އަންނަ ހަފްތާގެ ބުރާސްފަތި ދުވަސް (5 ސެޕްޓެމްބަރު 2024) އަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ހަމަޖައްސަވައިފިއެވެ.
މިކަން ހާމަކޮށް ރައީސް އޮފީހުން ބުނީ މިއަހަރުގެ ގައުމީ ދުވަހުގެ މުނާސަބަތާ ގުޅިގެން އަންނަ ހަފުތާގެ ބުރާސްފަތި ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ހަމަޖައްސަވާފައިވާ ކަމަށެވެ.
އަންނަ ހަފްތާގެ ބުދަ ދުވަހަކީ މިއަހަރުގެ ގައުމީ ދުވަހެވެ. އެ ދުވަހަކީވެސް ސަރުކާރުގެ ރަސްމީ ބަންދު ދުވަހެވެ.
މިއަހަރުގެ ގައުމީ ދުވަހުގެ ޖަލްސާ މާލެއާއި ހއ.އުތީމުގައި ބާއްވަން ހަމަޖެހިފައިވާކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ މިނިސްޓްރީން ހާމަކުރެއެވެ
އެކި މުނާސަބަތުތަކާ ގުޅިގެން ރަސްމީ ބަންދު ދުވަސްތަކަށް ބަދަލު ގެނައުމަކީ ކުރިން ވެސް ކުރަމުންދާ ކަމެއް ކަންވެސް ފާހަގަކޮށްލެވެއެވެ.