ދީން
ހަފުތާގެ ހަތްދުވަހުގެ ތެރެއިން ހާއްސަވެގެންވާ، މާތްވެގެންވާ ހުކުރު ދުވަސް!

ހަފުތާގެ ތެރެއިން އަންނަ ހުކުރުދުވަހަކީ މުސްލިމު، މުއުމިނުންނަށް ހާއްސަ ދުވަހެއްކަން ޔަގީނެވެ. އެތައްކަމަކުން ހާއްސަވެގެންވާއިރުވެސް އާންމުގޮތެއްގައި އަޑު އިވޭނީ ހަމައެކަނި ހުކުރުދުވަހަކީ މުސްލިމުންގެ އީދޭ، ހުކުރުދުވަހަކީ މާތް ދުވަހެކޭ، މިފަދަ ބަސްތަކެކެވެ. ހުކުރު ދުވަސް މާތްވެގެންވާ އެތައް ގިނަ ސަބަބުތަކެއް ވެއެވެ. އޭގެ ތެރެއިން ބައެއް ސަބަބުތައް ހިމަނާލަން ކަމަށް ގަސްދުކޮށް ބިސްމީގެ ބަރަކތުން ފަށަމެެވެ.

ހުކުރު ދުވަހަށް الجُمُعةގެ (އަލްޖުމުޢަ) ނަމުން ނަންދެވުނު ގޮތް

ޢިލްމުވެރިން އެދުވަހަށް ނަން ދެވިފައިވާ ގޮތުގެ ގިނަ ސަބަބުތަކެއް ގެނެސްދެއްވާފައި ވެއެވެ.

  • ހުރިހާ ޚަލްޤުތަކުން އެއްތަނަކަށް އެއްކުރެވޭ ދުވަހަކީ އެދުވަސްކަމަށްވާތީ އެދުވަހަށް الجُمُعة އެވެ ކިޔުނީއެވެ.
  • سعد بن زرارة – رضي الله عنه  ހުރިހާ އަންޞާރުންނާއެކު އެދުވަހު ބައްދަލުކުރައްވާތީ އެދުވަހަށް الجُمُعة އެވެ ކިޔުނީއެވެ.
  • ޖާހިލިއްޔަ ދުވަސްވަރު كعب بن لؤي އެކަލޭގެފާނުގެ ޤައުމުގެ މީހުން އެދުވަހު އެއްކުރައްވައެވެ. އަދި ޙަރަމުގެ މާތްކަން ބަޔާން ކުރައްވައެވެ. އެހެންވެ އެދުވަހަށް الجُمُعة އެވެ ކިޔުނީއެވެ.
  • ﷲ ހުރިހާ ޚަލްޤެއް ފުރިހަމަކުރައްވައި ނިމުނު ދުވަހަކީ އެދުވަސްކަމަށްވާތީ އެދުވަހަށް الجُمُعة އެވެ ކިޔުނީއެވެ.
  •  ހުކުރު ދުވަހަކީ ﷲ އާދަމުގެފާނު ޚަލްޤު ކުރައްވައި ފުރިހަމަ ކުރެއްވި ދުވަހެވެ. މިއީ އެންމެ ޞައްޙަގޮތެވެ. މިބަސް ޞައްޙަވުމުގެ ދަލީލަކީ أبو هريرة – رضي الله عنه ގެ ފަރާތުން ރިވާވެގެންވާ ޙަދީޘްފުޅެއްގެ މާނައިގައިވެއެވެ. ރަސޫލާޞައްލަﷲއަލައިހިވަސައްލަމަ ހަދީސްކުރެއްވިއެވެ. “އެދުވަހެއްގައި އިރުއެރި އެންމެ ހެޔޮކަންބޮޑު ދުވަހަކީ، ހުކުރު ދުވަހެވެ. އެދުވަހު، އާދަމުގެފާނު ޚަލްޤު  ކުރެއްވުނެވެ. އަދި އެދުވަހު، އެކަލޭގެފާނު ސުވަރުގެއަށް ވެއްދެވުނެވެ. އަދި އެދުވަހު، އެކަލޭގެފާނު ސުވަރުގެއިން ނެރުއްވުނެވެ. އަދި ހުކުރު ދުވަހެއްގައި މެނުވީ ޤިޔާމަތް ނުވާނެއެވެ.”
  • މުސްލިމުންގެ ތެރެއިން ގިނަ ބަޔަކު މިސްކިތަށް އެއްވާތީ އެދުވަހަށް الجُمُعة އެވެ ކިޔުނީއެވެ.
  • ހުކުރު ދުވަހަކީ އިތުރު ގިނަ ކަންތަކެއް އެކުވެފައިވާ ދުވަހަކަށްވާތީ އެދުވަހަށް الجُمُعة ކިޔުނީއެވެ.

