރެވުފައިވާ ތަނެއްނޫން ކަމަށާއި، ޖަލު ބެލެހެއްޓުމުގައި ބޮޑެތި ގޮންޖެހުންތަކާ ކޮންމެ ދުވަހަކު ވެސް ކުރިމަތިލާންޖެހޭ ކަމަށް މޯލްޑިވްސް ކަރެކްޝަންސް ސާވިސްގެ ކޮމިޝަނާރ އޮފް ޕްރިޒަންސް (ސީޕީ) ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
ސީޕީ މިހެން ވިދާޅުވީ މޯލްޑިވްސް ކަރެކްޝަންސް ސާވިސްއަށް 53 އަހަރު ފުރުމާއި ގުޅިގެން ދެއްވި ހާއްސަ ވީޑިއޯ މެސެޖެއްގައެވެ. އެގޮތުން ސީޕީ ފާހަގަކުރެއްވީ ކަރެކްޝަންސް ސާވިސްއަށް 53 އަހަރު ފުރުނުއިރުވެސް ޖަލުތަކަކީ ޑިޒައިން ކުރެވިފައިވާ ތަނެއްނޫން ކަމަށެވެ. އެހެންކަމުން ބޮޑެތި ގޮންޖެހުންތައް ކޮންމެ ދުވަހަކުވެސް ކުރިމަތިލާން ޖެހޭ ކަމަށެވެ.
“ޖަލުތަކަކީ ޑިޒައިން ކުރެވިގެން ހެދިފައިވާ ތަނެއްނޫންވީމަ ކޮންމެ ދުވަހަކުވެސް މަސައްކަތް ކުރަންޖެހެނީ ގޮންޖެހުންތަކާއެކު.” ހަސަން ޒަރީރު
ސީޕީ ވިދާޅުވީ އެއްވެސް ތަނެއް އެތަނެއް އެތަނެއްގެ މުވައްޒަފުންގެ އެއްބާރުލުމާއެކުނޫނީ ކުރިނާރާނެ ކަމަށާއި މިހާރު ލިބިފައިވާ ކާމިޔާބުތަކަކީ ވެސް މުހިންމު ކާމިޔާބުތަކެއް ކަމަށެވެ.