ފުލުހުން ބަލަމުންދާ ވައްކަމުގެ މައްސަލައެއްގެ ތަހުގީގަށް ހާޒިރުވުމަށް މީހަކު ހޯދަން އިއުލާނު ކޮށްފިއެވެ.
ފުލުހުން ބުނީ ހޯދަމުންދާ މީހާ އަކީ ވައްކަމުގެ މައްސަލައަކާ ގުޅިގެން ހޯދަމުންދާ މީހެއް އކަމަށާއި، ބ. އޭދަފުށި ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ، ވައްކަމުގެ މައްސަލައެއްގެ ތަހުގީގަށް ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް އެމީހާ އަށް ޗިޓު ރައްދުކުރެވިފައި ނުވާ ކަމަށެވެ.
އެހެންކަމުން ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރާ ކަމަށް ވެސް ވަނީ ބުނެފައެވެ.
ފުލަހަށް ހާޒިރުވުމަށް އަންގާފައިވަނީ މުޙައްމަދު ޝާވީ، ސ. ފޭދޫ / ޑޭޒީމާގެ (23އ) އެވެ.
އޮގަސްޓް 27 ވަނަ ދުވަހުގެ 13:00 އަށް އޭނާ ފުލުހަށް ހާޒިރުވުމަށްވެސް އޭނާ އަށް ވަނީ އަންގާފައެވެ.