ދުނިޔޭގެ އެންމެ ރީތިމިސްކިތްތަކުގެ ތެރެއިން……ފޮޓޯ:ފްލަޔަރ

ހުކުރުދުވަހަށް ޚާއްޞަ ކުރެވިފައިވާ ބައެއް ކަންތައް

1- ހުކުރު ދުވަހު ރަސޫލާ صلى اللهُ عليهِ وَسَلَمَ ގެ މައްޗަށް ގިނައިން ޞަލަވާތް ކިޔަވާށެވެ.

ހުކުރު ދުވަހު އެކަލޭގެފާނުގެ މައްޗަށް ޞަލާވާތް ކިޔެވުމަކީ އިތުރުކަން ބޮޑުވެގެންވާ ކަމެކެވެ. ޢައްލާމާ އިބުނުލްޤައްޔިމު رحمه الله ވިދާޅުވެފައިވެއެވެ. ރަސޫލާ صلَّى الله عليه وسلَّم އަކީ ހުރިހާ މީސްތަކުންގެ ޞާޙިބާއެވެ. ހުކުރު ދުވަހަކީ ދުވަސްތަކު ޞާޙިބާއެވެ. އެދުވަހު އެކަލޭގެފާނުގެ މައްޗަށް ޞަލަވާތް ކިޔެވުމުން އެހެން ދުވަސްތަކުގައި ނުވާ ޙާއްޞަ ދަރުމައާއި ޘަވާބު ވެއެވެ.

އެދުވަސް މާތް ކުރެވުނީ އެހެން ޙިކުމަތަކާވެސް އެކުގައެވެ. އެއީ ދުނިޔެއާއި އާޚިރަތުގައި މިއުއްމަތަށް ލިބުނު އަދި ލިބޭނެ ހުރިހާ ހެޔޮކަމަކާއި ބާއްޖަވެރިކަމެއް ލިބިފައިވަނީ އެކަލޭގެފާނުގެ އަތްޕުޅުންނެވެ. ދުނިޔެއާއި އާޚިރުތުގެ ހުރިހާ ހެޔޮކަމެއް ޖަމާވެފައިވަނީ މި އުއްމަތަށެވެ. ހުކުރު ދުވަހަކީ މަސައްކަތް ކޮށްފި މީހަކަށް ގިނަގުނަ ދަރުމަ ޙާޞިލުވާ ދުވަހެކެވެ. އެހެނީ އެދުވަހު މުއުމިނުން އެމީހުންގެ މަންޒިލަށް، މުރާދަކީ ސުވަރުގެއަށް ﷲ ވައްދަވާ ދުވަހެވެ. (ادْخُلُوا الْجَنَّةَ لَا خَوْفٌ عَلَيْكُمْ وَلَا أَنتُمْ تَحْزَنُونَ) މާނައީ: ސުވަރުގެއަށް ތިޔަބައިމީހުން ވަންނާށެވެ! ތިޔަބައިމީހުންގެ މައްޗަކަށް އެއްވެސް ބިރެއްނެތެވެ. އަދި ހިތާމަކުރާނޭ ބަޔަކު ކަމުގައިވެސް ތިޔަބައިމީހުން ނުވަމުއެވެ. އެމީހުންގެ ގަނޑުވަރުތައް ވަނީ ސުވަރުގޭގައެވެ. ސުވަރުގެއިން އެމީހުންނަށް އިތުރު ނިޢުމަތްތައްވެސް ދެވޭނެއެވެ. (لَهُم مَّا يَشَاءُونَ فِيهَا وَلَدَيْنَا مَزِيدٌ) މާނައީ: އެ ސުވަރުގޭގައި އެއުރެންނަށް އެއުރެން އެދޭހާ ކަމެއްވެއެވެ. އަދި ތިމަންރަސްކަލާނގެ ޙަޟުރަތުގައި އިތުރު ނިޢުމަތްތައްވެސް ވެއެވެ. ހުކުރު ދުވަހަކީ މުއުމިނުންގެ ޢީދު ދުވަހެވެ. އެދުވަހު މުއުމިނުންނަށް އެމީހުންގެ ބޭނުންތައް ފުއްދައި ދެވެއެވެ. ﷲގެ ޙަޟުރަތުން ކަންކަަމަށް އެދޭ މީހަކަށް ނުދެއްވައި އަނބުރާ ފޮނުއްވައި ނުލައްވައެވެ.

