ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކްރިމިނަލް ޖަސްޓިސް އެޑްވައިޒަރަކަށް ހުންނެވި މުހުތާޒް މުހުސިން ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް ބަދަލު ކުރައްވައިފި އެވެ.
އެނގިފައިވާ ގޮތުގައި ސިންގަޕޫރުގައި ހުންނަ ރާއްޖޭގައި ޑެޕިއުޓީ އެމްބެސެޑަރަކަށް ސްޓޭޓް މިނިސްޓަރުން ފެންވަރުގައި އޭނާ އައްޔަން ކުރަން ނިންމާފައިވާ އިރު މިދިޔަ ބުރާސްފަތި ދުވަހު ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީން މަގާމުން ވަކިކުރުމުން މުހުތާޒް އެ މަގާމަށް އައްޔަން ކުރަންއުޅޭކަމުގެ އަޑުތައް ވެސް ވަނީ ފެތުރިފައެވެ.
މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ކްރިމިނަލް ޖަސްޓިސް އެޑްވައިޒަރުގެ މަގާމަށް އައްޔަންކުރެއްވި މުހުތާޒު ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިންގެ ތެރޭގައި އެމަނިކުފާނަށް ތާއީދުކުރައްވާ މަސައްކަތް ކުރައްވައިފައިވެއެވެ.
މުހުތާޒު މީގެ ކުރިން ޕީޖީގެ މަގާމާއި ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަން ވެސް ކުރައްވާފައެވެ.