ޚަބަރު
މިނިސްޓަރު ސައީދު ޕޭޕަލްގެ ގްލޯބަލް މާކެޓިންގެ ރައީސްއާއެކު މަޝްވަރާ ކުރައްވައިފި

ރާއްޖޭގެ އިކޮނޮމިކް ޑެވެލޮޕްމެންޓް އެންޑް ޓްރޭޑް މިނިސްޓަރު މުހައްމަދު ސައީދު ޕޭޕަލްގެ ގްލޯބަލް މާކެޓިންގެ ރައީސް ސުޒާން ކެރީރާއާއެކު މިއަދު މަޝްވަރާކުރައްވައިފި އެވެ.

މިނިސްޓަރު ސައީދު މިކަން ހާމަކޮށް އެކްސްގައި ޕޯސްޓެއްގައެވެ. މި ޕޯސްޓުގައި މިނިސްޓަރު ވިދާޅުވީ ޕޭޕަލް މެދުވެރިކޮށް ފައިސާ ލިބުމުގައި ދިމާވާ ދަތިތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައިވާ ކަމަށާއި ރައީސްގެ ވިސްނުންފުޅާ އެއްގޮތަށް މި މަގްސަދު ހާސިލް ކުރުމަށް ވަރަށް ބޮޑު އަހައްމިއްޔަތު ކަމެއް ދެއްވާ ކަމަށެވެ.

މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ އޮންލައިންކޮށެވެ.

ޕޭޕާލް އަކީ ގަވާއިދުން ހިދުމަތްތައް އަޕްޑޭޓް ކުރަމުންދާ ބަޔަކު ބޭނުންކުރާ އަދި އިތުބާރު ކުރެވޭ އޮންލައިން ޕޭމަންޓް ޕްލެޓްފޯމެއްގެ ގޮތުގައި ދެމިއޮތް ކުންފުންޏެއް ކަން ފާހަގަކޮށްލެވެއެވެ. އަދި އޮންލައިންކޮށް ޕޭމަންޓްގެ ހިދުމަތްތަކާއި، ބައިނަލްއަގްވާމީ މަނީ ޓްރާންސްފާތަކާއި، ވިޔަފާރީގެ ހައްލުތައް ފޯރުކޮށްދޭ ކުންފުންޏެއް ކަން ވެސް ފާހަގަކުރެވެއެވެ.

ޕޭޕާލް ގިނަ ބައެއްގެ މެދުގައި މަޝްހޫރުވެފައިވަނީ ރައްކާތެރި މުއާމަލާތްތަކާއި، ހަރުދަނާ ސެކިއުރިޓީ ފިޔަވަޅުތަކާއި، އެކި އީ-ކޮމާސް ޕްލެޓްފޯމްތަކާއި އަދި އިންޓަގްރޭޝަންގެ ސަބަބުން ކަމަށް ވެސް ފާހަގަ ކޮށްލެވެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!