ދުނިޔޭގެ ހިތްގައިމު މަންޒަރުތަކުން……ފޮޓޯ:ޕިންޓްރަސްޓް

އާދެ! މިހުރިހާ ކަމެއް އެނގިގެން މިދިޔައީ އެކަލޭގެފާނުގެ އަތްޕުޅުމަތިންނެވެ. އެކަލޭގެފާނަށް ޞަލަވާތް ކިޔަވައި ޝުކުރުކޮށް އެކަލޭގެފާނުގެ ޙައްޤު އަދާ ކުރުމަކީ ހުކުރު ދުވަހުގެ ރޭގަނޑާއި ދުވާލުގެ ވަގުތު ތަކުގައި ގިނައިން ޞަލަވާތް ކިޔެވުމެވެ. ހުކުރު ދުވަހު النبي – صلَّى الله عليه وسلَّم ގެ މައްޗަށް ގިނަގިނައިން ޞަލަވާތް ކިޔެވުމަށް މިޙަދީޘު ކިޔާށެވެ. أَوْس بن أوس – رضي الله عنه އަރިހުން ރިވާވެގެންވެއެވެ. ރަސޫލު ﷲ صلَّى الله عليه وسلَّم ޙަދީޘުކުރެއްވިބަސްފުޅެއްގެ މާނައިގައިވެއެވެ. “ހަމަކަށަވަރުން، ތިޔަބައިމީހުންގެ ދުވަސްތަކުގެތެރެއިން، އެންމެ މާތް ދުވަހަކީ ހުކުރުދުވަހެވެ. ފަހެ، އެދުވަހު، ތިޔަބައިމީހުން ތިމަންކަލޭގެފާނުގެ މައްޗަށް ޞަލަވާތްކިޔެވުން ގިނަކުރާށެވެ. ފަހެ، ހަމަކަށަވަރުން، ތިޔަބައި މީހުންގެ ޞަލަވާތް ތިމަންކަލޭގެފާނުގެ އަރިހަށް ރައްދުކުރެއްވޭހުއްޓެވެ. އަޞްޙާބުން ދެންނެވޫއެވެ. އޭ اللَّهُގެ ރަސޫލާއެވެ! މީސްތަކުންގެ ޞަލަވާތް ކަލޭގެފާނުގެ އަރިހަށް ރައްދުކުރެއްވޭހުށީ ކިހިނަކުންތޯއެވެ؟ ކަލޭގެފާނުގެ ހަށިކޮޅު ވީރާނާވެ، ހަލާކުވެގެން ހިނގައިދާނެ ނޫންތޯއެވެ؟ (ޙަދީޘުގެރާވީ، އަޥްސުގެފާނު) ވިދާޅުވިއެވެ. [އަރަމްތަ] ގެ މާނައަކީ، [ބަލީތަ] އެވެ. (އެބަހީ: ކަލޭގެފާނުގެ ހަށިކޮޅު ވީރާނާވެ، ހަލާކުވެ ހިނގައިދާނެ ނޫންތޯއެވެ؟) ޙަދީޘްކުރެއްވިއެވެ. “ހަމަކަށަވަރުން، އެންމެހައި ނަބީބޭކަލުންގެ ހަށިކޮޅުތައް، ބިމުގެ ފަނިފަކުސަތަކަށް މާތް اللَّهُ ވަނީ ޙަރާމު ކުރައްވައިފައެވެ.”

މިޙަދީޘުފުޅުން ދޭހަވަނީ ހުކުރު ދުވަހަކީ ﷲ މާތްކުރައްވާފައިވާ ދުވަސްތަކުގެ ތެރެއިން ދުވަހެއްކަމެވެ. ﷲ ހުކުރު ދުވަހަށްވުރެ މާތް ދުވަހެއް ވަނީ ލައްވާފައެވެ. އެއީ ޢަރަފާތްދުވަހެވެ. އެއީ އަހަރުތެރޭގައިވާ އެންމެ މާތް ދުވަހެވެ. ހަމަ އެފަދައިން މައްސަރުތަކުގެ ތެރެއިން އެންމެ މާތް މައްސަރަކީ ރަމަޟާން މައްސަރެވެ. ރޭތަކުގެ ތެރެއިން އެންމެ މާތް ރެޔަކީ ލައިލަތުލް ޤަދުރެވެ. ހުކުރު ދުވަހކީ ހަފުތާގެ ތެރެއިން އެންމެ މާތްދުވަހެވެ.

ހަފުތާގެ ތެރެއިން އެންމެ މާތް ދުވަހަކީ ހުކުރު ދުވަހެވެ. އެއީ ކީއްވެތޯއެވެ؟ الإمامُ مالكٌ އެކަލޭގެފާނުގެ مُوَطَّا ގައި ރަސޫލުﷲ صلَّى الله عليه وسلَّم ގެ އަރިހުން ރިވާކުރައްވާފައިވެއެވެ.

