ޚަބަރު
ޔޫއޭއީގެ ސައިބަރ ސެކިއުރިޓީ ކައުންސިލްގެ ވަފުދެއް ރާއްޖެއަށް ޒިޔާރަތް ކުރައްވައިފި

ޔުނައިޓެޑް އެރަބް އެމިރޭޓްސްގެ މަތީ ފަންތީގެ ވަފުދެއް ދިވެހިރާއްޖެއަށް ޒިޔާރަތްކޮށް ސައިބަރ ސެކިއުރިޓީގެ ދާއިރާއިން ގުޅިގެން މަސައްކަތްކޮށް އެއްބާރުލުން ދިނުމާ ބެހޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

ޔޫއޭއީގެ މި ވަފުދުގައި އިސްކޮށް ހުންނެވީ ޔޫއޭއީގެ ސައިބަރ ސެކިއުރިޓީ ކައުންސިލްގެ އިސްވެރިޔާ ޑރ. މުޙައްމަދު އަލްކުވައިތީ އެވެ. މި ދަތުރުފުޅަކީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ކުރެވުނު ރަސްމީ ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގައި، ޑރ. އަލްކުވައިތީ ވަނީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި އެހެނިހެން ދައުލަތުގެ އިސް ވެރިންނާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުންތަކުގައި، ޑރ. އަލްކުވައިތީ ވަނީ އެމިރޭޓްސްއާއި ދިވެހިރާއްޖެއާ ދެމެދު އޮތް އަހުވަންތަކަމާއި އުހުއްވަތްތެރިކަމުގެ ބަދަހި ގުޅުމަށް އަލި އަޅުއްވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ. އޭގެ އިތުރުން، ދެ ގައުމުންވެސް ސައިބަރ ސެކިއުރިޓީގެ ދާއިރާއިން ގުޅިގެން މަސައްކަތް ކުރެވިދާނެ ގޮތްތަކާއި، މި ދާއިރާގައި މިހާރު ލިބިފައިވާ ކުރިއެރުންތަކާއި ކުރިމަތިވާ ގޮންޖެހުންތަކާ ބެހޭގޮތުވެސް ވަނީ މަޝްވަރާ ކުރައްވާފައެވެ. އަދި ރައްކާތެރި ސައިބަރ ވެށްޓެއް ގާއިމުކުރުމަށްޓަކައި ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން މި ބައްދަލުވުންތަކުގައި ވަނީ ފާހަގަކުރައްވާފައެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ ދިވެހި ފުލުހުންގެ އޮޕަރޭޝަނަލް ކެޕޭސިޓީ ހަރުދަނާ ކުރުމަށާއި، ސައިބަރ ސެކިއުރިޓީ ހަރުދަނާ ކުރުމަށް އެމިރޭޓްސް ސަރުކާރުން ދެއްވަމުން ގެންދަވާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ އެ މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި ޑރ. އަލްކުވައިތީ ޝައުގުވެރިކަމާއެކު ދެއްވަމުން ގެންދަވާ އެހީތެރިމަށް އެމަނިކުފާނަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މި މަޝްރޫއުތަކުގެ ސަބަބުން ފުލުހުންގެ މަސައްކަތްތައް ހަރުދަނާކުރުމަށް ލިބޭނެ އެހީތެރިކަން ފާހަގަކުރައްވާފައެ.

ޑރ. މުޙައްމަދު އަލްކުވައިތީގެ މި ދަތުރުފުޅަކީ ދިވެހިރާއްޖެއާއި އެމިރޭޓްސްއާ ދެމެދު އޮތް ގުޅުމުގެ އައު ބާބެއްގެ ފެށުމެވެ. ދެ ގައުމުން ވަނީ ޒަމާނީ ޓެކްނޮލޮޖީއާއި، ގުޅިގެން ކުރެވޭ މަސައްކަތުގެ ތެރެއިން ރައްކާތެރި މުޖުތަމެއް ބިނާކޮށް އުޖާލާ މުސްތަގުބަލެއް ކަށަވަރުކުރުމަށް އަޒުމު ކަނޑައަޅާފައިވާ ކަމަށް ފުލުހުންގެ އިދާރާއިން ވަނީ ބުނެފައެވެ..

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!