ޚަބަރު
ރިސޯޓު މުވައްޒަފުންނަށް މި ދައުރު ނިމުމުގެ ކުރިން ބޯހިޔާވަހިކަން ފޯރުކޮށްދޭނެ: މިނިސްޓަރު

ރިސޯޓު މުވައްޒަފުންނަށް މި ދައުރު ނިމުމުގެ ކުރިން ބޯހިޔާވަހިކަން ފޯރުކޮށްދޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިފަދައިން ވިދާޅުވެފައިވަނީ ދައުލަތުގެ މީޑިޔާ ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ. މި ޕްރޮގްރާމް ގައި މިނިސްޓަރު ވިދާޅުވީ ރިސޯޓު މުވައްޒަފުންނަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި އެންމެ މުހިންމު އެއް ވައުދަކީ ބޯހިޔާވަހިކަމުގެ ވައުދުކަމަށެވެ.

މި ވައުދު ފުއްދުމަށްޓަކައި ރައީސް ޑރ. މުއިއްޒު ވަރަށް ބޮޑަށް މަސައްކަތް ކުރައްވަމުން އަންނަ ކަމަށާއި އެ މަސައްކަތްތައް ކުރިއަށް ދާ ގޮތް އަމިއްލަފުޅަށް ބައްލަވާ ކަމަށްވެސް މިނިސްތަރު ވިދާޅުވިއެވެ.

“އިރާދަކުރެއްވިއްޔާ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ މި 5 އަހަރު ނިމޭއިރު އެ މަނިކުފާނު ރިސޯޓުތަކުގެ މުވައްޒަފުންނަށް މަސައްކަތްތެރިންނަށް ބޯހިޔާވަހިކަމުގެ ދާއިރާއިން އެ ކޮށްދޭން ބުނި ވައުދު ފުއްދަވާނެ” މިނިސްޓަރު ފައިސަލް

މިނިސްތަރު ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާގައި އެތައް އަހަރެއް މަސައްކަތްކޮށްފައި ތިބި ވަރަށް ގިނަ ފަރާތްތައް ތިބި ނަމަވެސް މިހާރު ލިބެނީ އެ ފަރާތްތަކަށް ހައްގުވާ މިންވަރު ނޫންކަމަށާއި ވުމާއެކު ރިސޯޓު މުވައްޒަފުންނަށް ބޯހިޔާވަހިކަން ފޮރުކޮށްދެވިއްޖެނަމަ، އެއީ ދިވެހި ސަރުކާރަކަށް އެ ފަރާތްތަކަށް ކޮށްދެވޭނެ އެންމެ މުހިންމު އެއް ކަންތައް ކަމަށެވެ.

ރިސޯޓު މުވައްޒަފުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭނީ މިހާރު ކުރިއަށްގެންދާ ހައުސިން މަޝްރޫއުގެ ތެރެއިންކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!