މާނަ: ހަމަކަށަވަރުން ހުކުރު ދުވަހަކީ ދުވަސްތަކުގެ އިސް ދުވަހެވެ. އެންމެ މާތް ދުވަހެވެ. އަދި ﷲ ގެ ޙަޟްރަތުގައި އެންމެ މަތިވެރިވެސް ދުވަހެވެ. އަޟްޙާ ޢީދާއި ފިޠްރު ޢީދުގެ ދުވަހަށްވުރެ ﷲގެ ޙަޟުރަތުގައި މަތިވެރި ދުވަހެކެވެ. އެދުވަހުގައި ފަސްކަމެއް ހިމެނިފައިވެއެވެ. އާދަމް ޢަލައިހިއްސަލާމް ހެއްދެވުނީ އެދުވަހުގައެވެ. އަދި އެކަލޭގެފާނު ބިމަށް ތިރި ކުރެވުނީވެސް އެދުވަހުގައެވެ. އެކަލޭގެފާނު އަވަހާރަވީވެސް އެދުވަހުގައެވެ. އަޅާ މާތް ﷲ ގެ ޙަޟްރަތުގައި ޙަރާމް ކަމެއް ފިޔަވާ އެހެން ކޮންމެ ކަމަކަށް އެދި ދަންނެވިނަމަވެސް އެކަމެއް ދެއްވާނެ ވަގުތުކޮޅެއް އެދުވަހުގައިވެއެވެ. ގިޔާމަތްވާނީ  އެދުވަހުގައެވެ. އެދުވަހާއި މެދުގައި ބިރުވެތިނުވާ މަލާއިކަތެއް، އުޑެއް، ބިމެއް، ވައިރޯޅިއެއް، ފަރުބަދައެއް، އަދި ކަނޑެއް ނުވެއެވެ.

2- ހުކުރު ދުވަހު ދުޢާ އިޖާބަ ކުރެވޭ ވަގުތެއް ވެއެވެ.

އެވަގުތު ދުޢާކުރެވިއްޖެނަމަ ﷲ އެ ދުޢާއެއް ޤަބޫލުކުރައްވައެވެ. ޖުމްހޫރު ޢިލްމުވެރިން ވިދާޅުވަނީ އެވަގުތު ވަނީ ހުކުރު ދުވަހުގެ ފަހު ވަގުތު ތަކުގައެވެ. މުރާދަކީ އިރުއޮއްސުމުގެ ގަޑިއެއްހާއިރު ކުރިއެވެ. ބައެއް ޢިލްމުވެރިން ވިދާޅުވެފައިވެއެވެ. އެހިނދުކޮޅަކީ ޢަޞްރުފަހުން އިރުއޮއްސެންދެންނެވެ. އެވަގުތު ގެއްލުވާ ނުލާށެވެ. އެވަގުތު ﷲ ގެ ޙަޟުރަތުން ހެވަށް އެދި ދުޢާކުރާށެވެ.

އެހެން ޙަދީޘެއްގައިވެއެވެ. އެންމެ މާތް ދުވަހަކީ ހުކުރު ދުވަހެވެ. އެދުވަހު އާދަމުގެފާނު އުފެއްދެވުނެވެ. އެދުވަހު އާދަމަގެފާނު އަވަހާރަވިއެވެ. އެދުވަހު ތާޅަފިލި ފުމެލެވޭނެއެވެ. އެދުވަހު އެންމެން މަރުވާނެއެވެ. މުރާދަކީ އެދުވަހު ޤިޔާމަތް ވާނެއެވެ. ﷲ ފިޔަވައި އެހެން ފަރާތަކަށް ނޭގޭ ގިނަ ހިކުމަތްތަކެއް އެދުވަހުގައި ފޮރުވިފައިވާތީ ހުކުރު ދުވަސް އެންމެ މާތް ދުވަހަށްވީއެވެ. މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ!

