ޚަބަރު
ފުލުހުން މީހަކަށް އަނިޔާކޮށްގެން ހުށަހެޅުނު މައްސަލައެއް ފުލުހުން ބަލަން ފަށައިފި

ތ. ވޭމަންޑޫގައި ފުލުހުން މީހަކަށް އަނިޔާކޮށްގެން ހުށަހެޅުނު މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

މިއީ އަމުރަށް ނުކިޔަމަންތެރިވީ މީހެއްގެ ގައިގައި ފުލުހުންތަޅާ އަނިޔާކޮށްގެން ހުށަހެޅިފައިވާ މައްސަލައެކެވެ. ފުލުހުން ބުނީ ވޭމަންޑޫގައި މީހަކަށް އަނިޔާކޮށްގެން ސޯޝަލްމީޑިއާގައި ދައުރުވަމުންދާ ވީޑިއޯ އާއި ގުޅިގެން ބަލަންޖެހޭ ކަންކަންދަނީ ބަލަމުންދާކަމަށެވެ.

މިފަދަ މައްސަލައެއް ހުށަހެޅިފައިވާއިރު ދައުރުވަމުންދާ ވީޑިއޯއިން ވޭމަންޑޫ ޕޮލިސް ސްޓޭޝަނުގެ ކައިރިން ފުލުހުންވެސް ފެނެއެވެ. އަދި ގިނައަދަދެއްގެ ބަޔަކު އެތަނަށް އެއްވެފައިވާއިރު ޒުވާބު ކުރާ އަޑުއިވެއެވެ.

އަމުރަށް ނުކިޔަމަންތެރިވެފައިވާ މީހެއްގެ ގައިގައި ފުލުހުން ތަޅާ އަނިޔާ ކޮށްފައިވާ ކަމަށް ބުނެފައިވާއިރު އެފަދަ ކަމެއް ނުކުރެވޭނެ ކަމަށް އެއްވެފައިވާ މީހުން ދިޔައީ ބުނަމުންނެވެ. ހައްޔަރަށް ގެންދެވޭ މީހުންނަށް އަނިޔާކުރުމުގެ ބާރު ގާނޫނުން ފުލުހުންނަށް ލިބިދީފައެއް ނުވެއެވެ. ނަމަވެސް މިފަދަ މައްސަަތައްވެސް ދޭތެރެދޭތެރެއިން ފެންމަތިވެއެވެ.

ފުލުހުން ބުނީ މި މައްސަލަވެސް ބަލަމުން ގެންދާ ކަމަށެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!