ޚަބަރު
ލާމަރުކަޒީ ނިޒާމް ހަރުދާ ކުރުމަށް، މިނިސްޓަރު އާދަމް ޝަރީފް، އިބްރާ އާއި ބައްދަލު ކޮށްފި

ލާމަރުކަޒީ ނިޒާމަށް ގެންނަންޖެހޭ ބަދަލުތައް ދެނެގަތުމަށް ވަޒީރު އާދަމް ޝަރީފު ޢުމަރު، އިސްލާހީ މަސައްކަތުގަ ގިނަދުވަހު އުޅުއްވި މއ. ބޯގަންވިލާ އިބްރާހީމް އިސްމާޢީލް ( އިބްރާ ) އާ ބައްދަލު ކުރައްވައިފިއެވެ.

20 އޮގަސްޓްގައި ބޭއްވި އެ ބައްދަލުވުމުން އޮތީ އިބްރާގެ ގޭގައެވެ.

އިބްރާ އަކީ ލާމަރުކަޒީ ނިޒާމު އެންމެ ފުރަތަމަ  އެކުލަވައިލުމުގައި އެންމެ އިސްކޮށް މަސައްކަތްކުރެއްވި ބޭފުޅުންގެ ތެރޭގައި ހިމެނި ވަޑައިގެންނެވި ބޭފުޅެކެވެ. އަދި މިހާރު އަމަލުކުރަމުންދާ ފެހި ގާނޫނު އަސާސީ އެކުލަވާލުމުގައިވެސް އިބްރާގެ ދައުރު ވަރަށް ބޮޑެވެ.

ލާމަރުކަޒީ ގާނޫނު އެކުލަވާ ލުމުގައި އެންމެ މުހިންމު މަސައްކަތް ކުރެއްވި 8 ބޭފުޅަކާއި ވެސް ވަޒީރު އާދަމް ޝަރީފް އުމަރު ވަނީ ބައްދަލު ކުރައްވާފައެވެ. އެ ބައްދަލުވުމުގައި ސްޓޭޓް މިނިސްޓަރ މޫސާ ފަތުޙީ އާދަމާއި، މުޙައްމަދު ހާޝިމާއި، މުޙައްމަދު މާހިރު ބައިވެރިވެ ވަޑައިގެންނެވިއެވެ.

ލާމަރުކަޒީ ނިޒާމަށް ގެންނަންޖެހޭ ބަދަލުތައް ދެނެގަތުމަށް މިނިސްޓަރު ބޭްއްވި ބައްދަލުވުމުގެ ތެރެއިން/ފޮޓޯ : ކައުންސިލް މިނިސްޓްރީ

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށް މަސައްކަތް ކުރަމުންދާ މަރުހަލާގައި، ޚިޔާލުފާޅުކޮށް، މަޝްވަރާ ކުރަމުންދާއިރު ލާމަރުކަޒީ ނިޒާމު ސިޔާސީ ނުކުރުމަށް ވެސް މިނިސްޓަރު ވަނީ އެދިވަޑައިގެންފައެވެ.

މިކަން މިނިސްޓަރ ހާމަކުރެއްވީ ލާމަރުކަޒީ ކޮމިޓީގަ އެންމެފަހުން ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނު ފާހަގަ ކުރެއްވިގޮތުގައި ލާމަރުކަޒީ ނިޒާމު ސިޔާސީކުރުމުގެ ސަބަބުން ނިޒާމަށް ފައިދާއެއް ނުވާނެއެވެ. އޭގެ ބަދަލުގައި ލާމަރުކަޒީ ނިޒާމަކީ ސިޔާސީ ހަތިޔާރަކަށް ހެދުމުން، އޭގެ ގެއްލުން މުޅި ނިޒާމަށް ފޯރާނެ ކަމަށްވެސް ވިދާޅުވިއެވެ.

ލާމަރުކަޒީ ނިޒާމު އިޞްލާޙު ކުރުމުގެ މަސައްކަތް ކުރަމުންދާއިރު ސިޔާސީ ފިކުރާއި ޖަޒުބާތުން އެއްކިބާވެ، ބިނާކުރަނިވި ފާޑުކިޔުންތަކަށް މަގު ދައްކަވައިދެއްވުމަށް ވެސް މިނިސްޓަރ އެދިވަޑައިގެންނެވިއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!