3- ހުކުރު ދުވަހު ކުރެވޭ ހުކުރު ނަމާދު

ހުކުރު ނަމާދަކީ އިސްލާދީން ވަރަށް ބާރު އަޅުއްވާފައިވަ ފަރުޟެކެވެ. އެއީ މުސްލިމުން އެއްތަނަކަށް އެއްވާ ދުވަހެވެ. އެދުވަހު ފަރުވާ ކުޑަކޮށް ދޫކޮށްލައިފި މީހެއްގެ ހިތުގައި އަނދިރިކަމުގެ ސިއްކަ ޖައްސަވާނެއެވެ. ރަސޫލާ صلَّى الله عليه وسلَّم ޙަދީޘު ކުރައްވާފައިވެއެވެ. (مَنْ تَرَكَ ثَلَاثَ جُمَعٍ تَهَاوُنًا بِهَا، طَبَعَ اللَّهُ عَلَى قَلْبِهِ) މާނަ: ތިންހުކުރު އަޅައިފި މީހެއްގެ ހިތުގައި ﷲ  ސިއްކަ ޖައްސަވާފާނެއެވެ. މާނައީ އޭނާގެ ހިތް އަނދިރިވެ ހަރުކަށިވެ ޖަހާލަތުގެ އަނދިރިކަން އޭނާގެ ހިތަށް ވެރިވެދާނެއެވެ. ނޫނީ އޭނާގެ ހިތް މުނާފިޤެއްގެ ހިތަށް ބަދަލުވެދާނެއެވެ. އަދިވެސް ޙަދީޘުކުރައްވާފައިވެއެވެ. (عَنِ ابْنِ عُمَرَ رَضِيَ اللَّهُ عَنْهُمْ، أَنَّهُمَا سَمِعَا رَسُولَ اللَّهِ صلى الله عليه وسلم يَقُولُ عَلَى أَعْوَادِ مِنْبَرِهِ: “لَيَنْتَهِيَنَّ أَقْوَامٌ عَنْ وَدْعِهِمُ الْجُمُعَاتِ، أَوْ لَيَخْتِمَنَّ اللَّهُ عَلَى قُلُوبِهمْ، ثُمَّ لَيَكُونُنَّ مِنَ الْغَافِلِيْنَ) رَوَاهُ مُسْلِمٌ މާނަ: މާތް اللَّهُ، އެ ދެބަފައިކަލުންނަށް ރުއްސުންލެއްވި ޢަބްދު اللَّهِ އިބްނު ޢުމަރުގެ ކިބައިން ރިވާވެގެންވެއެވެ. އެދެބޭކަލުން ވިދާޅުވިއެވެ. ރަސޫލު اللَّهِ صلى الله عليه وسلم، އެކަލޭގެފާނުގެ މިންބަރުގެ ހަރުފަތްމަތީ ހުންނަވައި ޙަދީޘު ކުރެއްވީތީ ތިމަންމެން އަޑުއެއްސެވީމެވެ. ޙަދީޘު ކުރެއްވިއެވެ. މީސްތަކުން ހުކުރުނަމާދު އަޅައިފުމުން ރައްކައުތެރިވާ ހުށިކަމެވެ. ނޫންނަމަ، اللَّهُ ތަޢާލާ އެއުރެންގެ ހިތްތަކުގައި ސިއްކަ ޖައްސަވައިފާހުއްޓެވެ. ދެން، ހަމަކަށަވަރުން، އެއުރެންނީ ޣާފިލުންގެ ތެރެއިންވާ ބަޔެއް ކަމުގައި ވެދާހުއްޓެވެ.

ދުނިޔޭގެ ހިތްގައިމު މަންޒަރުތަކުން

4- ހުކުރަށް ދިއުމަށް ހިނައިގަތުން

ބައެއް ޢިލްމުވެރިން ވިދާޅުވާގޮތުގައި ހުކުރު ދުވަހު ހުކުރަށް ދިއުމަށް ހިނައިގަތުން ވާޖިބެވެ. އެހެނީ ރަސޫލުﷲ صلَّى الله عليه وسلَّم ޙަދީޘު ކުރައްވާފައިވެއެވެ. (غُسْلُ يَوْمِ الْجُمُعَةِ وَاجِبٌ عَلَى كُلِّ مُحْتَلِمٍ) މާނަ: ބާލިޣުވެފައިވާ ކޮންމެ ފިރިހެނެއްގެ މައްޗަށް ހުކުރުދުވަހު (ހުކުރަށް ދިޔުމަށްޓަކައި) ހިނައިގަތުމަކީ ވާޖިބެކެވެ. ބައެއް ޢިލްމުވެރިން ހިނައިގަތުން ވާޖިބު ކަމުގައި ދެކެވަޑައިގަންނަވަނީ އެމީހެއްގެ ހަށިގަނޑުގައި ނުބައި ވަސް ހުރެ އެފިލުވުމަށް ބޭނުން ވެފައިވާ މީހާއަށެވެ.

ދުނިޔޭގެ ހިތްގައިމު ނަލަަމަންޒަރުތަކުން…..ފޮޓޯ:ފްލަޔަރ

5- ހުކުރު ނަމާދަށް އަވަހަށް ދިއުން

ހުކުރު ދުވަހު އިރުއެރުމުގެ ފަހުން ހުކުރު ނަމާދަށް އަވަހަށް ދިއުމަކީ މުސްތަޙައްބު ކަމެކެވެ. ﷲ ރުއްސުންލެއްވި އަބޫހުރައިރާގެ ކިބައިން ރިވާވެގެން ވެއެވެ. ހަމަ ކަށަވަރުން ރަސޫލުﷲ ހަދީޘު ކުރެއްވިއެވެ.

