ވައްކަމުގެ މައްސަލައެއްގެ ތަހުގީގަށް މީހަކު މީހަކު ހޯދަން ފުލުހުން އިއުލާން ކޮށްފިއެވެ.
މި މައްސަލައަކީ ފުވައްމުލަކު ސިޓީ ފޮލިހުން ތަހުގީގު ކުރަމުންދާ މައްސަލައެކެވެ. ފުލުހުން ބުނީ ވައްކަމުގެ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން އޭނާ ހޯދަމުންދާ ކަމަށެވެ.
މިގޮތުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރާ ކަމަށެވެ.
މި މައްސަލައާއި ގުޅިގެން ހޯދަމުންދަނީ ޏ. ފުވައްމުލައް / މިސްކިތްމަގު. ކެމީ، (37އ) އަޙްމަދު ޝަފްރާޒްއެވެ.
މީނާ އަށް މި މެސެޖް ލިބިއްޖެނަމަ އޮގަސްޓް 25 ވަނަ ދުވަހުގެ 13:00 އަށް ފުވައްމުލައް ސިޓީ ޕޮލިސް ސްޓޭޝަނަށް ހާޒިރުވުމަށްވެސް ވަނީ އަންގާފައެވެ.