މާނަ: މީހަކު ހުކުރުދުވަހު ޖުނުބުވެރިކަމުން ހިނައިގަންނަ ފަދައިން ހިނައިގަނެ، (ދުވަހުގެ) ފުރަތަމަ ގަޑީގައި (މިސްކިތަށް) ހިނގައްޖެނަމަ، އޭނާ ޖަމަލެއް ޞަދަޤާތްކުރި މީހެކޭ އެއްފަދައެވެ. އަދި (ދުވަހުގެ) ދެވަނަ ގަޑީގައި (މިސްކިތަށް) ހިނގައްޖެނަމަ، އޭނާ ގެރިއެއް ޞަދަޤާތްކުރި މީހެކޭ އެއްފަދައެވެ. އަދި (ދުވަހުގެ) ތިންވަނަ ގަޑީގައި (މިސްކިތަށް) ހިނގައްޖެނަމަ، އޭނާ ސަމައްތަރުހެޔޮ، ދަޅުހުރި، ކަންބަޅިބަކަރިއެއް ޞަދަޤާތްކުރި މީހެކޭ އެއްފަދައެވެ. އަދި (ދުވަހުގެ) ހަތަރުވަނަ ގަޑީގައި (މިސްކިތަށް) ހިނގައްޖެނަމަ، އޭނާ ކުކުޅެއް ޞަދަޤާތްކުރި މީހެކޭ އެއްފަދައެވެ. އަދި (ދުވަހުގެ) ފަސްވަނަ ގަޑީގައި (މިސްކިތަށް) ހިނގައްޖެނަމަ، އޭނާ (ކުކުޅު) ބިހެއް ޞަދަޤާތްކުރި މީހެކޭ އެއްފަދައެވެ. ފަހެ، އިމާމާ (ޚުޠުބާދިނުމަށްޓަކައި) މިސްކިތަށް އައުމުން، މަލާއިކަތުން (މިސްކިތަށް) ވަންނަވައި، ޛިކުރު (އެބަހީ: ޚުޠުބާ) އަޑުއެއްސެވުމުގައި މަޝްޣޫލު ވެލައްވައެވެ.

6- ހުކުރު ދުވަހު ކަހުފު ސޫރަތް ކިޔެވުން މުސްތަޙައްބު ވެގެން ވެއެވެ.

ﷲ ރުއްސުންލެއްވި އަބޫސަޢީދުލްޚުދުރީގެ އަރިހުން ރިވާވެގެންވެއެވެ ރަސޫލުﷲ صلَّى الله عليه وسلَّم ހަދީޘު ކުރެއްވިއެވެ. ހުކުރު ދުވަހު ކަހުފު ސޫރަތް ކިޔަވައިފިނަމަ އެ ހުކުރުން ފެށިގެން އަންނަ ހުކުރާ ހަމައަށް އޭނާގެ (ކުދި) ފާފަތައް ފުހެވިދާހުއްޓެވެ. އެއިންލިބޭ ޘަވާބާއި ދަރުމަ ނޫރެއްކަމުގައި ލައްވައި އެނޫރުން ޤިޔާމަތް ދުވަހު އަލިކޮށް ދެއްވާނެއެވެ.

ހުކުރު ދުވަހު ކަހުފު ސޫރަތް ކިޔެވުމަކީ ކުޑަކުދިންނާއި ބޮޑޮތި މީހުނަށް އަދި ފިރހެނުންނާއި އަންހެނުންނަށް އަދި ދަތުރުވެރިޔާއާއި ރަށުގައި ޤާއިމުވެ ހުންނަމީހާއަށް މުސްތަޙައްބު ވެގެންވާ ކަމެކެވެ. އަދި ދަންނައެވެ. ކޮންމެ ހުކުރު ދުވަހަކު ކަހުފި ސޫރަތް ކިޔަވަން އާދަ ވެފައިވާ މީހާ ބަލިވެ ޝަރުޢީ ޢުޒުރެއް ދިމާވެ ނުކިޔެވުނަސް އޭނާއަށް އެސޫރަތް ކިޔެވި ކަމުގެ ޘަވާބު ﷲ ދެއްވާނެ ކަމަށް އުއްމީދު ކުރެވެއެވެ. އެއީ ﷲގެ ފަޟުލުވަންތަ ކަމެވެ. ވީމާ ކަހުފު ސުރަތް ކިޔެވުމަށް ނަޞޭޙަތްތެރިވަމެވެ.

ހުކުރުވަގުތުގައިޖަނަވާރުތައްވެސް ﷲއަށް އިބާދާތްކުރެއެވެ

7- ހުކުރުނަމާދާއި އަދި ހުކުރު ވިލޭރޭގެ ފަތިސް ނަމާދުގައި ކިޔެވުމަށް އައިސްފައިވާ ބައެއް ސޫރަތްތައް

ހުކުރު ދުވަހު ފަތިސްނަމާދުގައި ފުރަތަމަ ރަކުޢަތުގައި الم السجدة ސޫރަތް އަދި ދެވަނަ ރަކުޢަތުގައި هَلْ أَتَى عَلَى الْإِنْسَانِ حِينٌ مِنَ الدَّهْرِ ކިޔެވުމެވެ. އިބުނުލްޤައްޔިމު ވިދާޅުވެފައިވެއެވެ. މިދެސޫރަތް ކިޔެވުމުގެ ޙިކުމަތަކީ ﷲ އުޑާއި ބިން ހެއްދެވީ ހަތް ދުވަހުންނެވެ. އެކަން ނަބިއްޔުންނާއި ރަސޫލުން މެދުވެރިކޮށް އިންސާނުންނަށް އަންގަވައި ދެއްވިއެވެ. އަދި ހަފުތާއަކު އެއްދުވަހު މީސްތަކުންނަށް އެކަން ހަނދާން ކޮށްދެވެއެވެ.

ރަސޫލުﷲ صلَّى الله عليه وسلَّم ވަނީ ހުކުރުދުވަގެ ފަތިސްނަމާދުގައި آلم تنزيل އަދި هل أتى على الإنسان މިދެސޫރަތް ކިޔަވައި ވިދާޅުވެލައްވާފައެވެ.

އެދެސޫރަތުގައި ޚަލްޤު ކުރެއްވުމާއި އެނބުރި ދާންޖެހެނީ ﷲ ގެ ޙަޟުރަތަށް ކަމާއި ޚަލްޤު ތަކުން މަޙުޝަރު ކުރައްވާނެ ކަމާއި ޤަބުރުން ދިރުއްވައި ނެރުއްވާނެ ކަމާއި ސުވަރުގެއާއި ނަރަކަ ވާކަން ބަޔާން ކޮށްދެއްވާފައިވެއެވެ. آلم تنزيل ކިޔަވައި ވިދާޅުވެލައްވާފައި ވަނީ އެއްގޮތަކަށްވެސް އެސޫރަތުގައި ތިލާވަތުގެ ސަޖިދަ ހިމެނޭތީއެއް ނޫނެވެ. އަދި ހުކުރު ވިލޭ ފަތިސްނަމާދުގައި ތިލާވަތުގެ ސަޖިދަ ކުރުން އިތުރުވެގެންވާކަން ބަޔާން ކޮށް ދެއްވުމެއްވެސް ނޫނެވެ.

ހަމަ ކަށަވަރުން ރަސޫލާ صلَّى الله عليه وسلَّم ޢީދުނަމާދު ފަދަ ބޮޑެތި ޖަމާޢަތުގައި ކުރެވޭ ނަމާދުތަކުގައި ތައުޙީދު އެކުލެވޭ އިންސާނުންގެ ފެށުމާއި ނިމުން އަދި ދިރުއްވުމާއި މަޙުޝަރުގެ ވާހަކަތަކާއި ނަބިއްޔުންގެ ވާހަކަތަކާއި ރަސޫލުންނަށް ތަބާ ނުވުމުން އެމީހުން ހަލާކު ކުރެއްވި ވާހަކަތަކާއި ރަސޫލުންނަށް އީމާންވެ ތެދު ކުރުމުން ރައްކާތެރިކަން ލިބުނު ވާހަކަތައް ހިމެނޭ ސޫރަތްތައް ކިޔަވައިވިދާޅުވެއެވެ.

އެކަލޭގެފާނު ދެ ޢީދުގައި ق ސޫރަތް އަދި القلم ސޫރަތް ކިޔަވައިވިދާޅުވެއެވެ. އަދި ބައެއްފަހަރު الأعلى އަދި الغاشية ކިޔަވައި ވިދާޅުވެއެވެ. އަދި ބައެއްފަހަރު ހުކުރު ނަމާދުގެ ފުރަތަމަ ރަކުޢަތުގައި الجمعة ސޫރަތް ކިޔަވައިވިދާޅުވެއެވެ. އެސޫރަތުގައި ﷲ އަށް ޒިކުރު ކުރުން ގިނަކުރުމަށް އައިސްފައިވުމާއި ދެދުނިޔޭގެ ބާއްޖަވެރިކަން ހަނދާން ކޮށްދެއްވުމުގެ ގޮތުން ކިޔަވައިވިދާޅުވެއެވެ.

ދެވަނަ ރަކުޢަތުގައި المنافقون ސޫރަތް ކިޔަވައި ވިދާޅުވެއެވެ. މިސޫރަތުން އުއްމަތަށް ނިފާޤުގެ ނުރައްކާތެރިކަން ބަޔާން ކޮށްދެވެއެވެ. ހުކުރު ދުވަހު ކިޔެވޭ ސޫރަތުން މުދާ ހޯދުމުގައި އޭގެ އަޅަކަށް ނުވުމާއި ހުކުރު ނަމާދު ދޫކޮށް ﷲގެ ޛިކުރުން ޢާފިލުވެ މުދަލާއިގެން މަޝްޣޫލު ނުވުމަށް ހަނދާންކޮށް ދެވެއެވެ. އަދި ހުކުރު ނަމާދު ނުކޮށް ދުނިޔެއާއިގެން ޣާފިލުވެއްޖެނަމަ އެބަޔަކު ގެއްލި ހިނގައިދާނޭކަން ހަނދާން ކޮށްދެވެއެވެ.

ދުނިޔޭގެ އެންމެ ރީތިމިސްކިތްތަކުގެ ތެރެއިން، މަސްޖިދުލްހަރާމް ރޭގަނޑުގައި……ފޮޓޯ:ފްލަޔަރ

8- ހުކުރުދުވަހަކީ އަޅުކަމަށް ހުސްކުރެވިގެންވާ ދުވަހެކެވެ.

ހުކުރުދުވަސް ޚާއްޞަ ކުރެވިގެންވާގޮތާއި ބެހޭގޮތުން ވާހަކަ ދައްކަވަމުން އިބުނުލްޤައްޔިމު ވިދާޅުވެފައިވެއެވެ. އަޅުކަމަށްޓަކައި އެދުވަސް ހުސްކުރުމަކީ މުސްތަޙައްބު ކަމެކެވެ. އަޅުކަމުގެ ގޮތުން އެދުވަހަށް ޚާއްޞަ އިމްތިޔާޒު ތަކެއްވެއެވެ. އޭގެ ތެރޭގައި ވާޖިބުތަކާއި ސުންނަތްތައް ވެއެވެ. މައްސަރުތަކުގެ ތެރެއިން ރޯދަމަސް ފަދައިން ﷲ ކޮންމެ މިއްލަތަކަށް ދުނިޔެވީ ކަންތަކުން ދުރުވެ އަޅުކަން ކުރުމަށް ހުސްކުރާނެ ދުވަހެއް ވަނީ ލައްވާފައެވެ. އެދުވަހު ލައިލަތުއްޤަދުރި ފަދައިން ދުޢާ އިޖާބަކުރެވޭ ވަގުތުކޮޅެއް ވަނީ ލައްވާފައެވެ. ހުކުރު ދުވަސް ސަލާމަތްކަންމަތީ ގޮސްފި މީހެއްގެ ހަފުތާ އެއްކޮށް ސަލާމަތްވީއެވެ. ރޯދަ މަސް ސަލާމަތުން ގޮސްފިކަމަށް ވާނަމަ މުޅިއަހަރު ސަލާމަތް ވީއެވެ. އެމީހެއްގެ ޙައްޖު ސަލާމަތް ކުރެވިއްޖެކަމަށްވާނަމަ އޭނާގެ މުޅި ޢުމުރު ސަލާމަތް ވާނެއެވެ. ހުކުރު ދުވަހަކީ ހަފުތާގެ މީޒާނެވެ. ރޯދަ މަހަކީ މުޅިއަހަރުގެ މީޒާނެވެ. ޙައްޖަކީ މުޅިޢުމުރުގެ މީޒާނެވެ. މީޒާނަކީ ޢަމަލުތައް މިނެކިރާލެވޭ ތިލަފަތެވެ.

މާތްﷲ ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ: “ތިމަންރަސްކަލާނގެ ޤިޔާމަތް ދުވަހުން ޢަދުލު ވެރިކަމުގެ ތިލަފަތްތައް ޤާއިމު ކުރައްވާހުށީމެވެ. ފަހެ، އެއްވެސް ނަފުސަކަށް، އެއްވެސް ކަމަކުން ބޭއިންސާފެއް ނުކުރައްވާހުށްޓެވެ. އަދި އެއީ ރެވިއޮށްޓަރެއްގެ ބަރުދަން ކަމުގައިވިޔަސް، އެ، ގެންނަވާހުށީމެވެ. ހިސާބު ބައްލަވާ އިލާހު ކަމުގައި ތިމަންރަސްކަލާނގެ ފުދެއެވެ.”

(މައުލޫމާތުނަގާފައިވަނީ ދިއިސްލާމް)

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!